އިޒްރޭލުން ބާރުގެ ބޭނުންކޮށްގެން ޣައްޒާ ރައްޔިތުން އެހެން ޤައުމަކަށް ފޮނުވާލަން އުޅޭ ކަމުގެ ލިޔުންތަކެއް ލީކުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ލިޔުންތަކުގައި އިޒްރޭލު ސަރުކާރުން އެކުލަވާލާފައިވާ އެކަމާބެހޭ ޕްލޭންތައް ހިމެނެއެވެ. ލިޔުންތަކުގައި ވަނީ ޣައްޒާ ސިޓީގައި ތިބި ފަލަސްތީން ރައްޔިތުން މިސްރުގެ ސަރަހައްދަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށެވެ.
"ޣައްޒާ ރައްޔިތުން ކައިރީގައި ދުނިޔެއިން ނެތިގެންދާށޭ ނުބުނަން. ކޯރަށް ފުންމާލައިގެން ގެނބެން ނުބުނަން. އަހަރެމެން މިކިޔާ އެއްޗަކީ ޣައްޒާ ކައިރީގައި އެ އޮތް ސައިނާއީ ސަރަހައްދު އެއޮތީ ހުހަށް." އިޒްރޭލު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް، މިސްރުން ވަނީ ފަލަސްތީނުން މިލިއަނެއްހާ ރެފިއުޖީން އެޤައުމަށް އެތެރެވުމަށް އިންކާރުކޮށްފައެވެ. އިޒްރޭލުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ދެކުނަށް ބަދަލުވާން ބުނަނީ "ވަގުތީ ގޮތުން" ކަމަށް އަސްކަރިއްޔާއިން ތަކުރާރުކޮށް ބުނަމުން ދެއެވެ. އެކަމަކު، މިއީ ދޮގެއްކަމަށް އަލްޖަޒީރާއިން ވަނީ ހެއްކާއި އެއްކޮށް ރިޕޯޓްކޮަށްފައެވެ.
އިޒްރޭލުގެ ޚަބަރު ފަތުރާ ނޫހެއް ކަމަށްވާ ކަލްކިއުލަސްއިން ވަނީ އިޒްރޭލްގެ އިންޓެލިޖެންސް މިނިސްޓްރީގެ ލިޔުމެއް ލީކުކޮށްގެން 17 އޮކްޓޫބަރުގައި ރިޕޯޓެއް ތައްޔާރުކޮށްފައެެވެ. އިޒްރޭލްގެ މިސްގަވް އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ އެންޑް ޒަޔަަނިސްޓް ސްޓްރެޓެޖީ އިން ވަނީ "ޣައްޒާގެ ހުރިހާ ރައްޔިތުން މިސްރުގައި އާބާދުކުރާނެ ޕްލޭން" ނަމުގައި ލިޔުމެއް ތައްޔާރުކޮށްފައެވެ.
މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކުރީގެ އެޑްވައިޒަރ ހިންގާ އިންސްޓިއުޓެކެވެ.
2017 ގައި އިޒްރޭލުން ތައްޔާރުކުރި މި ލިޔުމެއްގައި ވަނީ "މިސްރުގައި ހުހަށް އޮތް އެ ބިމުގައި 10 މިލިއަން ހައުސިންގ ޔުނިޓް ހެދޭނެ ކަމަށް" ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި މިސްރުގެ ވެރިރަށް ކައިރޯވެސް ހިމެނެއެވެ.
"އިޒްރޭލުގެ މީހުން އާބާދުކުރުމަށް ޣައްޒާ ސްޓްރިޕްގައި ހައި ކޮލިޓީ ހައުސިންގ ގާއިމުކުރެވޭނެ." މި ރިޕޯޓްގައި ބުނެފައި ވެއެވެ.
ޣައްޒާ މީހުން އާބާދު ކުރުން ވަނީ 3 ހަރުފަތަކަށް ބަހާލާފައެވެ. ފުރަތަމަ ހަރުފަތެއްގެ ގޮތުގައި ޣައްޒާ ސްޓްރިޕްގެ ހުޅަނގުދެކުނަށް ވާ މިސްރުގެ ސައިނާއީ ސަރަހައްދުގައި ޓެންޓް ގާއިމުކުރެވިގެންދާނެއެވެ. އަދި ދެވަނަ ކަމަކަށް ޣައްޒާ ރައްޔިތުންނަށް ޣައްޒާ ހުސްކޮށް، ފަސޭހައިން ސައިނާއީއަށް ދަތުރުކުރެވޭނެ ގޮެތެއް މަގުފަހިކުރުން ހިމެނެއެވެ. ތިންވަނަ ހަރުފަތަކަށް ސައިނާއީގެ އުތުރުގައި ސިޓީތައް ގާއިމުކުރުމަށް އިޒްރޭލުން ރާވާފައި ވެއެވެ.
ހަމައެއާއިއެކު، ޣައްޒާ ރައްޔިތުންނަށް އަނބުރާ ޤައުމަށް ނާދެވޭނެ ގޮތަށް މިސްރުގައި "ބަފަރ ޒޯން" އެއް ހެދުމަށްވެސް އިޒްރޭލުން ރާވާފައި ވެއެވެ.
މެދުއިރުމަތީގެ މަސްރަހު ގާތުން ބަލަމުންދާ އދ،ގެ ޓީމުން ވަނީ ޣައްޒާގެ ރައްޔިތުން އަމިއްލަ ގެދޮރުން ބޭރުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެފައެވެ. އެ ޖަމިއްޔާއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވީ ނުރައްކާތެރި މާޒީ އަލުން ތަކުރާރުވިޔަ ނުދިނުމަށް ދުނިޔެއިން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އިޒްރޭލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް ގޮވާލާފައި ވެއެވެ. އެ ޖަމިއްޔާއިން ޤަބޫލުކުރާ ގޮތުގައި އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަހަމަކޮށް ޙައްޤުތައް ކަށަވަރުވާންޖެހެއެވެ.
މީގެ އަަހަރުތަކެއް ކުރިން ޒަޔަނިސްޓުންނާއި އަރަބިންނާއި ދެމެދު ހިނގި ނަކްބާ ހަނގުރާމައިގައިވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުން އެޤައުމުން ބޭރުކޮށްފައެވެ. ޒަޔަނިސްޓުންނަކީ ޔަހޫދީންގެ ވަކި ފިކުރެއްގެ ބަޔެކެވެ. އެމީހުން ދެކޭގޮތުގައި ޤުދުސް ނުވަަތަ ފަލަސްތީނަކީ ޔަހޫދީންގެ ކާބަފައިންގެ ބިމެކެވެ.
އޭރު އިޒްރޭލަކީ ދުނިޔޭގައި އޮތް ދައުލަތެއްވެސް ނޫނެވެ. ޔޫރަޕްގެ އެކި ކަންކޮޅުތަކުން ހިޖުރަކުރި ޒަޔަނިސްޓުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ތިބި އެތައް މިލިއަން މީހުން އެމީހުންގެ އަމިއްލަ ގެދޮރުުން ބޭރުކޮށްފައެވެ. އެމީހުން ވަނީ ޔޫރަޕްގެ ޔަހޫދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުމަށްޓަކައި ފަލަސްތީނުގެ އެތަކެއް މީހުން މަރާފައެވެ. މިކަން ހުއްޓުވުމަށް މިސްރާއި ސީރިއާފަދަ އަރަބި ޤައުމުތަކުން ޒަޔަނިސްޓުންނާއި ހަނގުރާމަ ކުރުމުންވެސް އެމީހުންގެ މައްޗަށް ނަސްރު ނުލިބުނެވެ. '
ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ އާބާދީގެ ބޮޑު ބައެއް ކައިރި ސަރަހައްދުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެން މަޖުބޫރުވިއެވެ. އޭރުު ކުރެވުނު "ނަކްބާ" ހަނގުރާމައަށްފަހު ޔަހޫދީންގެ ދައުލަތުގެއްގެ ގޮތުގައި ފަލަސްތީނުގެ ފޭރިގެންފައިވާ ބިންތަކުގައި އިޒްރޭލު އުފެދިގެންދިޔަކަމަށް ހުޅަނގުގެ ބާރުތަކުން ކަނޑައެޅިއެވެ. އަދި އަހަރުތައް ފާއިތުވަމުންދިޔަ ވަރަކަށް އިޒްރޭލުން ދިޔައީ ފަލަސްތީނުގެ އެކި ބިންތަކަށް އިސްތިއުމާރު ވަމުންނެވެ. އެންމެފަހުން ފަލަސްތީން މީހުންނަށް ދިރިއުޅެން ބާކީވީ ޣައްޒާ ސިޓީއާއި ކުދިކުދި ރަށްތަކާއި ފަލަސްތީނުގެ ހުޅަނގު ސަރަހައްދެވެ.

In this Fact Check, Al Jazeera's @KhalidMajzoub takes a look at documents leaked from Israeli sources outlining proposed plans of ethnic cleansing of Palestinians in Gaza. pic.twitter.com/KeIcRvwsHl
— Al Jazeera English (@AJEnglish) October 30, 2023
މީގެ އަަހަރުތަކެއް ކުރިން ޒަޔަނިސްޓުންނާއި އަރަބިންނާއި ދެމެދު ހިނގި ނަކްބާ ހަނގުރާމައިގައިވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުން އެޤައުމުން ބޭރުކޮށްފައެވެ. ޒަޔަނިސްޓުންނަކީ ޔަހޫދީންގެ ވަކި ފިކުރެއްގެ ބަޔެކެވެ. އެމީހުން ދެކޭގޮތުގައި ޤުދުސް ނުވަަތަ ފަލަސްތީނަކީ ޔަހޫދީންގެ ކާބަފައިންގެ ބިމެކެވެ.
އޭރު އިޒްރޭލަކީ ދުނިޔޭގައި އޮތް ދައުލަތެއްވެސް ނޫނެވެ. ޔޫރަޕްގެ އެކި ކަންކޮޅުތަކުން ހިޖުރަކުރި ޒަޔަނިސްޓުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ތިބި އެތައް މިލިއަން މީހުން އެމީހުންގެ އަމިއްލަ ގެދޮރުުން ބޭރުކޮށްފައެވެ. އެމީހުން ވަނީ ޔޫރަޕްގެ ޔަހޫދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުމަށްޓަކައި ފަލަސްތީނުގެ އެތަކެއް މީހުން މަރާފައެވެ. މިކަން ހުއްޓުވުމަށް މިސްރާއި ސީރިއާފަދަ އަރަބި ޤައުމުތަކުން ޒަޔަނިސްޓުންނާއި ހަނގުރާމަ ކުރުމުންވެސް އެމީހުންގެ މައްޗަށް ނަސްރު ނުލިބުނެވެ. '
ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ އާބާދީގެ ބޮޑު ބައެއް ކައިރި ސަރަހައްދުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެން މަޖުބޫރުވިއެވެ. އޭރުު ކުރެވުނު "ނަކްބާ" ހަނގުރާމައަށްފަހު ޔަހޫދީންގެ ދައުލަތުގެއްގެ ގޮތުގައި ފަލަސްތީނުގެ ފޭރިގެންފައިވާ ބިންތަކުގައި އިޒްރޭލު އުފެދިގެންދިޔަކަމަށް ހުޅަނގުގެ ބާރުތަކުން ކަނޑައެޅިއެވެ. އަދި އަހަރުތައް ފާއިތުވަމުންދިޔަ ވަރަކަށް އިޒްރޭލުން ދިޔައީ ފަލަސްތީނުގެ އެކި ބިންތަކަށް އިސްތިއުމާރު ވަމުންނެވެ. އެންމެފަހުން ފަލަސްތީން މީހުންނަށް ދިރިއުޅެން ބާކީވީ ޣައްޒާ ސިޓީއާއި ކުދިކުދި ރަށްތަކާއި ފަލަސްތީނުގެ ހުޅަނގު ސަރަހައްދެވެ.
ކިޔުންތެރިންގެ ހިޔާލު