އަލަތު ކައިވެންޏަށް ފަހު ހަނީމޫނުގައި އުޅެނިކޮށް ގެއްލުނު އުމުރުން 25 އަހަރުގެ އަންހެނަކު، އޭނާގެ ފިރިމީހާ އަނިޔާވެރިގޮތަކަށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ފުލުހުން ހޯމަ ދުވަހު ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ރާޖާ ރަގުވަންޝީ މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާގެ ސްޓޭޓެއްކަމަށްވާ މެގަލަޔާގެ ހަނި ސަރަހައްދެއްގައެވެ. އޭނާ ފެނުނުފަހުން، ގެއްލިގެން ހޯދަމުންދިޔަ އޭނާގެ އަންހެނުން، ސޯނަމް ރަގުވަންޝީ ވަނީ ޔޫޕީގެ ގާޒީޕުރް ޑިސްޓްރިކްޓުގެ ފުލުހަށް އަމިއްލައަށް ހާޒިރުވެފައިވެއެވެ.
މިހާދިސާގައި ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސޯނަމް ވަނީ އެމީހުންގެ ދަތުރުގައި ފިރިމީހާ މަރާލުމަށް ކޮންޓްރެކްޓް ކިލަރުންގެ އެހީ ހޯދައިފަ އެވެ.
މި މައްސަލައާ ގުޅިގެން މަދްޔަ ޕްރަދޭޝް އަދި މެގަލަޔާ އިން ރާޖާ މަރާލަން އެހީވިކަމަށް ޝައްކުކުރެވޭ ހަތަރު ފިރިހެނުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
މެއި މަހުގެ 11 ވަނަ ދުވަހު އިންޑޯގައި ކައިވެނި ކުރި މި ދެމަފިރިން ވަނީ 20 މެއިގައި އިރުއުތުރުގެ މަންޒަރު ރީތި މެގަލަޔާ ސްޓޭޓަށް ދަތުރުކޮށްފަ އެވެ. އޭގެ ދުވަސްތަކެއް ފަހުން ރާޖާގެ މަރުވެފައިވާ ހަށިގަނޑު ފެނުނު އިރު، ސޯނަމް ފެންނަން ނެތުމުން، އޭނާއަށްވެސް ގޮތެއް ވީކަމަށް އާއިލާއިން ޝައްކުކުރިއެވެ. އެއާއެކު އެމީހުންވެސް ސޯނަމް ހޯދަން މަސައްކަތްކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު މިމައްސަލައިގައި ފުލުހުން ބުނަނީ މައިގަނޑު ޝައްކު ކުރެވޭ މީހަކީ ސޯނަމް ކަމަށެވެ. ނަމަވެސް ސޯނަމްގެ ބައްޕަ ބުނަނީ ސޯނަމް ސަލާމަތްވެގެން ފިލައިގެން އައިސް ފުލުހުންގެ އެހީ ހޯދަން އައުމުން ފުލުހުންގެ އޭނާގެ މައްޗަށް ދޮގު ތުހުމަތެއް ކުރަމުންދާކަމަށެވެ. މިހެން ބުނެ ސޯނަމްގެ ބައްޕަ ވަނީ ވަކި ފަރާތަކަށް ނުޖެހި މިހާދިސާ ތަހުގީގު ކުރަން ގޮވާލާފައެވެ.
މި މައްސަލައިގެ ސަމާލުކަން އިތުރުވަމުންދާއިރު، އިންސާފު ހޯދުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެދިފައިވާކަމަށްވެސް ރިޕޯޓުތައްބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު