މެލޭޝިޔާގެ އިމާރާތަކުން ވެއްޓި މަރުވި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ނިޔާވި އުމަރު އަހުމަދު ނައީމްގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދު މެލޭޝިޔާގެ ކުއަލަލަމްޕޫރުން މާލެއަށް ދަތުރުކުރި އެއާއޭޝިއާގެ ފްލައިޓުގައި އެވެ.
އުމަރުގެ ހަށިގަނޑު ރާއްޖެއަށް ގެނައުމުގެ ކުރިން މެލޭޝިއާގެ ޤާނޫނުގައިވާ ގޮތަށް އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންގޮސް ކަށުނަމާދު ވަނީ ކޮށްފައެވެ. އަދި އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މެލޭޝިޔާގެ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި މަރުވި ޢުމަރުގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ ފުލުހުންގެ ތަހުގީގަށްފަހު ހަށިގަނޑު އޭނާގެ އާއިލާއާއި ހަވާލުކުރުމުންނެވެ. ނަމަވެސް އޭނާގެ މަރާއި ގުޅޭގޮތުން މެލޭޝިޔާ ފުލުހުންނާއި ދިވެހިން ފުލުހުންވެސް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު