ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމަށް ޖަޕާނުގެ ރައްޔިތުންތަކެއް މަގުމަތީގައި ނިދައިފިއެވެ.

އެމީޙުން ގަފަ ފިނީގައި ނިދަން ތިބީ ބޮޑުވަޒީރު ފުމިއޯ ކިޝިޑާގެ ގެކޮޅު ކުރިމަތީގައި ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ.

މިއީ ފަލަސްތީންގައި ކުރާ ހަނގުރާމަ ހުއްޓުވުމަށް މުޒާހަރާ ކުރާ ފަރާތްތަަކެއް ކިޝިޑާގެ ގެކޮޅު ކުރިމަތީގައި މިގޮތަށް ނިދާ ދެވަނަ ރެއެވެ.



ފަަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް ހަމާސްއާއި ދެކޮޅަށް ޖަޕާން ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަވެއެވެ. އެހެން ނަމަވެސް، ޖަޕާން ސަރުކާރުން ވަނީ 65 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ފަލަސްތީނަށް ހަދިޔާ ކުރަން ނިންމާފަައެވެ.

ޖަޕާން ސަރުކާރުން މި މައްސަލައިގައި އެއްވެސް ކޮޅަކަށް ބުރަނުވި ނަމަވެސް، ޖަޕާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެޤައުމުގައި ހުންނަ އިޒްރޭލު އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށް ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން