މަރިޔަމް ލަމްޙާ ރަޝީދު   12 އޮކްޓޯބަރު 2023 - 12:59
ހަނާ ނަމަކަށް ކިޔާ އިންޑިއާގެ ޓިކްޓޮކް ތަރިޔަކު ދާދި ފަހުގެ ތާރީޚެއްގައި އޭނާއާއި އެއްތަނެއްގައި މަސައްކަތްކުރި މުވައްޒިފަކާއި ލޯބީގެ ގޮތުން ގުޅުމުން ކުރެވުނު ތަޖުރިބާ ކިޔައިދީފައިވަނީ ވަރަށް ހިތްދަތިކޮށެވެ. އޭނާ ބުނާގޮތުގައި ވަޒީފާގެ މާހައުލުގައި އުޅޭއިރު ކިތަންމެ ރަނގަޅުވެފައި ކަމުދާ ކަންކަން ފެނިގެން ދިޔަނަމަވެސް ރައްޓެހިވުމުން އެމީހާގެ އަސްލު ކުލަވަރު ފެނުނުކަމަށެވެ. އަދި އެއީ ވަރަށް ހިތި ތަޖުރިބާއެއް ކަމުގައި އޭނާ ހިއްސާކޮށްފައިވެއެވެ. ނަމަވެސް މިލިއުމުގެ މައުލޫއުއަކީ އެކުގައި މަސައްކަތްކުރާ މީހަކާއި ގުޅުމުގެ ނަތީޖާއެއް ނޫނެވެ. މިލިޔުމުގައި މިބަލާލަނީ އެކުގައި އެއްމާހައުލެއްގައި މަސައްކަތް ކުރާއިރު ބައެއްފަހަރު 'ލޯބި' ވެވޭ ސަބަބެއް ވޭތޯއެވެ.

އެކުގައި މަސައްކަތް ކުރާއިރު ބައެއްފަހަރު އަނެކާގެ މިޒާޖު ހުންނަގޮތުންނަމަވެސް ނުވަތަ ތިބާއަށް ކަމުދާފަދަ ސިފަތަކެއް އޭނާގެ ކިބައިގައި ހުރުމުންނަމަވެސް އެމީހަކަށް ތިބާގެ ނަޒަރު ހުއްޓިފައި ހުރެވިދާނެކަމަށް ހަނާ ބުނެއެވެ. އަދި އެއީ ވަރަށް ކަމުދާ ސިފަތަކެއްގެ ވެރިއެއްކަމަށް އަމިއްލަ ނަފްސަށް ޔަގީންކަން އަމިއްލަޔަށް އަރުވައެވެ. މިއީ އެމީހާ ބޭނުންވުމުން އެހެން ހުރިހާ ކަމަކަށް ކަނު ލޮލެއް ދިނުމަށްފަހު އޭނާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށް ހުވަފެންތައް ބަލާހިސާބެވެ. ނަމަވެސް ހުވަފެނުން ނުކުމެވޭ އިރު އޮންނާނީ އެއްކަލަ މީހާއަށްވުރެ ގޯސްމީހެއް ދުނިޔެއަށް ވުޖޫދުނުވާކަމަށް ހުވާކުރާ ހިސާބުގައެވެ.

މިހެން އެކުގައި މަސައްކަތްކުރާ މީހެއްދެކެ ލޯބިވެވޭ އަނެއް ސަބަބަކީ އޮފީގައި ހޭދަކުރެވޭ ވަގުތު ގިނަވުމެވެ. ކޮލެއްޖެއް ނުވަތަ ސްކޫލެއްގެ ދަރިވަރުންތަކެއް މިފަދައިން ޕިކްނިކާއި އެކިކަހަލަ ކޭމްޕިންފަދަ ކަންކަމުގައި އުޅޭއިރު އެކަކު އަނެކަކަށް ލޯބިޖެހި ހިތްކިޔާގޮތްވުމަކީ އެކަށީގެންވާކަމެކެވެ. ބޮޑެތި މީހުންގެ ދިރިއުޅުމުގައި ވެސް މިގޮތަށް ދިމާވެދާނެކަމަށް ޕޮޕް ކަލްޗަރގެ މަޝްހޫރު ލިޔުންތެރިޔާ ޑޭނިއަލް ކޯއެން ލިޔެފައިވެއެވެ. އަދި އޭނާ ބުނާގޮތުގައި އެކުގައި އުޅެން ފެށުމުން ރީތިކަމާއި ގަޔާވުން ސިކުނޑީގައި ތަޞައްވުރު ކުރެވިފައި އޮންނަ ގޮތަށް ބަދަލު އާދެއެވެ. އަދި އެކުގައި ގިނަވަގުތު ހޭދަކުރިވަރަކަށް މިގޮތަށް ގަޔާވެ ހިތްކިޔާލެއް ބޮޑުވާނެކަމަށްވެސް އޭނާ ބުނެއެވެ.

ނަމަވެސް ތިޔަ ކަމުގޮސްގެން ބަލަބަލާ އިންނަ ކުއްޖާއަކީ ހަމައެކަނި ވަޒީފާގެ މާހައުލުގައި ބަބުޅާ 'އޮފީސް ޓެން' ކަމުގައި ވެދާނެކަމަށް ކޯއެން ލިޔެފައިވެއެވެ. ލިސަންގެ ލީޑް ކްލިނިކަލް ސައިކޮލޮޖިސްޓް ޝްރެޔާ މަލިކް ކިޔައިދިން ގޮތުގައި އާއްމު ދިރިއުޅުމުގައި ދިމާވިޔަސް ކަމުނުދާނެ ޝަހުސިއްޔަތުތަކާއި، މަސައްކަތުގެ މާހައުލުގައި ފެނިދެނިވެ އުޅޭއިރު އެފަދަ މީހެއްދެކެ ލޯބިވެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި ބާރާއި ތިމާގެ މައްޗަށް ކޮންޓްރޯލް އޮތުމާއި މަޤާމް ހިމެނެއެވެ.

ތިބާގެ އޮފީސް ކްރަޝް އަކީ ތިބާއަށްވުރެ މަޤާމުން މަތި މީހެއްނަމަ، އެމީހުންނާ މެދު ތިބާގެ ހިތުގައި ޖަޒުބާތުތަކެއް އުފެދުމަކީ އެމީހުންގެ އަތުގައި ތިބާގެ މައްޗަށް އޮންނަ ބާރެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި އެއީ ތިބާގެ އެޓޭޗްމަންޓް ސްޓައިލް ދައްކުވައިދޭ ކަމެއް ކަމެއްކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ.



މަސައްކަތުގެ ބައިވެރިޔާދެކެ ލޯބިވެވޭ އަނެއް ސަބަބަކީ މިއީ ތިބާގެ ހިތުގައި ފޮރުވިފައި އޮންނަ ޝުއޫރަކަށްވާތީއެވެ. އަދި ވަކިން ޚާއްސަކޮށް މަސައްކަތުގެ މާހައުލުގައި މިފަދަ ގޮތަކަށް ދެކެވޭ މީހަކު ހުރުމުން މަސައްކަތް ކުރުމުގައި ހިތްހަމަޖެހުން ލިބި ވަޒީފާގައި ކުރަންޖެހޭ ކަންކަން މާޝައުޤުވެރިކަމާއެކު ކުރެވޭނެތީއެވެ.



އެހެންކަމުން ތިބާ ބުނެބަލާށެވެ. މަސައްކަތުގެ މާހައުލުން ދިމާވާ އެބުނާ 'ވޯކް ޓެން' އާއި ލޯބީގެ ގޮތުން ގުޅިދާނަންހެއްޔެވެ؟


ކިޔުންތެރިންގެ ހިޔާލު


1

އަންކަންޑިޝަނަލް

17-Oct-2023

ލޯތްބަކީ ކަނު އެއްޗެކެވެ.


-1

ޙަނާ

17-Oct-2023

މަގޭ ފިރިމީހާ ހޯދީ ބެސްޓް ފްރެންޑެއް. އަންހެނުންނަށް ވަގަށާ ދޮގު ހަދާފަ ވަރަށް ޑްރާމާ ކުޅުން



ޓްރެންޑިން