'ޓްރޯމާ ބޮންޑް' މިއީ ނަފްސާނީ ޢިލްމުވެރިން ބޭނުންކޮށް އުޅޭ ބަހެކެވެ. އަދި މިބަހަކީ މިހާރަކަށް އައިސް، ދެމަފިރިންނާއި ނުވަތަ ރައްޓެހިވެގެންއުޅޭ މީހުންގެ މެދުގައި ޖެހޭ މައްސަލަތަކާ ގުޅުންހުރި މައުޟޫތަކަށް ބައެއް ސައިކޮލޮޖިސްޓުން ވާހަކަ ދެއްކުމުގައި އަބަދުހެން ބޭނުންކުރާ އެއްބަހެކެވެ. މިއީ ގިނަ ބަޔަކު ނުރަނގަޅު ބައިވެރިން އިހްތިޔާރު ކުރެވޭ ސަބަބެއްކަމަށްވެސް އެފަދަ ސައިކޮލޮޖިސްޓުންނާއި ނަފްސާނީ އިލްމުވެރިން ބުނެއުޅެއެވެ.
ތުއްތު އިރުއްސުރެ މައިންބަފައިންފަރާތުން ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އަނިޔާލިބެ ބޮޑެތިވަމުން އަންނަ ކުދިން އެކުދިން ބޮޑެތިވެގެންވެސް ބައިވެރިޔެއްގެ ގޮތުގައި އެކުދިން ޚިޔާރުކުރާނީވެސް އެކުދިންނާއިމެދު އަނިޔާވެރިކޮށް ކަންތައް ކުރާ ބައިވެރިން ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ. އަދި ކުޑައިރުއްސުރެ މިފަދަ ކަންތައްތަކެއްގެ ތެރޭގައި އުޅެބޮޑުވެފައިވުމުން މިއީ އެންމެންވެސް އާއްމުކޮށް ދިރިއުޅޭގޮތް ކަމަށް ގިނަ ކުދީންނަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި މީހުންނާ ދިމާލަށް އެކުދިން ދަންމުވައިގަންނަ އެބުނާ ޓްރޯމާ ބޮންޑަކީ ކޮބައިކަން ދެނެގަންނަންޖެހެއެވެ.
ޓްރޯމާ ބޮންޑް
ޑިއުޓަން އެންޑް ޕެއިންޓަރ ނަމަކަށް ކިޔާ ނަފްސާނީ އިލްމުވެރިން މިބަސް އެމީހުންގެ ފޮތްތަކުގައި 1981 ގައި ބޭނުންކުރަންފަށާފައިވެއެވެ. އަދި އެދެ އިލްމުވެރިން މިބަސް މާނަކުރަނީ މީހަކު ނުވަތަ ބަޔަކު އެމީހަކާއި ދޭތެރޭ އަނިޔާވެރިކޮށް އަމަލުތައް ބަހައްޓައި އުނދަގޫކޮށް އަދި އެކިކަހަލަ އިންޒާރުތައް ދިނުމުގެ ސަބަބުން ނަފްސާނީގޮތުން އެމީހާއަށް އަންނަ ބަދަލަކާއި ގުޅިގެން އެފަދަ ގެއްލުންދޭ މީހުންނާއި އަނިޔާ ލިބޭމީހާއާއި ދެމެދު އުފެދޭ ވަރުގަދަ ގުޅުމެއްގެ ގޮތުގައެވެ. މިއީ ބައެއްފަހަރު ފުރާނަޔަށްވެސް ނުރައްކާވާހާލަތަށް މީހާ ވައްޓާލާފަދަ ނުރައްކާތެރި ގުޅުމަކަށް ވެގެންދާ ހާލަތްތައްވެސް އާދެއެވެ. އަދި މިގުޅުމުގައި އަނިޔާ ލިބޭމީހާއަށް އަނިޔާދޭމީހާގެ ކިބައިން ދުރުވުމަށް އުނދަގޫވެ، އެއަނިޔާތަކުގައި ތާއަބަދުމެ ހުރެވޭގޮތް ވެގެންދެއެވެ.
މަތީގައިވާ މާނަކުރުމުގައި 3 ކަމަކަށް ސަމާލުވުން މުހިންމު!
1. ޓްރޯމާ ބޮންޑްގެ މައިގަނޑު މައްސަލަފެށޭ ހިސާބަކީ ހަމައެކަނި އަނިޔާދޭމީހާގެ ފަރާތުން ލިބޭ އަނިޔާތައް އެކަނި ކަމުގައި ބަލައިގެންނުވާނެއެވެ. މިކަންކަން އިތުރަށް ގޯސްކުރުވައި މަސްލަހަތު ގޯސްކުރުވާ ކަންތައްތަކުގެ ތެރޭގައި ވަގުތާއި ހާލަތު، ބާރާއި ނުފޫޒު އަދި ލަދުގެންނެވުމާއި ބޭޒާރުވުންފަދަ ކަންކަންވެސް ހިމެނެއެވެ.
2. ޓްރޯމާ ބޮންޑެއްގައި މައިގަނޑު 2 ބައި ހިމެނިގެންވެއެވެ. އެއްބަޔަކީ އެގުޅުމެއްގައި ބާރާއި ނުފޫޒު ހަމަހަމަވެގެން ނުވުމުން އަންނަ ޓްރޯމާ ބޮންޑެވެ. އެއީ އެކަކު އަނެކަކަށްވުރެ ބާރާއި ނުފޫޒުގައި ކުރިއަރާފައިވުމުން އަނެކަކަށް ނިކަމެތިކަމުގެ އިހުސާސްކުރުވައި ގަސްތުގައި އަނިޔާދީ ދެރަކުރުމެވެ. އޭރުން އޭނާގެ މުދަލާއި ފައިސާއާއި އެނޫންވެސް އޭނާއަށް އަނެކާގެ މައްޗަށް ލިބިފައިވާ ބާރެއްގެ ނުފޫޒު ބޭނުންކޮށްގެން ބައިވެރިޔާއަށް ގެއްލުންދިނުމަށް ފަސޭހަވެގެންދާނެއެވެ. އަދި މީގެ ސަބަބުން އަނިޔާ ލިބޭމީހާ ހިމާޔަތެއްނެތި އަނިޔާތަކުގައި ބަންދުވާގޮތްވެއެވެ. މީގެ އަނެއްބަޔަކީ އަނިޔާ ދިންކަމުގައިވީނަމަވެސް އެއާ އެއްވަރަށް އިންތިހާއަށް ލޯބިވާކަމުގެ އިހުސާސްކޮށްދޭ މީހުންގެ ތެރެއިންފެންނަ ޓްރޯމާ ބޮންޑެވެ. މިހެންހެދުމުގެ ސަބަބުން އަނިޔާ ލިބޭ މީހާ ކަންކުރަންވީގޮތް އޮޅި ދާންވީތޯ ނުވަތަ އަނިޔާވެރިޔާ ގާތުގައި ހުންނަންވީތޯ ސުވާލު ސިކުނޑީގައި އެނބުރި އެނބުރި ނިންމަންވީގޮތެއް ނޭނގިހުރެވެއެވެ.
3. ޓްރޯމާ ބޮންޑަކީ ހަމައެކަނި ކައިވެނިކޮށްގެން އުޅޭ ދެމަފިރިޔަކު ނުވަތަ ރައްޓެހިވެގެން އުޅޭ ދެލޯބިވެރިންގެ ދެމެދުގައި ފެނިގެންދާ އެއްޗެއްކަމުގައި ބަލައިގެންވެސް ނުވާނެއެވެ. މިއީ އާއިލާގެ އެކި މެންބަރުންގެ މެދުގައިވެސް ފެނުން އެކަށީގެންވާފަދަ ގެއްލުންދެނިވި ގުޅުމެކެވެ. އަދި ހަމައެހެންމެ އެކުވެރިންނާއި އަދި ވަޒީފާގެ މާހައުލުން ދިމާވާ މީހުންނާއިވެސް މިފަދަ ނުރައްކާތެރި ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
މިފަދަ ގުޅުންތަކުން ނުކުމެގެން އަނެއްކާވެސް ހަމައެފަދައިން ކަންތައް ކުރާ އެހެން ބައިވެރިޔަކު އިޚްތިޔާރު ކުރެވެނީ ކީއްވެ؟
- އަހަރުމެންގެ ސިކުނޑީގައި ނޭނގިނަމަވެސް ހަރުލާފައިވަނީ މިކަމުން އަރައިގަތުމަށް ދަސްކުރުމަށް ޓްރޯމާ ބޮންޑެއް އޮންނަ ގުޅުމަކުން ނުކުމެގެން އަނެއްކާވެސް 'ސަބްކޮންޝިއަސްލީ' ނުވަތަ ސިކުނޑިއަށް ސީދާގޮތުން ވިސްނައިނުލެވުނު ނަމަވެސް ބައެއްފަހަރު މިފަދަ އަނެއް ގުޅުމަކަށްދެވެނީ މިކަމުން އަމިއްލަ ނަފްސަށް ބާރުވެރިކަން ހޯދައި އަމިއްލަޔަށް އެކަމުން އަރައިގަނެވިދާނެކަމަށް ވިސްނާފައެވެ. އަދި އޭނާ ބަދަލުވާނެކަމަށް ވިސްނައި މިފަހަރު ކުރިންވީފަދައިން ނުވާނެކަމަށް ސިކުނޑިއަށް ވިސްނައިދީގެންނެވެ.
- ޓްރޯމާ ބޮންޑެއް ހުންނަކަން ޤަބޫލުކުރަން ބޭނުންނުވުން:
އަމިއްލަ މީހާއަށް ކުޑައިރު ދިމާވެފައިވާ ކަންތައްތަކެއް ދެނެގަނެ އެކަންކަމާއިމެދު ވިސްނުމުން މައިންބަފައިންނާއި ތިމާއަށް ހިޔާވަހިކަންދިން މީހުންގެ އަނދިރިފަރާތެއްވާކަން އަމިއްލަ ސިކުނޑިއަށް ނަގައިގަނެވެއެވެ. އެހެންނަމަވެސް މިއީ ގިނަބަޔަކު ޤަބޫލުކުރަން ބޭނުންވާނެ ކަމެއްނޫނެވެ. އެހެންކަމަށް ވުމުން މިއީ ނަފްސާނީގޮތުން ނުބައި ނިންމުންތަކެއް ނިންމައި ނުބައި ބަޔަކު ދިރިއުޅުމާއި ގުޅުމަށް ތިބާއަށް މަގުފަހި ކުރުވާ ސަބަބެއްކަމުގައި ބަލައިނުގަނެވި، އަނެއްކާވެސް ހަމައެފަދަ މީހަކާއި ގުޅެވޭގޮތް ދިމާވެއެވެ. އަމިއްލަ ނަފްސު ދެނެގަނެ ތިބާއަށް ދިމާވި ކަންކަން ދެނެގަތުމަކީ މިފަދަ ކަންކަމުން އަރައިގަންނަން ފަސޭހަވާނެ ކަމެކެވެ. އަދި ކޮންމެ މީހަކު ކުރިކަމުގައިވީނަމަވެސް އަނިޔާލިބޭއިރު އެއީ އަނިޔާއެއްކަން ދެނެގަނެވޭނީ އެންމެ ފުރަތަމަ މައިންބަފައިންވެފައިވާ އިހުމާލާއި އަނިޔާތައް ޤަބޫލުކޮށްގެނެވެ. އެހެންނޫންނަމަ ތިބާއަށް އޭރު ވެފައިވާ އިހުމާލަކީ އަނިޔާ ނޫންކަމުގައި ބަލައިގަންނަ މީހާ ފަހުން ބައިވެރިޔާ އެފަދައިން ކަންތައް ކުރުމުން އެކަން އެއީ ގޯސްކަމަށް ޔަގީންކުރާނީ ކިހިނެތްހެއްޔެވެ؟
- މިއީ އާއްމުކޮށް އެނގޭ ބާވަތުގެ އިހުސާސްތަކެއް ކަމުގައިވުން:
ލޯބިދީފައި އެއްޗެތި ގޮވާފައި މީހުން ކުރިމަތީގައި އަގުވައްޓާލައި އަނިޔާކުރުމަކީ ކުޑައިރު ތަހައްމަލު ކުރިކަމެއް ކަމުގައިވާނަމަ ފުރުސަތު ބޮޑީ ފަހުން މިކަންކަން ދިމާވުމަކީ އާދައިގެ ކަމެއްކަމުގައި ބަލައިގަތުމަށެވެ. އަދި މިއީ އާއްމު ދިރިއުޅުންކަމުގައި ދެކެވި ދިރިއުޅުމުގައި މިފަދަ ކަންކަން ނެތްނަމަ އެފަދަ ދިރިއުޅުމެއްގައި އުޅެން ނޭނގުމެވެ. އަދި އެންމެފަހުން ރަނގަޅު ބައިވެރިޔަކު ލިބުނުނަމަވެސް އެފަދަ ބައިވެރިޔަކާއިއެކު އުޅެން ނޭނގި އެއްކަލަ ކުޑައިރުއްސުރެ އުޅެފައިވާ މާހައުލާއި ވައްތަރުގެ މާހައުލެއް ބިނާކުރުވާފަދަ ބައިވެރިއެއް އިޙްތިޔާރުކުރެވެއެވެ.
ޓްރޯމާ ބޮންޑެއް ހުންނަނަމަ ދެންހަދާނީ ކިހިނެއް؟
ތިބާއަކީ ކުޑައިރު މައިންބަފައިން އަނިޔާކުރުމުގެ ސަބަބުން މިފަދަ ކަމެއްގައި އުޅެންޖެހިފައިވާ މީހެއްނަމަ އެކުވެރިންނާއި ލޯބިވާ މީހުންގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމާއި އަމިއްލަ މީހާގެ ކުރިއެރުމަށް މަސައްކަތްކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ހޯދައި ކުޑައިރުގެ ހާދިސާތަކުގެ ޓްރޯމާ ބޮންޑް ދެނެގަނެ އޭގެ ސަބަބުން ގޯސް ނިންމުންތައް ނިންމުމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު