ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއްދީ މުޅި ޣައްޒާ ފަނާކޮށްލުމަށް އިޒްރޭލުގެ މިނިސްޓަރ އަމީޗާއި އެލިޔާހޫ ވިދާޅުވުން، ސައުދީ އަރަބިއްޔާއިން އެކަން ކުށްވެރިކޮށްފިއެވެ.
ސައުދީއިން މިކަމާއި ނުރުހުން ފާޅުކުރުމަށް ނެރުނު ބަޔާނެއްގައި ވަނީ "ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމާ ގުޅޭގޮތުން އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރުގެ މިނިސްޓަރަކު ދެއްކެވި ހަރުކަށި ވާހަކަތައް ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް ބުނެފައެވެ. އަދި މި އަމަލުން އިޒްރޭލު ސަރުކާރުގައި ތިއްބަވާ މެންބަރުންގެ ތެރޭގައި ހަރުކަށި ފިކުރާއި އަނިޔާވެރި ވިސްނުން އޮންނަ މިންވަރު ހާމަވެގެންދާ ކަމަށްވެސް ސައުދީއިން ބުނެފައި ވެއެވެ.
އަދި އޭނާ މިހާރުން މިހާރަށް ވަޒީރުކަމުން ދުރުކުރުމުގެ ބަދަލުގައި ސަސްޕެންޑް ކުރުމުން އިޒްރޭލުން ދީނީ، ޤާނޫނީ އަދި އިންސާނީ ހަމަތަކަށް އެއްވެސް ވަރަކަށް ގަދަރު ނުކުރާކަން ދޭހަވެގެންދާ ކަމަށްވެސް ސައުދީއިން ފާހަގަކުރިއެވެ.

Saudi Arabia condemns in the strongest terms possible the extremist remarks by an Israeli occupation government minister regarding dropping a nuclear bomb on the besieged Gaza Strip which show the pervasiveness of extremism and brutality among members of the Israeli government. pic.twitter.com/b8goRY64VD
— Foreign Ministry 🇸🇦 (@KSAmofaEN) November 5, 2023
ކިޔުންތެރިންގެ ހިޔާލު