އިޒްރޭލުން ޝަހީދުކުރި ފަލަސްތީނު ރައްޔިތުންގެ އަދަދު 1800 އަށް އަރައިފިއެވެ.

އިއްޔެ ހަވީރު 4 ޖެހިއިރު ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިޒްރޭލުގެ ހަމަލާތަކުގައި އެޤައުމުގެ 1799 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެޜޭގައި 583 ކުޑަކުދިންނާއި 351 އަންހެނުން ހިމެނެއެވެ. އަދި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި 7،388 ފަލަސްތީނު މީހުންނަށް އަނިޔާވިކަމަށްވެސް އެވުޒާރާއިން ބުނެފައި ވެއެވެ.

ހުސްވި ހަފްތާގެ ހޮނިހިރު ދުވަހު ހަމާސްއާއި އިޒްރޭލު ސިފައިންނާއި ދެމެދު ފެށި މި ހަނގުރާމައަށް ހަފްތާއެއް ވީއިރު، އިއްޔެ އިޒްރޭލުން ވަނީ ގާޒާގެ އުތުރު ސަރަހައްދު ހުސްކުރުމަށް އަމުރުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "ކުރިއަށް އޮތް ތަނުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާ ސިޓީގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާނެ" ކަމަށެވެ.

ފަލަސްތީނުގެ ވެރިރަށް ގާޒާގައި ތިބި 1.1 މިލިއަން މީހުން އެރަށުގެ ދެކުނު ސަރަހައްދަށް ބަދަލުވުމަށް 24 ގަޑިއިރުގެ މުހުލަތެއް އިޒުރޭލު ސިފައިން ދިނުމުގެ އިތުރަށް ސިއްހީ އެހީތެރިކަމަށް ބޭނުން ޖެހިފައިފާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށްވެސް އިޒްރޭލު ސިފައިން ދަނީ ހުރަަސްއަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން