ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށްބުނެ ނިއުޔޯކްގައި ހުންނަ އެމެރިކާގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހުގެ ޑިރެކްޓަރު ކްރެއިގް މޮޚިބަރު އިސްތިއުފާ ދެއްވައިފިއެވެ.

"ފަލަސްތީނުން އަޅުގަނޑުމެންނަށް ފެންނަމުން މިދާ ނަސްލު ނައްތާލުމުގެ މަސައްކަތަކީ އެމެރިކާއާއި ހުޅަނގުގެ އެހެން ސަރުކާރުތަކުން އިސްރާއީލަށް ދިގު ޒަމާންތަކެއް ވަންދެން އަދަބު ނުދިނުމާއި ހުޅަނގުގެ ކޯޕަރޭޓް މީޑިއާތަކުން ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ޙާލަތު ރަނގަޅަށް ނުގެނެސްދިނުމުގެ ނަތީޖާ." އިސްތިއުފާ ދެއްވަމުން މޮޚިބަރު ވިދާޅުވެފައި ވެއެވެ.

އޭނާ ވަނީ ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ބިމުގައި މިނިވަން ދައުލަތެއްގެ ގޮތުގައި އުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް މީގެ ކުރިންވެސް ގޮވާލައްވައިފައެވެ.



އޮކްޓޫބަރ 7ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުންދާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މި ހަނގުރާމަ ނިމުމަކާއި ހަމައަށް އަންނާނީ ހަމާސް ނުވަތަ އިޒްރޭލުގެ ތެރެއިން ކޮންމެވެސް އެއް ބަޔެއް ބަލިވެގެން ކަމަށެވެ. އެނޫން ގޮތަކަށް ހަނގުރާމަ މެދުނުކަނޑާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ޝަހީދުވި ފަލަސްތީން މީޙުންގެ އަދަދު މިހާރު ވަނީ 9000 އާއި ގާތްވެފައެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން