އިޒްރޭލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް މިއަދު ދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީން ސަރުކާރުން ބުނެފިއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލްޔާ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަަލާގައި ޒަހަމްވި މީހުންގެ އަދަދު 10 އާއި 400 އާއި ދެމެދުގެ އަދަދަކަށް އަރާ ކަމަށް އެސަރަހައްދުގެ އެންމެ ކައިރީގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ހަމަލާއަކީ މިހާތަނަށް އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ތެރެއިން އެއްވަގުތެއްގައި އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ފަސްގަނޑުން ނެރެ އެ ދަރިފަސްކޮޅު ފަނާކޮށްލުމަށް އިޒްރޭލުން ދޭން ފެށި މިހަމަލާތައް ފުރަތަަމަ ދިނީ ވައިގެ މަގުންނެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން މިހާރު ވަނީ ޣައްޒާގައި ގްރައުންޑް އޮޕަރޭޝަނެއްވެސް ފަށާފައެވެ.

އަނިޔާވެރި ޒަޔަނިސްޓުންގެ މި ހަމަލާތައް އެއްދުވަހަށްވުރެ އަނެއް ދުވަހަށް އިތުރަށް ވަރުގަދަކުރަމުންދާއިރު ބައިނަލްއަޤްވާމީ މުޖުތަމައުން ދަނީ މި ހަނގުރާމަ ހުއްޓާލުވަން ތަކުރާރުކޮށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން