ދިވެހިރާއްޖޭގައި ގާނޫނުތައް ހެދިފައި ހުރި ނަމަވެސް، އެ ގާނޫނުތައް އެންމެންގެ މައްޗަށް އެއް އުސޫލަކުން ތަންފީޒު ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ނުހުއްޓުވޭނެ ކަމަށާއި އާ ގާނޫނުތައް ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައެވެ.
މެންބަރު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ކުށް ކޮށްގެން މުދާ ހޯދުމާއި ނުހައްގުން މުއްސަނދިވުން ހުއްޓުވުމަކީ އެ ބިލުގެ މައިގަނޑު މަގުސަދު ކަމުގައި ވިޔަސް، ރާއްޖޭގެ ހާލަތު އޮތީ އެފަދަ ގާނޫނުތަކުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބޭ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ އިންސާފު ގާއިމުކުރުމުގައި ހަމަހަމަކަމެއް ނެތް ކަމަށާއި، ކުދިކުދި ކުށްތައް ކުރާ އާދައިގެ ރައްޔިތުންނަށް އަދަބު ލިބޭއިރު، ބޮޑެތި ވައްކަންތައް ކުރާ މީހުން ތިބެނީ ސަލާމަތުން ކަމަށެވެ. އެގޮތުން، ކިތަންމެ ފުރިހަމަ ގާނޫނެއް އޮތް ނަމަވެސް އަބަދުވެސް ބަންދުވެ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބެން ޖެހެނީ އާދައިގެ ކުދި ވައްކަންކުރާ މީހުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޝަރުއީ ނިޒާމު ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްސަލައިގައި ކަންކަން ހިނގައިދިޔައީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ. އެގޮތުން ވަކި ތާރީޚެއްގެ ކުރިން އެ މައްސަލައިގައި ހުކުމެއް ނެރުމަށްޓަކައި އެންމެ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަވަސްއަރުވާލައިގެން ޝަރީއަތް ނިންމި ނަމަވެސް، އޭގެ ފަހުން އެފަދަ އެއްވެސް މައްސަލައެއް ކުރިއަށް ނުގޮސް މުޅިން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ފާއިތުވި 18 އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބެގެން ނުހައްގު ގޮތުގައި ބޮޑެތި މުއްސަނދިކަން ހޯދި އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި، ނަމަވެސް އެއިން އެއްވެސް ފަރާތަކާ ދެކޮޅަށް ދައުލަތުން ދައުވާއެއް އުފުލާފައި ނުވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.
އޭނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ކިތަންމެ ބޮޑެތި އަދި އޮޅުންބޮޅުން ބޮޑު ގާނޫނުތަކެއް މަޖިލީހުން ފާސްކުރި ކަމުގައި ވިޔަސް، އެ ގާނޫނުތައް ބޭނުންކުރެވެމުން ދަނީ ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި ބޭނުންވާ ބަޔަކަށް ބިރުދެއްކުމުގެ ބޭނުމުގައި ގާނޫނުތައް ނަގައިގެން ބޭނުންކުރުމުގެ ސަގާފަތް ނިމުމަކަށް ނުގެނެސް، ގައުމަށް ރަނގަޅު އިސްލާހެއް ނުގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު