އިޒްރޭލުން ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދެވަނަ ފަހަރަށް ހަމަލާދީފިއެވެ.

މިއަދުގެ މިހަމާލާގައި ޒަޚަމްވި ބައެއް މީހުންނަށް ފަރުވާ ދިނުމަށް އެމްބިއުލާންސް ތަކުގައި މިސްރަށް ގެންގޮސްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިމީހުން މިސްރަށް ގެންގޮސްފައިވަނީ މިސްރާއި ފަލަސްތީނުގެ ޣައްޒާ ސިޓީ ގުޅިފައިވާ ބޯޑަރު ހުރަސްކޮށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިއީ 7 އޮކްޓޫބަރަށްފަހު މި ބޯޑަރ ހުޅުވާލި ފުރަތަމަ ފަހަރެވެ.



އިއްޔެވެސް އިޒްރޭލުން ވަނީ ޖަބަލިއްޔާ ކޭމްޕަށް ހަމަލާދީ 400 ވަރަކަށް މީހުން ޝަހީދުކޮށްލާފައެވެ. އަދި އެ އުދުވާނީ ހަމަލާގައި އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ފަސްގަނޑުން ނެރެ އެ ދަރިފަސްކޮޅު ފަނާކޮށްލުމަށް އިޒްރޭލުން ދޭން ފެށި މިހަމަލާތައް ފުރަތަަމަ ދިނީ ވައިގެ މަގުންނެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން މިހާރު ވަނީ ޣައްޒާގައި ގްރައުންޑް އޮޕަރޭޝަނެއްވެސް ފަށާފައެވެ.

އިޒްރޭލުން ބުނަމުންދަނީ ހަމާސް ބަލިނުވަނީސް މިފަހަރުގެ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން