މަރްޔަމް ނަހްދާ ވަޙީދު   14 ޖޫން 2025 - 4:16
ބްލޫބެރީއަކީ ސަމާލުކަން އިތުރުކުރުމަށް އެހީވެދޭ އެއްޗެއް
ބްލޫބެރީއަކީ ސަމާލުކަން އިތުރުކުރުމަށް އެހީވެދޭ އެއްޗެއް
އަދުގެ ދުނިޔޭގައި ސަމާލުކަން ދެމެހެއްޓުމަކީ ވަރަށް ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. މި މައްސަލައިގެ ސަބަބުން ކިޔެވުމުގައި އާއި މަސައްކަތުގެ މައިދާނުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ބައެއް ކަހަލަ ކާނާ ކެއުމުން މި މައްސަލަ ހައްލު ކުރެވެއެވެ. މިފަހަރު މި ހިމަނާލަނީ ސަމާލުކަން އިތުރު ކުރުމަށް އެހީވެދޭ ބައެއް ކާނާގެ ބާވަތްތަކެވެ.

ބްލޫބެރީ

ބްލޫބެރީއަކީ އެންޓިއޮކްސިޑެންޓްސްއިން މުއްސަނދި މޭވާއެކެވެ. މި މޭވާގައި އެކުލެވޭ ފްލެވަނޮއިޑްސް ކިޔާ މާއްދާއިން ސަމާލުކަމާއި ހަނދާން ހުންނަ މިންވަރު އިތުރުކޮށްދެއެވެ. އަދި މި މޭވާ ކެއުމުން މެދު އުމުރުފުރައިގެ މީހުންގެ ސިކުނޑީގެ މަސައްކަތް ރަނގަޅުވެއެވެ.

މަސް

މަހުގައި އެކުލެވޭ އޯމެގާ-3 ފެޓީ އެސިޑްސްއަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާއެކެވެ. ޚާއްޞަކޮށް ސާލްމަން، ޓޫނާ އަދި މެކަރެލް ފަދަ ތެޔޮ ގިނަ މަސްމަހުގައި މި މާއްދާ ގިނައިން އެކުލެވެއެވެ. މި މާއްދާއިން ސަމާލުކަމާއި ހަނދާން ހުންނަ މިންވަރު އިތުރުކޮށްދެއެވެ.

ޑާކް ޗޮކްލެޓު

ޑާކް ޗޮކްލެޓްގައި އެކުލެވޭ ކެފީނާއި ފްލެވަނޮއިޑްސްއިން ކުޑަ ވަގުތުކޮޅަކަށް ސަމާލުކަން އިތުރުކޮށްދެއެވެ. އަދި މީގެ އިތުރުން ސިކުނޑީގެ ލޭ ދައުރުވުން އިތުރުކޮށް، ވަގުތީގޮތުން ވިސްނުން ތޫނުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން