އެމެރިކާގެ ދުވަސްވީ ފިރިހެނަކު އެޤައުމުގައި ދިރިއުޅޭ ފަލަސްތީނުގެ 6 އަހަރުގެ ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި ހާދިސާ އަކީ މުސްލިމު އުއްމަތަށް ބޮޑު ހިތްދަތި ކަމެއް ލިބިގެންދިޔަ ހާދިސާއެކެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު އަދި ވަކިން ޚާއްޞަކޮށް މުސްލިމުންނާއިމެދު ބައެއްގެ މެދުގައި އޮތް ނަފުރަތު ހާމަވެގެންދިޔަ މި ހާދިސާގައި ޝަހީދު ވެގެންދިޔަ ކުޑަކުއްޖާ އޭނާގެ މަންމަ ގާތުގައި އެންމެ ފަހުބަހަކަށް ވެސް ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ވާދިއާ އަލް-ފަޔޫމްއަށް ހަމަލާދިން އުމުރުން 71 އަހަރުގެ އެމެރިކާ ފިރިހެންމީހާ ވަނީ އުމުރުން 32 އަހަރުގެ އޭނާގެ މަންމަ ހަނާން ޝާހީނަށްވެސް ވަޅިން ހަމަލާދީފައެވެ. އޭނާ އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާތީ، ގިނަ ބަޔަކު ބައިވެރިވީ ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތުވެސް ނުލިބުނެވެ. ވާދިޔާގެ ޖަނާޒާ ބޭއްވި ސަރަހައްދަށް ދުރާއި ގާތުން ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރިއެވެ.
މި މައްސަލަ ތަހުޤީޤުކުރަމުންދާ ފުލުހުން ބުނީ މުސްކުޅި ފިރިހެންމީހާ ވާދިޔާ ޝަހީދުކުރީ އެކުއްޖާއަކީ މުސްލިމަކަށްވީތީ ކަމަށެވެ. އަދި އެ ފިރިހެންމީހާއަކީ ވާދިޔާއާއި އޭނާގެ މަންމަ ދިރިއުޅޭ ގޭގެ ވެރިމީހާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާ ވާދިޔާ މަރާލީ އިޒްރޭލާއި ހަމާސްއާއި ހިނގަމުންދާ ހަނގުރާމައިގައި މުސްލިމުންނަށް ކުރާ ނަފްރަތާއި ގުޅިގެންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ވާދިޔާގެ ބޮޑުބޭބެ ޔޫސުފް ހަނޫން ބުނީ ވާދިޔާ މަރުވުމުގެ ކުރިން އެންމެ ފަހު ބަހެއްގެ ގޮތުގައިވެސް މަންމަ ކައިރީ ބުނީ އޭނާގެ ޙާލު ރަނގަޅުކަމުގައި ކަމަށެވެ.
ޔޫސުފް ބުނީ ވާދިޔާ މަރާލި ޖޮސެފް ޒޫބާގެ ގޭގެ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި ވާދިޔާއާއި އޭނާގެ މަންމަ ދިރިއުޅޭތާ 2 އަހަރުވެއްޖެ ކަމަށެވެ. އަދި މިހާތަނަށް އެމީހާއާއި ވަދިޔާގެ އާއިލާއާއި އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. ނުވިތާކަށް، މި ހާދިސާ ހިނގުމުގެ ދުވަސްތަކެއް ކުރިން އެ ފިރިހެންމީހާ ވާދިޔާގެ އުފަންދުވަހުގެ ހަފްލާގައި ބައިވެރިވި ކަމަށްވެސް ޔޫސުފް ބުންޏެވެ.
ވާދިޔާއަކީ އެމެރިކާއަށް އުފަންވި ކުއްޖެކެވެ. އޭނާގެ މަންމަ އެމެރިކާގައި ދިރިއުޅޭތާ 12 އަހަރުވެއްޖެއެވެ.
"އޭނާ އަހަރެމެންގެ އާއިލާއާއި ވަރަށް ރަހުމަތްތެރިކޮށް އުޅުނީ. ވަކިން ޚާއްސަކޮށް، ވާދިޔާއާއި. އޭނާ ވާދިޔާމެދު ދެކެނީ އަމިއްލަ ކާފަދަރިއެއް ފަދައިން. ކުޅޭ އެއްޗެއްސާއި އެކި ހަދިޔާތައްވެސް ވާދިޔާއަށް ދީއުޅުނު. މިވީހާ ދުވަހު އޭނާ މިފަދަ ކަމެއް ކޮށްފާނެކަމުގެ އެއްވެސް ހިލަމެއް ނުވޭ." ވާދިޔާގެ ބޮޑުބޭބެ ބުނެފައި ވެއެވެ.
އަދި ޖޮސެފް ކުރީގައި ވާދިޔާދެކެ ލޯބިވާ ވަރުން ގޭގެ ބިއްދޮށުގައި އޭނާ ކުޅެން ވަކި ސަރަހައްދެއް ހަދައިދިން ކަމަށްވެސް ބޮޑުބޭބެ ބުނެފައި ވެއެވެ.
"ވާދިޔާއަކީ ވަރަށް އުފާވެރިކޮށް އުޅުނު ކުއްޖެއް. ހަމަ އެހެންކުދިންނެކޭ އެއްގޮތަށް ހިނިތުންވެ ނޯމަލްކޮށް އުޅުނު ކުއްޖެއް. އޭނާގެ މަންމައާއި ސްކޫލާއި ޓީޗަރުން ދެކެ ވަރަށް ލޯބިވީ ކުއްޖެއް." ވާދިޔާގެ ބޮޑުބޭބެ އޭނާ ސިފަކުރީ މިފަދައިންނެވެ.
މި މައްސަަލަ ތަހުޤީޤުކުރަމުންދާ ޕްރޮސެކިއުޓަރ ކިޔާދިން ގޮތުގައި މި ހާދިސާ ހިނގިދުވަހު އެ ފިރިހެންމީހާ ހުރީ "ޖެރޫސަލެމްގައި ހިނގާ ޖަރީމާ" އާއި ހެދީ އަންނަ ރުޅި ވާދިޔާގެ މަންމައަށް އަމާޒުކޮށްގެންނެވެ. އޭނާއާއި ވާހަކަދައްކަމުން ހަނާންގެ މަންމަ "އަމާންކަމަށް ދުޢާކުރަމާ" ބުނިތަނުން ޖޮސެފް ހަނާންއަށް ވަޅިން ހަމަލާ ދިނީ ކަަމަށް ޕްރޮސެކިއުޓާ ބުންޏެވެ.
އޭނާ އަޑުއަހާ ރޭޑިއޯ ޕްރޮގްރާމްތަކުގައި މުސްލިމުންނާއި ބެހޭގޮތުން ދައްކާ ނަފުރަތުގެ ވާހަކަތަކުން ޖޮސެފްއަށް އަސަރުކޮށް، ވާދިޔާގެ އާއިލާއާއި ދޭތެރޭ އޭނާގެ ހިތް ނުތަނަވަސް ކުރުވި ކަމަށް ޕްރޮސެކިއުޓާ ލިޔުނު ބަޔާނުގައި ފާހަގަކޮށްފަވެއެވެ.
ވާދިޔާގެ އާއިލާއިން ހާމަކުރިގޮތުގައި ޖޮސެފް އުޅުނީ ހަނާންގެ ކަރުގައި ހިފައިގެން އޭނާ މަރާލާށެވެ. އަދި އެވަގުތުކޮޅުގައި ހަނާންއާއި ދިމާލަށް "މުސްލިމުންނަކީ މަރުވާން ޖެހޭ ބައެއް" ކަމަށް ބުނެފައިވާކަމަށް އާއިލާއިން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއަށް ކިޔައިދީފައި ވެއެވެ.
މިކަމާއި ބެހޭގޮތުން އެމެރިކާގައި ދިރިއުޅޭ މުސްލިމް އަންހެނަކު ބުނީ ފުރާނައާއި ދޭތެރޭ އޭނާ ކަންބޮޑުވާ ކަަމަށެވެ. އެހެން ނަމަވެސް، މުސްލިމުންނާއި ދޭތެރޭ ހިންގާ އެފަދަ އަނިޔާވެރިކަމާއި ދޭތެރޭ އޭނާ ހައިރާން ނުވާކަމަށް އެ އަންހެންމީހާ ބުނެފައި ވެއެވެ.
އޭނާ ބުނީ އެމީހުން ދިރިއުޅޭ ސަރަހައްދުގެ ސްކޫލުތަކުންވެސް މިހާރު މުސްލިމުންނަށް އަނިޔާކުރާތީ އިތުރަށް ސަމާލުވެގެން ތިބެންޖެހިފައިވާ ކަމަށެވެ. އަދި މީޑިއާ އާއި ސިޔާސީ މީހުންގެ ވާޙަކަތަކުން މުސްލިމުންނާއި ދޭތެރޭ ޢާންމުންގެ ހިތުގައި ނަފްރަތު އުފައްދާ އަމަލުތަކަށް ހިތްވަރު ލިބިގެންދާކަން އޭނާ ފާހަގަކުރިއެވެ.
މި ހާދިސާއާއި ގުޅިގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ވަނީ ނަފްރަތުގެ ސަބަބުން ހިނގާ ކުށްތައް ތަހުޤީޤުކުރުމުގެ މަސައްކަތް ފަށާފައެވެ.

Last words of knifed US Muslim boy: 'Mom, I'm fine' https://t.co/2jPKgvzPwQ
— BBC News (World) (@BBCWorld) October 17, 2023

ކިޔުންތެރިންގެ ހިޔާލު