ހަމާސްއިން ރަހީނުކުރި އިޒްރޭލުގެ ދެ އަންހެނަކު ދޫކޮށްލައިފިއެވެ.
ހަމާސްއިން ރަހީނުކުރި މި ދެ މީހުން ދޫކޮށްލީ އެ ދެމީހުންނަކީ އުމުރުން ދުވަސްވީ ދެ މީހުންނަށްވީތީ އިންސާނިއްތަށްޓަކައެވެ. ހަމާސްއިން ވަނީ އެދެމީހުން އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ) އާއި ހަވާލުކޮށްފައެވެ.
ހުކުރު ދުވަހު ހަމާސްއިން ވަނީ އިޒްރޭލު ބިމުން ރަހީނުކުރި އެމެރިކާގެ 2 ރައްޔިތުން ވެސް މިނިވަންކޮށްފައެވެ. އެކަން އެގޮތަށް މަގުފަހިވީ ގަތަރާއި މިސްރު މެދުވެރިވެގެން ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.
ހަމާސްއިން ބުނީ ހަމަ އެދުވަހު އެމެރިކާގެ 2 ރައްޔިތުންނާއި އެއްކޮށް އިޒްރޭލުގެ ދެ އަންހެނުން މިނިވަންކުރުމަށް ކުރެވުނު މަޝްވަރާތަކަށް އިޒްރޭލުން އިންކާރު ކުރި ކަމަށެވެ. އިޒްރޭލުން އެކަމަށް ދެކޮޅުހެދީ އެއީ ހަމާސްއިން މަތިއޮމާންކުރަން ބުނާ އެއްޗެއް ކަމަށްވެސް ބުނެއެވެ.
އިޒްރޭލުން ބުނީ ހަމާސްގެ އެ އަމަލަކީ ދޮގުވެރި ޕްރޮޕަގަންޑާއެއް ކަމަށެވެ. އިޒްރޭލުން އެކަމަށް އެއްބާރުލުންނުދޭކަން ފާހަގަކުރަމުން ހަމާސްގެ އޮފިޝަލް ވަނީ އެޤައުމުން ރަހީނުކުރި މީހުންގެ މަސްލަހަތު ސީރިއަސްކޮށް އިޒްރޭލުން ނުނަގާ ކަމަށް ތުހުމަތުކޮށްފައެވެ.
އިޒްރޭލުން މިގޮތަށް އަމަލުކުރަމުންދާއިރު ރަހީނުކުރެވިފައިވާ އާއިލާތަކުގެ މީހުން ދަނީ ހަނގުރާމަ އިސްކުރުމުގެ ބަދަލުގައި ރަހީނުކުރެވުނު މީހުން މިނިވަންކުރުމަށް ގޮވާލަމުންނެވެ.
އޮކްޓޫބަރ 7 ގައި އިޒްރޭލުގެ އަވަށަކަށް ދިން ހަމަލާއެއްގައި ހަމާސްއިން ވަނީ އެއަވަށުން 210 ޢާންމުން ރަހީނުކޮށް ޣައްޒާއަށް ގެންގޮސްފައެވެ. ޣައްޒާގައި އެމީހުން ބައިތިއްބާފައި ތިބި ތަނެއް ހަމާސްއިން ޢާންމުކޮށްފައެއް ނުވެއެވެ.
ހަމާސްއިން ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެން ގައުމުތަކުގެ މީހުން އަދި އިޒްރޭލުގެ ސިފައިން ހިމެނެއެވެ. މިކަމުގެ ރައްދުގައި އިޒްރޭލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

Hamas said it offered to free two hostages for humanitarian reasons.
— Dan Cohen (@dancohen3000) October 23, 2023
Israel accused Hamas of "mendacious propaganda."
Hamas has released them. As one left, she shook a fighter's hand and said "peace."
Greatest hasbara disaster for Israel in history. pic.twitter.com/yMAPFQ1ISF
އޮކްޓޫބަރ 7 ގައި އިޒްރޭލުގެ އަވަށަކަށް ދިން ހަމަލާއެއްގައި ހަމާސްއިން ވަނީ އެއަވަށުން 210 ޢާންމުން ރަހީނުކޮށް ޣައްޒާއަށް ގެންގޮސްފައެވެ. ޣައްޒާގައި އެމީހުން ބައިތިއްބާފައި ތިބި ތަނެއް ހަމާސްއިން ޢާންމުކޮށްފައެއް ނުވެއެވެ.
ހަމާސްއިން ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެން ގައުމުތަކުގެ މީހުން އަދި އިޒްރޭލުގެ ސިފައިން ހިމެނެއެވެ. މިކަމުގެ ރައްދުގައި އިޒްރޭލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު