އިޒްރޭލު ފަދައިން ފަލަސްތީނަކީވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ބައިނަލްއަޤުވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ޗައިނާއިން ގޮވާލައިފިއެވެ.
ޗައިނާއިން ބުނީ ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަނަވަސް ކަމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގާއިމުކޮށްފައިވާ "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް އަވަހަށް އަމަލު ކުރުން ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީ ޝިން ވިދާޅުވީ ޗައިނާއިން ބޭނުންވަނީ ބައިނަލްއަގްވާމީ ކޮންފަރެންސެއް އަވަހަށް ބާއްވައިގެން ރޯޑް މެޕެއް އެކުލަވާލައި ސަރަހައްދީ ރޮނގު ކަނއަޅައި ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ކަނޑައަޅަން ނިންމާފައިވާ ޓޫ ސްޓޭޓް ސޮލިއުޝަނަށް އަމަލުކުރުން ކަމަށެވެ.
ސުލްހައިގެ މަޝްވަރާތަކަށްފަހު ފަލަސްތީނުގައި މިނިވަން ދައުލަތް ބައިނަލްއަޤްވާމީ މުޖުތަމައުން ޤަބޫލުކުރަން ޖެހޭނެ ކަމަށް ޗައިނާގެ ޚާރިޖި ވުޒާރާގެ މިނިސްޓަރ ވާންގް ޔީ ވިދާޅުވިއެވެ. މެދުއިރުމައްޗަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މި މައްސަލަކަން ފާހަގަކުރައްވަމުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ނިސްބަތްވާ ޔީ ވިދާޅުވީ އާންމުންނަށް ގެއްލުންވާ އަމަލުތަކާ ޗައިނާއިން ދެކޮޅު ހަދާ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކުށްވެރިކުރާ ކަމަށެވެ.
އެހެންކަމުން ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދުނިޔޭގެ ބާރުތަކުން މިކަމަށް ހައްލެއް ގެނެސްދިނުމަށް ނުފޫޒު ފޯރުވައިގެން ބާރުއަޅަން ޖެހޭކަން ޔީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށްވެސް، އދ.އިން މިމައްސަލައިގައި ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޔީ ވިދާޅުވިއެވެ.
ހަމައެއާއިއެކު، ފަލަސްތީނުގެ ޢާންމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ޒަރޫރީ އެހީތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި ބްރެޒިލްއާއި ކަމާބެހޭ ފަރާތްތަކާ މުއާމަލާތްކޮށްގެން އެއްބާރުލުން ދެމެހެއްޓުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ޔީ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ބްރެޒިލްއިން ބުނީ ވަރަށް އަވަހަށް އދގެ ސެކިއުރިޓީ ކައުންސިލުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަައިގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

Wang Yi: China calls for a more authoritative & influential international peace conference as soon as possible to push the international community to reach a broader consensus based on the "two-state solution" and formulate a timetable & road map for it.https://t.co/eFm1voWzPm
— Ambassador Wang Lixin (@China_Amb_Mdv) October 13, 2023
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީ ޝިން ވިދާޅުވީ ޗައިނާއިން ބޭނުންވަނީ ބައިނަލްއަގްވާމީ ކޮންފަރެންސެއް އަވަހަށް ބާއްވައިގެން ރޯޑް މެޕެއް އެކުލަވާލައި ސަރަހައްދީ ރޮނގު ކަނއަޅައި ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ކަނޑައަޅަން ނިންމާފައިވާ ޓޫ ސްޓޭޓް ސޮލިއުޝަނަށް އަމަލުކުރުން ކަމަށެވެ.
ސުލްހައިގެ މަޝްވަރާތަކަށްފަހު ފަލަސްތީނުގައި މިނިވަން ދައުލަތް ބައިނަލްއަޤްވާމީ މުޖުތަމައުން ޤަބޫލުކުރަން ޖެހޭނެ ކަމަށް ޗައިނާގެ ޚާރިޖި ވުޒާރާގެ މިނިސްޓަރ ވާންގް ޔީ ވިދާޅުވިއެވެ. މެދުއިރުމައްޗަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މި މައްސަލަކަން ފާހަގަކުރައްވަމުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ނިސްބަތްވާ ޔީ ވިދާޅުވީ އާންމުންނަށް ގެއްލުންވާ އަމަލުތަކާ ޗައިނާއިން ދެކޮޅު ހަދާ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކުށްވެރިކުރާ ކަމަށެވެ.
އެހެންކަމުން ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދުނިޔޭގެ ބާރުތަކުން މިކަމަށް ހައްލެއް ގެނެސްދިނުމަށް ނުފޫޒު ފޯރުވައިގެން ބާރުއަޅަން ޖެހޭކަން ޔީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށްވެސް، އދ.އިން މިމައްސަލައިގައި ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޔީ ވިދާޅުވިއެވެ.
ހަމައެއާއިއެކު، ފަލަސްތީނުގެ ޢާންމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ޒަރޫރީ އެހީތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި ބްރެޒިލްއާއި ކަމާބެހޭ ފަރާތްތަކާ މުއާމަލާތްކޮށްގެން އެއްބާރުލުން ދެމެހެއްޓުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ޔީ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ބްރެޒިލްއިން ބުނީ ވަރަށް އަވަހަށް އދގެ ސެކިއުރިޓީ ކައުންސިލުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަައިގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު