ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި އިޒްރޭލުގެ ޢާންމުންނާއި ދޭތެރޭ ހަމާސް ޖަމާއަތުން ކަންތައް ކުރީ ވަރަށް އޯގާތެރިކަމާއެކު ކަމަށް ހަމާސްއިން މިނިވަންކުރި ޔޮޝެވެޑް ލިފްޝިޓްޒް ބުނެފިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން ވަނީ 7 އޮކްޓޫބަރުގައި އިޒްރޭލުގެ އަވަށެއްގައި ތިބި ޢާންމުންގެ 210 މީހުން ރަހީނުކޮށްފައެވެ. އެއަށްފަހު، އިޒްރޭލުން ދަނީ ފަލަސްތީނުގެ ވެރިރަށް ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ.
އެހެން ނަމަވެސް، ރަހީނުކުރި މީހުންގެ ތެރެއިން އުމުރުން 85 އަހަރުގެ ލިފްޝިޓްޒްއާއި އުމުރުން 75 އަހަރުގެ ނޫރިތު ކޫޕަރ ދޫކޮށްލަން މަޝްވަރާކުރުމުން އިޒްރޭލުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެކަމަކީ ހަމާސްއިން ދޮގު ޕްރޮޕަގަންޑާއެއް ފެތުރުމުގެ މަޤްޞަދުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިޒްރޭލު ސަރުކާރުން ހަމާސްގެ ހަނގުރާމަވެރިން 'އަނިޔާވެރިންގެ ގޮތުގައި ސިފަކޮށްފައިވާއިރު ލިފްޝިޓްޒްގެ ވާހަކައިން އެއީ ދޮގެއްކަން ހާމަވެގެންދެއެވެ. އާއިލާއާއި އަލުން ގުޅުނު ފަހުން ލިފްޝިޓްޒްއާއި ނޫސްވެރިން ސުވާލުކުރުމުން އޭނާ ވަނީ ހަމާސް ޖަމާއަތުގެ އޯގާތެރިކަމުގެ ވާހަކަ ދައްކާފައެވެ. އެގޮތުން، އެންމެ ފުރަތަމަ އޭނާ މޮޓޯ ސައިކަލަކަކަށް އަރުވާފައި ޣައްޒާއަށް ގެންދިއުމަށްފަހު އެމީހުން ކަންތައް ކުރީ ރަނގަޅަށް ކަމަށް އޭނާ ބުނެފައި ވެއެވެ.
ލިފްޝިޓްޒް ބުނީ އޭނާއާއި ބާކީ ތިބި ހޮސްޓޭޖުން ބައިތިއްބާފައި ތިބީ ހޮހަޅަތަކެއްގައި ކަމަށެވެ. އަދި އެތަނަށް ގެންދިއުމަށްފަހު އެންމެ ފުރަތަމަވެސް ހަމާސް އިން ބެލީ އެމީހުންގެ ސިއްހީ ބޭސްފަރުވާއަށް ހުއްޓުމެއް ނުގެނައުމަށް ކަމަށެވެ. އޭނާ ކިޔާދިންގޮތުންނަމަ، ހަމާސް އިން ވަނީ އެތަނަށް ޑޮކްޓަރެއް ގެނެސް، އެންމެންވެސް ކައިއުޅުނު ބޭސްތައް ލިބޭގޮތް މަގުފަހިކުރުމަށް މަސައްކަތްކޮށްފައެވެ.
މީގެ އިތުރަށްވެސް، އޭނާގެ ވާހަކައިގައި އިޒްރޭލުގެ ދިފާއީ ބާރަށް ވަނީ ފާޑުކިޔާފައެވެ. އެގޮތުން، އިޒްރޭލު ސަރުކާރުން ހަމާސްގެ އިންޒާރުތައް ސީރިއަސްކޮށް ނުނެގިކަން އޭނާ ފާހަގަކުރިއެވެ. އަދި ހަމާސްއިން އެމީހުން ރަހީނުކޮށްފައިވަނީ ދުރާލާ ތައްޔާރުވެގެންކަން ހާމަވެގެންދިިޔަކަން ލިޕްޝިޓްޒް ބުނެފައި ވެއެވެ.
"އަހަރެންނަށް ހީވަނީ އެމީހުން ހަގީގަތުގައި ވެސް އެކަމަށް ތައްޔާރުވެފައި ތިބިހެން. އެމީހުން އެކަން ފޮރުވާފައި އޮތީ ގިނަ ދުވަސްތަކެއް ވަންދެން،. އަދި މީހުންނަށް ބޭނުންވާ ހުރިހާ ބޭނުންތަކެއް، [މިސާލަކަށް] ޝޭމްޕޫ އާއި ކޮންޑިޝަނަރ ވެސް ކުރިންބައިގައި ހޯދާފައިވީ. އެމީހުން އަހަރެމެންނަށް ދިނީ ޕިޓާ ބްރެޑް، ޗީޒް، ލޯ ފެޓް ކްރީމް ޗީޒްއާއި ކިއުކަމްބާ. އެއީ މުޅި ދުވަހު އަހަރެމެންގެ ކާނާ." އޭނާ ކިޔާދީފައި ވެއެވެ.
ލިފްޝިޓްޒްއާއި ދޭތެރޭ އޯގާތެރިކޮށް ކަންތައް ކުރިޔަސް، އޭނާއާއި ހުރިހާ ރަހީނުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަން އޭނާ ހާމަކުރިއެވެ. އަދި ޣައްޒާއަށް ދިޔަ ދަތުރުމަތީގައި ކޮންމެވެސް ވަރަކަށް އަނިޔާކުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ހަމާސްއިން ލިފްޝިޓްޒް މިނިވަންކޮށްގެން ރެޑް ކްރޮސްއާއި ހަވާލުކުރި ވަގުތުގައި އޭނާ ވަނީ ހަމާސްގެ ހަނގުރާމަވެރިޔާއަށް "ޝަލޯމް" ގޮވާފައި އޭނާގެ އަތުގައި ހިފާ ސަލާމްކޮށްލާފައެވެ. މިއީ އިޒްރޭލު ބަހުން މީހުންނަށް އިޚުތިރާމްކުރުމުގެ ގޮތުން އަލްވަދާއު ކިޔުމަށް ސަލާމް ގޮވާ ގޮތެވެ.
ހޮސްޕިޓަލަށް ގެންދެވުނުފަހުން ލިފްޝިޓްޒްގެ ދަރިފުޅު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދީފައެވެ.
"މަންމަ ބުނަނީ އެމީހުން [ހަމާސް] ރަހީނުންނާ މެދު ވަރަށް ރަހުމަތްތެރިކޮށް ކަންތައް ކުރި ކަމަށް. އެމީހުންނަށް އަޅާލި. އެމީހުން އެތަން ވަރަށް ސާފުކޮށް ބެހެއްޓި. އަދި ހުރިހާ ޒަރޫރީ ބޭނުންތައް ފުއްދާދިން." ލިފްޝިޓްޒްގެ ދަރިފުޅު ބުނެފައި ވެއެވެ.
ލިފްޝިޓްޒް ރަހީނުކޮށްފައިވަނީ ގާޒާގެ ބޯޑަރ ސަރަހައްދުގައި ހުންނަ އޭނާގެ ގޭގައި އިންދައެވެ. ހަމަ އެދުވަހު އޭނާއާއި ނޫރިތްގެ ފިރިންވެސް ވަނީ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައެވެ.

Sharone Lifschitz, the daughter of freed hostage Yocheved Lifshitz, recounts her mother's experience of being taken hostage by Hamas.
— Sky News (@SkyNews) October 24, 2023
She says Hamas militants were "friendly" and describes how another hostage was treated by a paramedic. https://t.co/w3Jr8XxEZs
📺 Sky 501 pic.twitter.com/AjyPjXqgiP
އިޒްރޭލު ސަރުކާރުން ހަމާސްގެ ހަނގުރާމަވެރިން 'އަނިޔާވެރިންގެ ގޮތުގައި ސިފަކޮށްފައިވާއިރު ލިފްޝިޓްޒްގެ ވާހަކައިން އެއީ ދޮގެއްކަން ހާމަވެގެންދެއެވެ. އާއިލާއާއި އަލުން ގުޅުނު ފަހުން ލިފްޝިޓްޒްއާއި ނޫސްވެރިން ސުވާލުކުރުމުން އޭނާ ވަނީ ހަމާސް ޖަމާއަތުގެ އޯގާތެރިކަމުގެ ވާހަކަ ދައްކާފައެވެ. އެގޮތުން، އެންމެ ފުރަތަމަ އޭނާ މޮޓޯ ސައިކަލަކަކަށް އަރުވާފައި ޣައްޒާއަށް ގެންދިއުމަށްފަހު އެމީހުން ކަންތައް ކުރީ ރަނގަޅަށް ކަމަށް އޭނާ ބުނެފައި ވެއެވެ.
ލިފްޝިޓްޒް ބުނީ އޭނާއާއި ބާކީ ތިބި ހޮސްޓޭޖުން ބައިތިއްބާފައި ތިބީ ހޮހަޅަތަކެއްގައި ކަމަށެވެ. އަދި އެތަނަށް ގެންދިއުމަށްފަހު އެންމެ ފުރަތަމަވެސް ހަމާސް އިން ބެލީ އެމީހުންގެ ސިއްހީ ބޭސްފަރުވާއަށް ހުއްޓުމެއް ނުގެނައުމަށް ކަމަށެވެ. އޭނާ ކިޔާދިންގޮތުންނަމަ، ހަމާސް އިން ވަނީ އެތަނަށް ޑޮކްޓަރެއް ގެނެސް، އެންމެންވެސް ކައިއުޅުނު ބޭސްތައް ލިބޭގޮތް މަގުފަހިކުރުމަށް މަސައްކަތްކޮށްފައެވެ.
މީގެ އިތުރަށްވެސް، އޭނާގެ ވާހަކައިގައި އިޒްރޭލުގެ ދިފާއީ ބާރަށް ވަނީ ފާޑުކިޔާފައެވެ. އެގޮތުން، އިޒްރޭލު ސަރުކާރުން ހަމާސްގެ އިންޒާރުތައް ސީރިއަސްކޮށް ނުނެގިކަން އޭނާ ފާހަގަކުރިއެވެ. އަދި ހަމާސްއިން އެމީހުން ރަހީނުކޮށްފައިވަނީ ދުރާލާ ތައްޔާރުވެގެންކަން ހާމަވެގެންދިިޔަކަން ލިޕްޝިޓްޒް ބުނެފައި ވެއެވެ.
"އަހަރެންނަށް ހީވަނީ އެމީހުން ހަގީގަތުގައި ވެސް އެކަމަށް ތައްޔާރުވެފައި ތިބިހެން. އެމީހުން އެކަން ފޮރުވާފައި އޮތީ ގިނަ ދުވަސްތަކެއް ވަންދެން،. އަދި މީހުންނަށް ބޭނުންވާ ހުރިހާ ބޭނުންތަކެއް، [މިސާލަކަށް] ޝޭމްޕޫ އާއި ކޮންޑިޝަނަރ ވެސް ކުރިންބައިގައި ހޯދާފައިވީ. އެމީހުން އަހަރެމެންނަށް ދިނީ ޕިޓާ ބްރެޑް، ޗީޒް، ލޯ ފެޓް ކްރީމް ޗީޒްއާއި ކިއުކަމްބާ. އެއީ މުޅި ދުވަހު އަހަރެމެންގެ ކާނާ." އޭނާ ކިޔާދީފައި ވެއެވެ.
ލިފްޝިޓްޒްއާއި ދޭތެރޭ އޯގާތެރިކޮށް ކަންތައް ކުރިޔަސް، އޭނާއާއި ހުރިހާ ރަހީނުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަން އޭނާ ހާމަކުރިއެވެ. އަދި ޣައްޒާއަށް ދިޔަ ދަތުރުމަތީގައި ކޮންމެވެސް ވަރަކަށް އަނިޔާކުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ހަމާސްއިން ލިފްޝިޓްޒް މިނިވަންކޮށްގެން ރެޑް ކްރޮސްއާއި ހަވާލުކުރި ވަގުތުގައި އޭނާ ވަނީ ހަމާސްގެ ހަނގުރާމަވެރިޔާއަށް "ޝަލޯމް" ގޮވާފައި އޭނާގެ އަތުގައި ހިފާ ސަލާމްކޮށްލާފައެވެ. މިއީ އިޒްރޭލު ބަހުން މީހުންނަށް އިޚުތިރާމްކުރުމުގެ ގޮތުން އަލްވަދާއު ކިޔުމަށް ސަލާމް ގޮވާ ގޮތެވެ.
ހޮސްޕިޓަލަށް ގެންދެވުނުފަހުން ލިފްޝިޓްޒްގެ ދަރިފުޅު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދީފައެވެ.
"މަންމަ ބުނަނީ އެމީހުން [ހަމާސް] ރަހީނުންނާ މެދު ވަރަށް ރަހުމަތްތެރިކޮށް ކަންތައް ކުރި ކަމަށް. އެމީހުންނަށް އަޅާލި. އެމީހުން އެތަން ވަރަށް ސާފުކޮށް ބެހެއްޓި. އަދި ހުރިހާ ޒަރޫރީ ބޭނުންތައް ފުއްދާދިން." ލިފްޝިޓްޒްގެ ދަރިފުޅު ބުނެފައި ވެއެވެ.
ލިފްޝިޓްޒް ރަހީނުކޮށްފައިވަނީ ގާޒާގެ ބޯޑަރ ސަރަހައްދުގައި ހުންނަ އޭނާގެ ގޭގައި އިންދައެވެ. ހަމަ އެދުވަހު އޭނާއާއި ނޫރިތްގެ ފިރިންވެސް ވަނީ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު