އިޒްރޭލުން ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން މެރުމަށްފަހު އެކަން ކުރާ ސަބަބަކަށް ހުޅަނގުގެ ވެރިންނާ ހުޅަނގު މީޑިއާ ތަކުން ދެއްކީ ހަމާސް އިން އިޒްރޭލަށް އަރައި އެގައުމުގެ 40 ތުއްތު ކުދިންގެ ބޯ ކަނޑާލި ވާހަކައެވެ. ނަމަވެސް އެކަން ހިނގާ ދިޔަ ގޮތާއި އެކަމުގެ ހަގީގަތް މި ކިޔައިދެނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޚަބަރުފަތުރާ ވަސީލަތް ކަމަށްވާ އަލް ޖަޒީރާގެ ފެކްޓް ޗެކް ސެގްމެންޓުންނެވެ.
7 އޮކްޓޯބަރގައި ހަމާސްއިން ވަނީ އިޒްރޭލުގެ ކްފާރް އަޒާއަށް ހަމަލާ ދީފައެވެ. 10 އޮކްޓޫބަރގައި މީޑިއާތަކުގެ ނޫސްވެރިންނަށް ވަނީ އެކަން ރިޕޯޓްކުރުމަށް އެތަނަށް ޒިޔާރަތްކުރުމަށް ހުއްދަ ދީފައެވެ.
އިޒްރޭލުގެ ނޫސްވެރިއަކު ރިޕޯޓްކުރިގޮތުގައި އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ހަމާސް ޖަމިއްޔާއިން 40 ވަރަކަށް ކުޑަކުދިން މަރާލާފައިވާކަމަށް އޭނާއަށް މައުލޫމާތު ދިން ކަމަށް ރިޕޯޓްކޮށްފައެވެ. މިއީ އެންމެ ފުރަތަމައަށް މި ޚަބަރު ފެތުރި ގޮތެވެ.
އެދުވަސް ފާއިތުވެގެންދިޔައިރު އެ ޚަބަރު ދިޔައީ އެކިގޮތްގޮތަށް ވަރަށް ހަލުއި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ހަމާސްއިން އެރަށަށް އަރާ، 40 ތުއްތު ކުދިންގެ ބޯ ބުރިކުރި ކަމަށް ބުނެ އެ ޚަބަރު ފަތުއަޑުކިޔާފައި ހުޅަނގުގެ ބޮޑެތި މީޑިއާތަކުން ފެތުރިއެވެ.
ޖެހިގެން އައި ދުވަހު އިނގިރޭސި ވިލާތުގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް "ހަމާސް އިން ކުޑަކުދިންގެ ކަރުބުރި ކުރި" ކަމަށް ބުނެ ރިޕޯޓް ކުރިއެވެ. އޮކްޓޫބަރ 11 ގައި ހުޅަނގުގެ ހުރިހާ މީޑިއާތަކުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ހަވާލާދީ ޚަބަރު ގެނެސްދީފައެވެ.
ހަމަ އެދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ "ހަމާސްގެ ޓެރަރިސްޓުން" ވަރަށް އަނިޔާވެރިކޮށް ބޯބުރިކޮށްފައިވާ ކުޑަކުދިންގެ ފޮޓޯތަކެއް އޭނާއަށް ފެނިވަޑައިގަތްކަމަށް ވަރަށް އަސަރާއެކު ވިދާޅުވެފައެވެ.
"އަޅުގަނޑު ދުވަހަކުވެސް ހިތަކަށް ނާރަން ނިރުބަވެރިންތަކެއް ކުޑަކުދިންގެ ބޯ ބުރިކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ފެންނާނެ ދުވަހެއް އަންނާނެ ކަމަކަށް." ބައިޑަން ވިދާޅުވެފަވެއެވެ.
އޭގެ ފަހުން، ވައިޓް ހައުސްއިން ވަނީ ބައިޑަންގެ މި ވާޙަކަފުޅު ދޮގުކޮށްފައެވެ. "އެމެރިކާގެ އޮފިޝަލަކަށް ވެސް އަދި ރައީސަށް ވެސް އެފަދަ ފޮޓޯތަކެއް ފެނިފައެއްނުވޭ. އަދި އެފަދަ ރިޕޯޓެއްގެ ޞައްޙަކަން ޔަގީންކުރެވިފައެއް ވެސް ނުވާ" ކަމަށް ވައިޓް ހައުސްއިން ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އެހާ ހިސާބަށް ދިޔައިރު، ޙަޤީޤަތެއް ނެތް މި ވާހަކައިގެ ސަބަބުން ވީ ގެއްލުމެއް ވެ ނިމިއްޖެއެވެ. ބައިޑަން ކުރިން ދެއްކެވި ވާހަކަފުޅު ހުޅަނގުގެ މެއިންސްޓްރީމް މީޑިއާތަކުގެ އެންމެ ބޮޑު ޚަބަރެއްގެ ގޮތުގައި ފަލަ ސުރުހީގައި ޝާއިޢުކޮށް ކިޔުންތެރިންގެ ސަމާލުކަން ހޯދިއެވެ. އަދި ނޫސްވެރިން ދިޔައީ އެކަމަކީ ގާޒާގެ ޢާންމުންނަށް އަނިޔާކޮށް ބަދަލުހިފަން މަޤުބޫލު އުޒުރެއް ކަމަށް ކިޔުންތެރިންނަށް ވިސްނައިދެމުންނެވެ.
މި ޚަބަރުތައް ފެތުރުމާއިއެކު، 10 އޮކްޓޫބަރގައި ކުފާރް އަޒާއަށް ޒިޔާރަތްކުރި ނޫސްވެރިން ވަނީ އެކަމުގެ ޞައްޙަކަމާއި ދޭތެރޭ ސުވާލު އުފައްދާފައެވެ. އަދި އިޒްރޭލުގެ ނޫސްވެރިންވެސް ވަނީ އެމީހުންނަށް އަސްކަރިއްޔާއިން ހުއްދަ ދިން ޓުއަރގައި ކުޑަކުދިން މަރާލި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ. އަދި އިޒްރޭލު އަސްކަރިއްޔާގެ ކޮމާންޑަރވެސް އެފަދަ ވާހަކައެއްގެ މަޢުލޫމާތު ހިއްސާކޮށްފައި ނުވާކަމަށްވެސް އެމީހުން ބުންޏެވެ.
"3 ފަހަރު މަތިން އިޒްރޭލު އަސްކަރިއްޔާ ކައިރިން މަރުވި ކުޑަކުދިންގެ އަދަދުތައް ޔަގީންކޮށް ކިޔާދިނުމަށް ބުނިން. އެމީހުންނަށް އެކަން ޔަގީންކޮށްދޭކަށް ނުކުރުނު." ނޫސްވެރިއަކު ބުނެފައި ވެއެވެ.
ހަމާސް ޖަމާއަތުންވެސް ވަނީ އެޖަމާއަތުގެ ހަނގުރާމަވެރިން ކުޑަކުދިންގެ ކަރު ބުރި ކުރި ވާހަކައަކީ އަސްލެއް ނެތް ދޮގެއް ކަމަށް ބުނެފައެވެ.
އޭގެ ފަހުން އިޒްރޭލުގެ ބޮޑުވަޒީރާއިި ހަވާލާދީ ދޮގު ޚަބަރު ފެތުރި ނޫސްވެރިޔާ ވަނީ އޭނާއަށް އެ އަސްލެއް ނެތް ޚަބަރު ދޮގު ޚަބަރު ފެތުނީތީ މައާފަށް އެދިފައެވެ.
"އިޒްރޭލު ސަރުކާރުން މިހާރު ބުނަނީ ތުއްތުކުދިންގެ ބޯބުރިކުރި ކަމަށް ޔަގީން ނުކޮށްދެވޭނެ ކަމަށް. ބަސްބުނުމުގެ ކުރިން އަހަރެންނަށް ބުނެވޭ ބަހަކާއި ދޭތެރޭ ވަރަށް ބޮޑަށް ސަމާލުވަން ޖެހޭ. އެކަމަށްޓަކައި މައާފަށް އެދެން." ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ 40 ތުއްތުކުދިންގެ ބޯ ކަނޑާލި ކަމަށް ބުނާ އަސްލެއް ނެތް ޚަބަރު ފެތުރުނީތީ މަޢާފަށް އެދެމުން އެ ނޫސްވެރިޔާ ބުނެފައި ވެއެވެ.
ހުޅަނގު މީޑިއާތަކުން ފެތުރި މި ޚަބަރާއެކު ހުޅނގުގެ ވެރިން ބުނަމުން ގެންދިޔައީ އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެނީ އެމީހުންގެ ރައްޔިތުންގެ ދިފާއުގައި ކަމަށެވެ. އަދި ހުޅަނގުގެ ވެރިން ވަނީ އިޒްރޭލުގެ ހަމަލާތަކަށް ތާއީދުކޮށް އެކަމަށް ހިތްވަރު ދީފައެވެ. ޣައްޒާގެ ރައްޔިތުން ފަނާކިށް ނެތިކޮށްލުމަށް އިޒްރޭލުން ޣާޒާއަށް ހަމަލާދޭ ކޮންމެ ފަހަރަކު ދައްކާފައި ވަނީ މިފަދަ ކޮންމެވެސް ހުއްޖަތެކެވެ.
މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣާޒާއަކީ މިދުނިޔެމަތީގައި އެންމެ ގިނަ މީހުން ބަންދުކޮށްފައި ތިބި އެންމެ ބޮޑު ޖަލެވެ. އިޒްރޭލުން ޣާޒާއަށް އަރައި އެރަށުގެ ބިންތައް ހިފައި އެމީހުންގެ މީހުން އާބާދު ކުރަމުން ގޮސް މިހާރު އެއީ ދުނިޔޭގައި އޮތް އެންމެ ތޮއްޖެގިފައިވާ ރަށެވެ. އިޒްރޭލުން ޣާޒާއަށް ބޮންއަޅަމުން ގެންދާތާ ހަފުތާއެއްހާ ދުވަސްވީއިރު މިހަމަލާތަކުގައި އެންމެ ގިނައިން ޝަހީދު ވެފައި ވަނީ އަންހެނުންނާއި ތުއްތު ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު