ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ފެނަކައިގެ އޮޑިޓް ނުނިންމިގެން އުޅެނީ ފެނަކައިން އެއްބާރުލުން ނުދީގެން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި، ޑރ. ޝަމްހީދު ވަނީ މާލިއްޔަތު ކޮމެޓީން ސުންގަޑި ދީފައިވާ ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު މިހާތަނަށްވެސް ނިމިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.

އެގޮތުން އޮޑިޓް އޮފީހުން ކުންފުނިތަކުގެ އޮޑިޓުތައް ވަގުތުން ވަގުތަށް ނިމެންޖެހޭކަން ފާހަގަ ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އޮޑިޓަށް ބޭނުންވާ ލިޔެކިޔުންތައް އޮޑިޓް އޮފީހަށް ފެނަކައިން ހަމައަށް ފޯރުކޮށް ނުދިނުމަކީ ކުންފުނީގެ އެތެރޭގެ މައްސަލައެއް ކަމަށެވެ.

“ފެނަކައިގެ މައްސަލާގައި އެބަ އެނގޭ ފެނަކައިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން، ނޫނީ އެ ބޭފުޅުންގެ އަތުގައި ޑޮކިޔުމެންޓުތައް ހަމަނުވެގެންކަން އޮޑިޓުތައް ނުނިމިފައި ހުރީ.” ޑރ. ޝަމްހީދު މިއަދު ވިދާޅުވި އެވެ.

އެހެންކަމުން އެކަމުގައި ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން ބޯޑުގެ އެއްބާރުލުން މަޖިލީހުން ހޯދުމަކީ މުހިންމު ކަމެއްކަން ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މެންބަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން