ރާއްޖޭގެ މޫސުން ދައްކުވައިދޭ ފޮޓޯއެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ މޫސުން ދައްކުވައިދޭ ފޮޓޯއެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ފަސްމީހުންނާއި އެކު ރ. އާރަށު ފަޅުތެރެއަށް ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

އަޑިއަށް ދިޔައީ އެރަށަށް މުދާ ބާލަން ދިޔަ ދޯންޏެކެވެ. އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބޭލުމަށްފަހު ރިސޯޓުގެ ކުނި ހިފައިގެން ފުރިފަހުންނެވެ.

ދޯނީގައި ތިބި ފަސް މީހުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. އެމީހުންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓް މިރޭ 21:30 ހާއިރު ލިބިފައިވާ ކަމަށެވެ. މިއީ ކަނޑުގަދަވުމުގެ ސަބަބުން މިއަދު ހިނގި ހަވަނަ ހާދިސާއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ކަނޑުގަދަ ދުވަސްތަކެއްކަމުން ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުންވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން