އެމެރިކާއަކީ ހަނގުރާމަކުރުން ނޫން ކަމެއް ދަންނަ ޤައުމެއް ނޫންކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޗައިނާ ސަރުކާރުން ބުނީ އެމެރިކާގެ ދިގު ތާރީޚުގައި ހަނގުރާމައެއް ނުކޮށް ތިބީ އެންމެ 16 އަހަރު ކަމަށެވެ. އެޤައުމަކީ ހަނގުރާމަކުރުމުގެ 240 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ޤައުމެއްކަމަށް ޗައިނާއިން ބުނެފައި ވެއެވެ.

ޗައިނާއިން މިހެން ބުނަފައިވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ ޤަތުލުޢާންމަށް އެމެރިކާއިން ތަރުހީބުދީ ވާގިދެމުންދާތީއެވެ. އެމެރިކާއިން ވަނީ މީގެ ކުރީގައިވެސް އަފްޣާނިސްތާނާއި އިރާގުގައި ހަނގުރާމަކޮށް އެޤައުމުތަކުގެ އެތައް ހާސް ރައްޔިތުންނަށް ގެއްލުން ދީފައެވެ. އެމެރިކާއިން ގައުމެއް ފަނާކޮށް ނޫނީ ގައުމެއް ބަލިކަށި ކޮށްލުމަށް ގެންގުޅޭ މައިގަނޑު އުކުޅަކީ ހަނގުރާމަ އިޢުލާން ކުރުމެވެ.

އެމެރިކާއަކީ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާ އަންހެނުން މަރައި އިންސާނީ ހައްގުތަކާއި އިންސާނީ ވަސީލަތްތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމް ކުރަމުން ގެންދާއިރު އެކަމަށް ތަރުހީބުދީ އިޒްރާއީލަށް ހިތްވަރުދީ ވާގިވެރިވަމުންދާ ގައުމެކެވެ.

ޗައިނާއެކޭ އެއްގޮތަށް ރަޝިޔާ ސަރުކާރުންވެސް ވަނީ އެމެރިކާއަކީ ހުރިހާ ނުބައެއްގެ އަޑީގައި އޮންނަ ޤައުމެއްކަމަށް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން