އިރާނުން އިޒްރޭލަށް އަމާޒުކޮށް މިރޭ ފޮނުވާލި މިސައިލް ހަމަލާތަކެއް ވެރިރަށް ޓެލްއަވީވްގެ ބައެއް ސަރަހައްދުތަކަށް އަމާޒުވެެއްޖެއެވެ.

އިރާނުން އިޒްރޭލަށް އަމާޒުކޮށް މިރޭ ފޮނުވާލި މިސައިލް ހަމަލާތައް ފޮނުވާލީ އިޒްރޭލުން ރޭ ފަތިހުން ފެށިގެން އީރާނަށް ދެމުން ގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެެ. ބައިނަލްއަގުއާމީ ބައެއް މީޑިޔާތަކުން މިހާރު ވަނީ އީރާނުން އިޒްރޭލްގެ ވެރިރަށް ޓެލް އަވީވަށް ދިން ހަމަލާތަކުގެ މަންޒަރުތަކުގެ ވީޑިއޯ އާންމުކޮށްފައެވެ. އެގޮތުން ޓެލްއަވީވްގެ ބައެއް ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވުމާއިއެކު އިމާރާތްތަކުގައި ރޯވެ ދުން އަރަމުންދާ މަންޒަރު އެވީޑިއޯ ތަކުން ފެނެއެވެ.



އިޒްރޭލަށް އިރާނުން މިރޭ ހަމަލާދީފައިވަނީ މިސައިލްއާއި ރޮކެޓުތައް ބޭނުންކޮށްގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 7 ރޮކެޓެއް ޓެލް އަވީވްއަށް މިހާތަނަށް އަމާޒުވެފައިވާ ކަން މިހާރު ވަނީ ޔަގީންވެފައެވެ.

އިރާނުން މިރޭ އިޒްރޭލަށް ހަމަލާދޭން ފަށާފައިވާއިރު އިޒްރޭލުގެ ވެރިރަށުގައި ހުރި ދިފާއީ ވުޒާރާގެ އޮފީސް ކައިރީގައި ރޯވެ އަނދަމުންދާކަމަށް އިޒްރޭލުގެ މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އީރާނުން މިރޭ ވަނީ އިޒްރޭލުން ރޭ ކުއްލި ގޮތަކަށް އިރާނަން ދިން ވަރުގަދަ ހަމަލާގެ ބަދަލު ހިފުން ރަސްމީކޮށް ފަށާފައިވާކަން އިއުލާންކޮށްފައެވެ.

އީރާނުގެ އެންމެ އިސްލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކާއި އެކު ފެށުނީ ހަނގުރާމައެއް ކަމަށާއި ރޭދިން ފަދަ ބޮޑެތި "ހިޓް އެންޑް ރަން" ހަމަލާތައް ދިނުމަށް ތެހެރާނުން ދެން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ބަދަލުގައި ދޭ ހަަމަލާއަކީ ކުޑަ ހަމަލާއެއްގެ ގޮތުގައި ނުދެކުމަށް އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

އިޒްރޭލުން ފެށި ހަމަލާތަކުގެ ބަދަލު ހިފުމަށް އިރާނު އަސްކަރިއްޔާއިން މިރޭ ފެށި އޮޕަރޭޝަންގެ ތެރެއިން އިރާނުގެ ވައިގެ ސަރަހައްދުގައި ހަަރަކާތްތެރިވަމުން ދިޔަ އިޒްރޭލުގެ ދެ ޖެޓުވެސް ވައްޓާލާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން