ތައިލޭންޑްގެ ރަހީނުން ދޫކޮށްލުމަށް އެޤައުމުން ހަމާސްއާއި މަޝްވަރާކޮށްފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް، ހަމާސްއާއި ތައިލޭންޑްގެ އޮފިޝަލުންގެ މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އީރާންގައެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާ ތަކުގައި ތައިލޭންޑްގެ ޤާނޫނު ހަދާ މަޖިލީހުން އައްޔަންކުރި 3 މީހުންގެ ވަފުދެއް ބައިވެރިވެފައި ވެއެވެ.



7 އޮކްޓޫބަރުގައި ހަމާސްއިން އިޒްރޭލްގެ އަވަށަކަށް ދިން ވަރުގަދަ ހަމަލާގައި އެޖަމާއަތުން ވަނީ އިޒްރޭލުގައި ތިބި 200 ވަރަކަށް މީހުން ރަހީނުކޮށްފައެވެ. ރަހީނުކުރި މީހުންގެ ތެރޭގައި 22 ތައިލޭންޑް މީހުންގެ އިތުރަށް އެހެނިހެން ޤައުމުތަކުގެ މީހުންވެސް ހިމެނެއެވެ.

"ތައިލޭންޑްގެ މީހުންނަށް ރަނގަޅަށް އަޅާލަމުން ދާ ކަމަށް ބުނި. އެކަމަކު، އެމީހުން ދޫކުރާނެ ވަކި ތާރީޚެއް ބުނެދީފައެއް ނުވޭ. ރަނގަޅު ވަގުތަކަށް ބަލާފަ ދޫކުރާނެ ކަމަށް ހަމާސްއިން ބުނީ. އެމީހުން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ގަބޫލުކުރީ ތައިލެންޑުން މުސްލިމް މުޖުތަމަޢަށް އޯގާތެރިކޮށް ކަމޭހިތާކަން އެނގޭތީ. އެމީހުން ތައިލެންޑަށް އިޙްތިރާމް ކުރޭ." ތައިލޭންޑްގެ އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތުދެމުން ބުނެފައި ވެއެވެ.

ތައިލޭންޑްގެ ލޭބަރ މިނިސްޓްރީއާއި ހަވާލާދީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެޤައުމުގެ 30،000 ވަރަކަށް މީހުން އިޒްރޭލުގައި މަސައްކަތްކުރެއެވެ. އެމީހުން އެންމެ ގިނައިން މަސައްކަތްކުރަނީ އިޒްރޭލުގެ ދަނޑުވެރިކަމުގެ ސިނާއަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން