އިޒްރޭލުން ފަލަސްތީނުގެ ވެރިރަށް ގާޒާގެ ރައްޔިތުން ނުކުންނަން އެންގުމަށްފަހު އެމީޙުން ގާޒާ ދޫކޮށް ނުކުތުމަށް ހުރަސްކުރާ ގޭޓަށް ބޮން އަޅައިފިއެވެ.

ރޭވުމެއްގެ ދަށުން އިޒްރޭލް ސިފައިން ގާޒާގެ އާންމުން ކައިރީގައި ބުނީ އެރަށަށް ހަމަލާ ދިނުމުގެ ކުރިން ފިލުމަށެވެ. އެމީހުންގެ މަޤްޞަދަކަށް ވީ، ވީހާވެސް ގިނަ ޢާންމުންނަށް ހަމަލާދީ މެރުމެވެ.

އިޒްރޭލުން ބޮމުގެ ހަމަލާދީފައިވަނީ ގާޒާއިން ބޯޑަރ ހުރަސްކޮށް މިސްރަށް ދެވޭނެ ހަމައެކަނި މަގަށެވެ. ގާޒާ މީހުންނަށް ފަލަސްތީން ދޫކޮށްފައި ދެވޭނެ ދެން އޮތް ހަމައެކަނި މަގަކީ އިޒްރޭލާއި ގާޒާއާއި ދެމެދު އޮތް ބޯޑަރ ސަރަހައްދެވެ. އެހެން ނަމަވެސް، އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް އެޤައުމަށް އެތެރެވުމުގެ ހުއްދައެއް ނުދެއެވެ.

ރަފާހ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްރަށް އެތެރެވެވޭނީ އިޒްރޭލުގެ ހުއްދަ ލިބިގެންނެވެ. ފަލަސްތީނުން މިސްރަށް އެތެރެވާން އިޒްރޭލުގެ ސިފައިންގެ ހުއްދަ ނަގަން އެއް މަސް ކުރިން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ގާޒާއަކީ ފަލަސްތީނުގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ރަށެކެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް ޤައުމު ދޫކޮށްފައި ސަލާމަތްވުމުގެ ފުރުޞަތު ގެއްލި، އެރަށުގައި ތާށިވެފައި ތިބުން ނޫން އިތުރު ގޮތެއް ނެތެވެ. ރިޕޯޓްތައް ބުނާގޮތުގައި 24 ގަޑިއިރު ތެރޭގައި މަދުވެގެން ތިން ފަހަރު އިޒްރޭލުން ގާޒާއާއި މިސްރުގެ ބޯޑަރ ހުރަސްކުރެވޭ ހިސާބަށް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވަމުން ދަނީ ޢާންމުން އެއްވެ އުޅޭ ތަންތަނަށާއި މީހުންގެ ގެދޮރަށެވެ. މި ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ވަނަސް، އިޒްރޭލުން ޢާންމުންނަށް އަމާންކަމެއް ނުދެއެވެ.

އިޒްރޭލުން ވަނީ ގާޒާގައި ދިރިއުޅޭ 2.3 މިިލިއަން ރައްޔިތުންނަށް ކާނާއާއި ފެނާއި ކަރަންޓު އަދި ތެލުގެ ސަޕްލައި ނުލިބޭނެ ގޮތް ހަދާފައެވެ.

ހޮނިހިރު ދުވަހުގައި އިޒްރޭލުން ދިން މިފަދަ ހަމަލާތަކުގައި ޝަހީދުވީ ފަލަސްތީން ރައްޔިތުންގެ އަދަދު އިއްޔެ ހަވީރުގެ ނިޔަލަށް ވަނީ 870 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭއިރު ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި މި ހަނގުރާމައިގައި އަނިޔާވި ޖުމްލަ މީހުންގެ އަދަދު 4250 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން