އިޒްރޭލުގެ ޢާންމުން ޣައްޒާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް މަލާމާތްކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ވީޑިއޯތަކުގެ ތެރޭގައި އިޒްރޭލު ތެރޭގައި މަޝްހޫރު އިންފްލުއެންސާ ނޯރާ ކޯހެން ކުޅެފައިވާ ޓިކްޓޮކްތައްވެސް ފެނިގެންދެއެވެ. އިޒްރޭލުން ވަނީ މީގެ ކުރީގައިވެސް މިފަދަ ޓިކްޓޮކްތައް މީސް މީޑިއާއަށް ދޫކޮށްފައެވެ.

ނޯރާ ކޯހެންގެ އިތުރުން ވަރަށް ބައިވަރު އިޒްރޭލުގެ ޢާންމުން މިފަހުން ކުޅެފައިވާ ވީޑިއޯތަކުގައި ފަލަސްތީން މީހުން ތަމްސީލުވާގޮތަށް ބުރުގާއާއި ކެފިއްޔޭ ސްކާފްތައް އެޅުމުގެ އިތުރަށް ދަތްތަކުގައި ކަޅުކުލަ ޖައްސާފައިވާ މަންޒަރު ފެނިގެންދެއެވެ. އަދި ހަނގުރާމައިގައި ބުރައިގެންދާ އަޅިތައް ތަމްސީލުކުރަން މޫނުގައި ހުދު ފުށް ޖަހައިގެން މޫނުގައި ރަތް ސޯސް އުނގުޅާ މަންޒަރު ދައްކުވައިދެއެވެ. މީގެ އިތުރަށްވެސް، ޝަހީދުވަމުންދާ ކުޑަކުދިންނަށް މަލާމާތްކޮށް ހަޖޫޖަހާ ޒާތުގެ ތަމްސީލެއްވެސް މީގެ އެއް ވީޑިއޯގައި ދައްކުވައިދެއެވެ.

މި ޓިކްޓޮކްތަކުގައި ކުޑަކުދިން ލައްވާ މަންޒަރު ކުޅުވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މިހާރު އިޒްރޭލުން ޣައްޒާއަށް ފެނާއި ކަރަންޓު ނުލިބޭނެ ގޮތް ހަދާފައި އޮތުމުން އެކަން ތަމްސީލު ކުރުމަށްޓަކައި ޔަހޫދީންގެ އެކި މީހުން ނަށަމުން ފެން އިސްރާފު ކުރާތަނާއި ގޭގެ ބޮކިތައް ދިއްލާފައި ނިއްވާ މަންޒަރުވެސް ދައްކުވައިދީފައި ވެއެވެ.

ޣައްޒާގެ ރައްޔިތުން ނިކަމެތިކުރުމުގެ ނިޔަތުގައި ކުޅެފައިވާ މި ވީޑިއޯތަކަށް ވަރަށް ގިނަ މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.





ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް