ޤައުމުގެ އިސް އޮފިޝަލުން ފަލަސްތީނަށް ތާއީދުކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުން އަންގަވައިފި ކަމަށް ދެކުނު ކޮރެއާގެ އިންޓެލިޖެންސް އެޖެންސީން ހާމަކޮށްފިއެވެ.

ދެކުނު ކޮރެއާއިން ބުނީ ކިމް މިގޮތަށް ނިންމެވީ ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމައިގައި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް ހަތިޔާރު ވިއްކައިގެން ފައިދާ ހޯދުމުގެ ގޮތުން ކަމަށެވެ. އަދި 7 އޮކްޓޫބަރުގައި އިޒްރޭލަށް ހަމަލާދޭން ހަމާސްއިން ބޭނުންކުރި ހަތިޔާރަކީ އުތުރު ކޮރެއާގެ ހަތިޔާރުތަކެއް ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކުރެއެވެ.





ދެކުނު ކޮރެއާއިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާ ދެމުންގެންދަނީ އުތުރު ކޮރެއާގެ ހަތިޔާރުތައް ބޭނުންކޮށްގެނެވެ. އަދި އެޤައުމުގެ ފެކްޓްރީތައް އެ ހަތިޔާރުތައް އުފެއްދުމަށް ފުލް ކެޕޭސިޓީގައި މަސައްކަތްކުރަމުންދާ ކަމަށްވެސް ދެކުނު ކޮރެއާއާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އެގޮތުން، ކުރިއަށް އޮތް ދެ މަހަށް ވާ ވަަރަށް ބޮން ފަދަ ވަރުގަދަ ހަތިޔާރުތައް އުތުރު ކޮރެއާއިން ރަޝިޔާއަށް ސަޕްލައި ކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް އުތުރު ކޮރެއާއި ޗައިނާއިން ވަނީ ދެކުނު ކޮރެއާގެ ކުންފުނިތަކުގެ ވެބްސައިޓްތައްވެސް ހެކްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން