އިޒްރޭލުން ގާޒާއަށް ހަމަލާ ދިނުމުގައި ވައިޓް ފޮސްފަރަސް ކެމިކަލް ބޭނުންކުރަން ފަށައިފި ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

ގާޒާގެ އިތުރަށް ލުބުނާނަށް ހަމަލާ ދިނުމުގައި ވެސް މި މާއްދާ ބޭނުންކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ވައިގެ ހަމަލާތަކުގައި މި މާއްދާ ބޭނުންކުރަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ފަލަސްތީނުގެ ވެރިރަށް ގާޒާގެ ޕޯޓް ސިޓީއާއި ލުބްނާންގެ 2 ސަރަހައްދަކަށް ވައިޓް ފޮސްފަރަސް އަޅަމުންދާ މަންޒަރު ވީޑިއޯކޮށްފައެވެ.

ވައިޓް ފޮސްފަރަސްއަކީ ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ އޭގެ ވިހައިން އުމުރު ދުވަހަށް ސިއްހީ ނުރައްކާތައް ކުރިމަތިކުރުވާ މާއްދާއެކެވެ. އަދި މިއީ ހުޅު ހިފާ ޒާތުގެ މާއްދާއެއްވެސް މެއެވެ.

ފޮސްފަރަސްއަކީ އިންސާނެއްގެ ހަށިގަނޑުގައި ހުޅު ރޯވެއްޖެ ނަމަ، ގައިގެ ހުރިހާ މަސްތައް އެއްކޮށް އަންދާލާހާ ނުރައްކާތެރި މާއްދާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފޮސްފޮރަސްއަކީ އެއިން ލިބޭ ޒަހަމްތަކަށް ފަރުވާ ލިބުނަސް، ޖިސްމާނީ ނުކުޅެދުންތެރިކަމަށް މަގުފަހި ކުރުވާ މާއްދާއެއް ކަމަށްވެސް ބުނެއެވެ.

އިޒްރޭލުގެ ކަމާއި ބެހޭ ފަރާތްތައް މިކަމާއި ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، 2013 ވަނަ އަހަރުގައި އިޒްރޭލުން ވަނީ ވައިޓް ފޮސްފޮރަސް ބޭނުންނުކުރާނެ ކަމަށް ބުނެފައެވެ.

އިޒްރޭލުން ހޮނިހިރު ދުވަހުއްސުރެ ގާޒާއަަށް ދެމުންގެންދާ ހަމަލާތަކުގައި 1537 މީހުން ޝަހީދުވެފައި ވެއެވެ. އަދި 338،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސުލައިމާނުބެ

17-Oct-2023

ފަލަޠީނުގެ އިންސާނީ އިސްލާމީ ޖީލު ހަލާކު ކުރުމަށް މަސައްކަތް ކުރަމުންދާ ނުބައި ނުލަފާ ކާފަރު މީހުން ނެތުކުރައްވާނދޭވެ.



ޓްރެންޑިން