އޮންލައިންކޮށް މީހުންނާއި ރައްޓެހިވުމުގެ ބޭނުމުގައި އެތައްބަޔަކާއި ވާހަކަ ދައްކާލެވި އެތައް ބަޔަކާއި ބައްދަލުކުރެވޭނެގޮތް މިޒަމާނުގައި އެކި ޑޭޓިން އެޕްލިކޭޝަންގެ ޒަރިއްޔާއިން ކުރެވެއެވެ. ނަމަވެސް މީހުންނާއި 'ޑޭޓް' ކުރުމުގައި ބަލަންވީ ކަންކަން ރަނގަޅަށް އެނގިގެން ނޫނީ ރަނގަޅު ބައިވެރިޔަކާއި ދިމާނުވާނެއެވެ. މިފަދަ ޑޭޓިން ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ވަގުތު ހޭދަކުރަނީ ހަމައެކަނި ހުސްވަގުތު ފުރާލުމަށެވެ. ތިބާފަދައިން ބައިވެރިޔަކު ހޯދުމަށް 'ޑޭޓް' ކުރާނީ ވަރަށްވެސް މަދުބަޔެކެވެ.
ބަލަންވާވަރަށް ބަލާނުލައި ތިބާ ހުސްވަގުތު ފުރާލަން ނުވަތަ ވަގުތީ އުފަލަށް ޑޭޓްކުރާ މީހަކަށް ހިތްކިޔައި ސީރިއަސް ވެއްޖެނަމަ، އެންމެ ތިބާއަށް ލިބޭނީ ދެރައެވެ. އެހެންކަމުން ރަނގަޅު ބައިވެރިޔަކު ހޯދުމަށް ޑޭޓްކުރުމުގައި ބަލަންވީ ކޮންކަންކަމަކަށްތޯ ބަލާލާނަމެވެ.
1. ބޭނުންވަނީ ކޮންކަހަލަ މީހެއްކަން ކަނޑައެޅުން:
އެންމެ ފުރަތަމަ ކަމަކަށް މީހަކާއި 'މެޗް' ކުރުމުގެ ކުރިން މިކަންކަމަށް ބަލާލުން މުހިންމެވެ. ޑޭޓިން އެޕް އެޅުމުގެ މާކުރިންވެސް ތިބާގެ އަމިއްލަ މަގްސަދު ކަނޑައަޅަންވާނެއެވެ. މެޗްކުރެވޭ މީހާއަކީ ތިމާ ބޭނުންވަނީ މަޖާ މިޒާޖެއްގެ އަޚުލާޤު ރަނގަޅު ތިބާގެ ވިސްނުމާއި ޚިޔާލު އެއްގޮތް މީހެއްތޯ ބެލުމަށް ފަސޭހަވާނީ އޭރުންނެވެ.
2. ވިސްނުމެއްނެތި މީހުންނަށް 'ސްވައިޕް'ކުރުން:
ޑޭޓިން އެޕްތަކުގައި އުޅޭ މީހުންގެ ލިސްޓުން އަބަދުވެސް އެންމެ ރީތިހެން ހީވާ މީހުންނާއި އެންމެ ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބުހެން ހީވާމީހުންނަށް ފަސޭހައިން ސްވައިޕް ކޮށްލެވެއެވެ. ނަމަވެސް ގިނަ އެޕްތައް ތައްޔާރުކޮށްފައިވާ މިއަލްގޯރިދަމް ދަންނަ މީހުން ބުނާގޮތުގައި އެންމެ ރީތި މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބާއަށް 'ސްވައިޕް ރައިޓު' މެޗު ނުކުރާނެއެވެ. އެހެންކަމުން ތިބާ މިފަދަ ކަމަކާއި ހިތް ނުތަނަވުސްވުމުގެ ކުރިން ތިޔަ ގެންގުޅޭ 'އެކްސްޕެކްޓޭޝަން' 10 އިންސައްތަނަމަވެސް ދަށްކޮށްލަންވާނެއެވެ. އަދި ކިތަންމެ އުނދަގޫކަމަކަށްވިނަމަވެސް، އަމިއްލަޔަށް މީހުންނަށް މެސެޖުކުރުމަކީވެސް ތިބާއާއި މީހަކު ވާހަކަ ދެއްކުމުގެ ފުރުސަތު އިތުރުވާނެ ކަމެކެވެ.
3. ރަނގަޅަށް 'ފިލްޓާކުރުން':
ތިބާއާއި ވާހަކަ ދައްކަން މެޗްކުރާ މީހުންނަށް އެހައިފަސޭހައިން ޑޭޓްކުރުމުގެ ފުރުޞަތު ތިބާވެސް ދީގެން ނުވާނެއެވެ. ތިބާވެސް އެމީހަކު ރަނގަޅަށް ސްކްރީންކޮށް އެމީހާގެ ކަންކަން ރަނގަޅަށް ހޯދައި ބަލަންވާނެއެވެ. މިސާލަކަށް އޭނާ ވަރަށް ރީތިވިނަމަވެސް އަނެއްކޮޅުން ބެލިއިރު އޭނާގެ ވަޒީފާއާއި އުމުރާއި ގުޅޭގޮތުން އޭނާ ދޮގުހެދިކަން އެނގެއެވެ. ނުވަތަ އޭނާ މެސެޖުތަކަށްވެސް ރިޕްލައިއެއް ނުދެއެވެ. ވީމާ ތިބާވެސް އޭނާ ރިޖެކްޓްކުރާށެވެ. މިއީ ތިބާގެ ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް ފިލްޓަރކޮށްގެން ކުރާ ކަމެއްކަމުގައި ކަނޑައަޅާށެވެ. ކޮންމެ ކޮންމެ މީހަކަށް އެހާފަސޭހައިން ތިބާއަށް ވާސިލްވެވޭނެ ފުރުޞަތު ނުދޭށެވެ.
4. ބައިވެރިޔާގައި ހުންނަބޭނުންވާ ސިފަތައް ހާމަކުރުން:
ތިބާގެ ޕްރޮފައިލްގައި ތިބާ ލިޔެފައިވާ 'ބަޔޯ' އަކީ ޑޭޓް ކުރާ މީހާ އެންމެ ފުރަތަމަވެސް ބަލާނެ މައުލޫމާތެވެ. ވީމާ ތިބާ އެލިޔެފައިވާ އެއްޗަކާމެދު ވިސްނާލަންވާނެއެވެ. ށެވެ. ތިބާގެ ލިސްޓުގައި ބަދަލުނުކުރެވޭނެ ބައެއް ކަންތައްތަކުގެ ގޮތުގައި ތިބާ ލިޔެފައިވާ ބައެއް ކަންކަމަކީ ސީރިޔަސް ރިލޭޝަންޝިޕެއް ބޭނުންވާކަމާއި ބޭނުންވަނީ ސްޓޭބަލްކޮށް އުޅޭ ހިއްވަރުގަދަ ދިރިއުޅުމާއިމެދު ސީރިޔަސްކޮށް ވިސްނާ ހުސްކޮށްހުރި މީހަކު ކަމުގައި ލިޔެވިދާނެއެވެ. ޑޭޓިން އެޕްލިކޭޝަންތައް ދިރާސާކުރާ މީހުން ދެކޭގޮތުގައި އެންމެ ރަނގަޅީ މިފަދަ 10 ނުވަތަ 15 ސިފައަށްވުރެ އިތުރު ނުކުރުމެވެ.
މީގެއިތުރުން މީހުންނަށް ކޮންޓްރޯލް ނުކުރެވޭފަދަ ބޭރުފުށުގު ސިފަތައް ދޫކޮށްލުން މުހިންމެވެ. މިސާލަކަށް ވަރަށް ގިނަ އަންހެނުން އިސްކޮޅުން ދިގު މީހުން ބޭނުންވާކަމަށް ލިޔާނެއެވެ. އެހެންނަމަވެސް މިއީ ދިރިއުޅުމަށް މާބޮޑު ތަފާތެއް ގެނުވައިދޭނެ ސިފައެއް ނޫނެވެ. ވީމާ މިފަދަކަންކަމަށް މާބޮޑަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހިތްހެޔޮ އޯގާތެރި ދިރިއުޅުމާދޭތެރޭ ސީރިއަސްކޮށް ވިސްނާ ބާއިވެރިޔަކަށް ސަމާލުކަން ދޭށެވެ. ދިރިއުޅުން އުފާވެރިވާނީ އެފަދަ ބައިވެރިޔަކު އިޚްތިޔާރު ކޮށްގެންނެވެ.
5. އަމިއްލަ ޕްރޮފައިލް ވިސްނުންތެރިކަމާއެކު ތައްޔާރުކުރުން:
ޑޭޓިން ޕްރޮފައިލްއަކީ ތިބާ އިންޓްރވިއުއަކަށް ގެންދާފަދަ ސީވީއެއްފަދަ އެއްޗެކެވެ. ވީމާ ތިބާ ގެންގުޅޭ ޕްރޮފައިލް ތައްޔާރުކޮށް އެގާއި ލިޔާއެއްޗެއް ލިޔަންވާނީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ. އެ ޕްރޮފައިލްއިން ދައްކުވައިދޭ މަންޒަރަށް ބަލާފައި ތިބާއާއިމެދު ވާހަކަ ދައްކާގޮތާއި ތިބާއާއިމެދު މީހުން ދެކޭގޮތް ތަފާތުވެދާނެއެވެ. އެހެންކަމުން ޕްރޮފައަށްލާ ފޮޓޯއަކީ ފަހުގެ ފޮޓޯއެއްކަމުގައިވެސް ވާންވާނެއެވެ. މިއީ ކޮލިޓީ ރަނގަޅު ތިބާގެ މޫނު ރީތިކޮށް އެނގޭފަދަ ފޮޓޯއެއްކަމުގައި ހަދާށެވެ. އަދި މީގެ އިތުރުން ފުލް އެއްފޮޓޯ ޕްރޮފައިލްގައި ބެހެއްޓުންވެސް މުހިންމު ކަމަށް ޑޭޓިން ކޯޗުން ލަފާދެއެވެ. އަދި މީގެ އިތުރުން ތިބާ އާއްމުކޮށް ދިރިއުޅުމުގައި ކުރާ މަޖާ ކަންކަމާއި ދާތަންތަނުގައި ނަގާފައިވާ ފޮޓޯތައްވެސް ލުން މުހިންމެވެ. އޭރުން ތިބާއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އަނެކާއަށް ދައްކުވައިދޭނެއެވެ.
6. މީހުންނާއި ބައްދަލުކުރުން:
މީހަކާއި މެޗްކުރުމަށްފަހު އަބަދުހެން މެސެޖުން ވާހަކަ ދެއްކުމުންނެއް އޭނާގެ ހަޤީގަތެއް ނޭނގޭނެއެވެ. ވީމާ އޭނާއާއި ބައްދަލުކުރުމަކީ އެންމެ މުހިންމު ކަމެވެ. ނަމަވެސް މިކަމުގައި ތިބާ ހުށިޔާރުވާންޖެހޭނެއެވެ. ބައެއް ކޯޗުން ބުނާގޮތުގައި 2-3 މީހުންނާއި އެއްފަހަރާ ވާހަކަ ދައްކާލުމަކީ އެންމެ ރަނގަޅު ކަމެކެވެ. މިއީ މީހަކަށް ކޮމިޓްވުމުގެ ކުރިން އެންމެ ރަނގަޅު މީހާ އިޚްތިޔާރު ކުރުމަށް ތިބާއަށް ލިބިގެންވާ ފުރުޞަތެކެވެ. މީހަކާއި ބައްދަލުކޮށް ވާހަކަ ދައްކާލުމަކީ އަދި ރައްޓެހިވުމެއް ނޫނެވެ. ވީމާ މިޕްރޮސެސްގައި މާއަވަހަށް ސީރިއަސްވެގެން ކަންކަން އަވަސްއަރުވާލައިގެން ނުނިންމާށެވެ.

ކިޔުންތެރިންގެ ހިޔާލު