7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި 3600 އަށްވުރެ ގިނަ ފަލަސްތީނުގެ ކުޑަކުދިން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.



ޝަހީދުވި ކުޑަކުދިންގެ ތެރޭގައި އަލަށް ވިހޭ ކުދިންނާއި ތިން އަހަރުން ދަށުގެ ކުދިންނާއި ފުރާވަރުގެ އެތައް ކުދިންނެއް ހިމެނެއެވެ. އިޒްރޭލުން ވަނީ ކުޑަކުދިން އަމާންކަން ހޯދަން ވަދެ ތިބި ޗާޗްތަކާއި މިސްކިތްތަކަށްވެސް ބޮން އަޅާފައެވެ.

ތޮއްޖެހިފައިވާ ޣައްޒާ ސިޓީގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ހަނގުރާމައިގައި ޝަހީދުވި 40 އިންސައްތަ މީހުންނަކީ ކުޑަކުދިންނެވެ.

އޮކްޓުބަރ 26ގެ ނިޔަލަށް 12 އަހަރުން ދަށުގެ 2001 ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 615 ކުދިންނަކީ 3 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަކުރަމުންދާއިރު، ފަލަސްތީނުގައި 50،000 ވަރަކަށް މާބަނޑު އަންހެނުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިފަހުންވެސް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި އެތަކެއް އަންހެނުން ވަނީ ޝަހީދު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން