ދުނިޔޭގެ ކޮންމެ މީހަކީވެސް ކާމިޔާބު ވާން ބޭނުންވާ މީހެކެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. މުޖްތަމަޢުގައި ކާމިޔާބު މީހުންނަށް ލިބޭ އިޙްތިރާމާއި ޤަދަރު ވަރަށް ބޮޑެވެ. އެހެންނަމަވެސް، ކާމިޔާބަކީ ހިލޭ ލިބޭ އެއްޗެއް ނޫނެވެ. ކާމިޔާބު ވެވޭނީ އެކަމަށްޓަކައި ގަދަ އަޅައި މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ކާމިޔާބު މީހަކަށްވާން ބޭނުންނަމަ ކުރަންޖެހޭ ބައެއް މުހިންމު ކަންތައްތަކެވެ.
ކާމިޔާބު މީހަކަށްވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސާފު މަޤްސަދެއް ކަނޑައެޅުމެވެ. ކޮންމެ މީހަކުވެސް އޭނާގެ ހަޔާތުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅަންވާނެއެވެ. މިސާލަކަށް، ރަނގަޅު ވަޒީފާއެއް ހޯދުން، ވިޔަފާރިއެއް ފެށުން، ނުވަތަ މަތީ ތަޢުލީމު ހާސިލްކުރަން ފަދަ ކަންކަމެވެ. މަޤްސަދު ކަނޑައެޅުމުން، އެ މަޤްޞަދު ހާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެވޭނެއެވެ. އަދި އެ މަޤްސަދު ހާސިލްކުރުމަށް ބޭނުންވާ ހިތްވަރާއި ޢަޒުމު ލިބިގެންދާނެއެވެ.
ދެން ކުރަންޖެހޭ ކަމަކީ ދަސްވުމާއި ތަޢުލީމު ޙާޞިލުކުރުމަށް އިސްކަންދިނުމެވެ. ކާމިޔާބު މީހުންނަކީ އަބަދުވެސް އައު ކަންތައްތައް ދަސްކުރުމަށް ޝައުޤުވެރިވާ ބައެކެވެ. އެމީހުން އަބަދުވެސް މަސައްކަތްކުރަނީ އެމީހުންގެ ހެ ހުނަރުތައް އިތުރުކޮށް، ޢިލްމު އުނގެނުމަށެވެ. މިކަމަށްޓަކައި ފޮތް ކިޔުމާއި، އޮންލައިން ކޯސްތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރުންގެ އަރިހުން އުނގެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިގޮތަށް ދަސްކުރާ ކަންތައްތައް ޢަމަލީ މައިދާނުގައި ބޭނުންކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ތިންވަނަ ކަމަކީ ހިތްވަރާއެކު ކެތްތެރިކަމާއެކު މަސައްކަތްކުރުމެވެ. ކާމިޔާބަކީ އެއްދުވަހުން ލިބޭ އެއްޗެއް ނޫނެވެ. އެއަށްޓަކައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރަން ޖެހެއެވެ. މި މަގުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް، މި ގޮންޖެހުންތަކުގެ ސަަބަބުން ފަސްޖެހިގެން ނުވާނެއެވެ. ކެތްތެރިކަމާއެކު ކުރިއަށް ދާން ޖެހޭނެއެވެ. ކާމިޔާބު މީހުންނަކީ ފެއިލްވުމުން ހިތްވަރު ގެއްލޭ ބައެއް ނޫނެވެ. އެމީހުން ފެއިލްވުމުން ދަސްކުރަނީ އިތުރަށް ރަނގަޅުވާން ޖެހޭ ކަންތައްތަކެވެ. އަދި އަލުން އަނބުރާ ތެދުވެ މަސައްކަތްކުރަން ފަށައެވެ. މިފަދަ ހިތްވަރާއި ކެތްތެރިކަމަކީ ކާމިޔާބު މީހެއްގެ އެންމެ މުހިންމު ސިފައެވެ.

ކިޔުންތެރިންގެ ހިޔާލު