އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީގެ ތިން ހޮސްޕިޓަލަކަށާއި ބަލިމީހުން އުފުލަމުންދިޔަ އެމްބިއުލާންސަކަށް ބޮމުގެ ހަމަލާ ދީފިއެވެ.

އެންމެ ފަހުން އިޒްރޭލުން އަލް ޝިފާ ހޮސްޕިޓަލްގެ މައި ދޮރު ކުރިމައްޗަށް ފޮނުވާލި ހަމަލާތަކުގެ ތެރެއިން އެއްހަމަލާ އަމާޒުކުރީ ބަލި މީހުން އުފުލަމުން ގެންދިޔަ އެމްބިއުލާންސަކަށެވެ. އެ އެމްބިއުލާންސްގައި އެވަގުތު ތިބީވެސް އިޒްރޭލުން ދިން ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބިފައިވާ މީހުންނެވެ.



މީގެ ކުރިން މިއަދު އިޒްރޭލު އަސްކަރިއްޔާއިން ވަނީ ގުދުސް ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލަށްވެސް އުދުވާނީ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އެމްބިއުލާންސަށް ދިން ހަމަލާގައި އޭގައި ތިބި ބައެއް މީހުން ޝަހީދުވެ އެހީތެރިންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.

މީގެއިތުރުން އިޒްރޭލުގެ އިންޒާރަށް ބޯލެނބުމަށް ޣައްޒާއިން ނުކުމެ އެހެން ސަރަހައްދު ތަކަށް ދިއުމަށް މައި މަގުން ދަތުރު ކުރި ބަޔަކަށް ހަމަލާދީ ގިނަ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.



7 އޮކްޓޫބަރުގައި އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން "ހަމާސްއާއި ދެކޮޅަށް" ކުރާ ކަމަށް ބުނާ ހަނގުރާމައިގައި ޝަހީދުވީ ފަލަސްތީން މީހުންގެ އަދަދު ވަނީ 9000 އިން މައްޗަށް އަރާފައއވެު ޕޯޕް.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން