ނޫސްވެރިޔާގެ މަރު ރިޕޯޓްކުރަމުންދިޔަ ސަލްމާން އޭނާގެ ޕްރެސް ހެލްމެޓް ނަގާލި ވަގުތު އޮންއެއަރގައި އިން ޓީވީ އެންކަރއަށްވެސް ރޮވުނު މަންޒަރު
ނޫސްވެރިޔާގެ މަރު ރިޕޯޓްކުރަމުންދިޔަ ސަލްމާން އޭނާގެ ޕްރެސް ހެލްމެޓް ނަގާލި ވަގުތު އޮންއެއަރގައި އިން ޓީވީ އެންކަރއަށްވެސް ރޮވުނު މަންޒަރު
ޚާން ޔޫނުސްއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޕަލަސްތީން ޓީވީގެ ނޫސްވެރިޔާ މުޙައްމަދު އަބޫ ޚައްތާބް ޝަހީދު ވެއްޖެއެވެ.

ޚައްތާބާއެކީ އިއްޔެ 11 މީހުން ޚާން ޔޫނުސުން މަރުވިއިރު، އޭގެ ތެރޭގައި އޭނާގެ އާއިލާގެ ހުރިހާ މެންބަރުން ހިމެެނެއެވެ. ޚައްތާބްގެ މަރު ރިޕޯޓްކުރަމުން އޭނާއާއި އެއްކޮށް މަސައްކަތްކުރި ނޫސްވެރިޔާ ސަލްމާން އަލް ބަޝީރް ވަނީ ލައިވް ކެމެރާ ކުރިމަތީގައި އޭނާ ލައިގެންހުރި ޕްރެސް ޖެކެޓާއި ހެލްމެޓް އެއްލާލައި އެއީ އެއްވެސް ބޭނުމެއް ރައްކާތެރިކަމެއް ނެތް އެއްޗެއްކަން ހާމަކޮށްދީފައެވެ.



"މިވަރުން ފުދިއްޖެ. އަހަރެމެން މިއީ އަނިޔާ ލިބެމުންދާ ބައެއް. އެކަކަށްފަހު އަނެކަކު ޝަހީދުވަނީ. އަަހަރެމެން ޣައްޒާގައި ކެތްކުރަމުންދާ ޙާލަތަށް ނުވަތަ އަހަރެމެންނާއި ދެކޮޅަށް ހިންގާ ޖަރީމާއާއި ދޭތެރޭ އެކަކުވެސް އަޅައެއްނުލާ. އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ނެތް ރައްކަލެއް. ނޫސްވެރިއެއް ކަން އަންގަން އަޅައިގެން ހުރި ޖެކެޓާއި ހެެލްމެޓް އެއީ ބޭކާރު ރަމްޒެއް. އަހަރެމެން މިއީ މަރު ގާތްވެފައި ތިބި މަރަށް އިންތިޒާރުކުރާ ބައެއް." ވަރަށް އަސަރާއިއެކު ރޮމުން ލައިވް ކެމެރާ ކުރިމަތީގައި ނޫސްވެރިޔާގެ އިހުސާސްތައް ބަންޑުން ކޮށްލިއެވެ.



ފަލަސްތީނުގެ ނޫސްވެރިންގެ ޔޫނިއަނުން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ތިބި އެ ޔޫނިއަންގެ 27 މެމްބަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން