އެމަނިކުފާނު އުޅުއްވަނީ ރާއްޖޭގެ ރައީސްކަން ނުލިބިގެން ނޫން ކަމަށާއި، ރާއްޖެ ހަލާކުވާއިރު ބަލަހައްޓައިގެން ނުހުރެވޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ބާބަކިއު ފަރިއްކޮޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ.
ހަމައެއާއެކު، ރާއްޖެ ހަލާކުވެގެންދާ މަންޒަރު ބަލަހައްޓައިގެން ހުންނަވަން ބޭނުންނުވާ ކަމަށާއި، ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމާއި، އުނދަގޫތަކަށް ތަސައްލީއެއް ހޯދައިދެއްވުމަށް އިދިކޮޅުގައި ހުންނަވައިގެން މަސައްކަތް ކުރަށްވަން ޖެހިވަޑައިގެންފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އަޅުގަނޑު މިއުޅެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެންނެެއް ވެސް ނޫން.” ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.
ގިނަ ޢަދަދެއްގެ ރައްޔިތުންނާއެކު ރޭ ބޭއްވި މި ފަރިއްކޮޅުގައި ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނު އުޅުއްވާ ގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވާނެ ދެވަނަ ސިޔާސީ ލީޑަރަކު ރާއްޖޭގައި ނުހުންނަވާނެ ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފެއްދެވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު