އުރުދުންގެ ސިފައިން ވައިގެ މަގުން ޣައްޒާގެ ފީލްޑް ހޮސްޕިޓަލަށް މުހިންމު ބޭސްފަރުވާގެ ސާމާނު އެތެރެކޮށްފި ކަމަށް އެޤައުމުގެ ރަސްގެފާނު އަބްދުﷲ ބިން އަލް ޙުސައިން ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންގެ ރޭ ދަންވަރު ޣައްޒާގައި ހުންނަ އުރުދުންގެ ފީލްޑް ހޮސްޕިޓަލަށް ބޭނުންވާ ބޭސްފަރުވާގެ ސަޕްލައި ވައިގެ މަގުން ފޯރުކޮށްދީފަވޭ. މިއީ އަޅުގަނޑުމެންގެ ވާޖިބެއް، ޣައްޒާގެ ހަނގުރާމައިގައި ޒަޚަމްވި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުން. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ ފަލަސްތީނުގެ އަޚުންނާއިއެކު." ޢަބްދުﷲ ވިދާޅުވިއެވެ.
7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ދަނީ ޣައްޒާއަށް ވަރުގަދަ އުދުވާނީ ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ އިސްތިއުމާރީ އަނިޔާވެރިކަމާއި ދެކޮޅުކަން ހާމަކުރުމަށް އުރުދުންގެ ސަރުކާރުން ވަނީ ވަރަށް ފަހުން އެޤައުމުން އިޒްރޭލު ސަފީރު ބޭރުކޮށްލާފައެވެ.
Our fearless air force personnel air-dropped at midnight urgent medical aid to the Jordanian field hospital in Gaza. This is our duty to aid our brothers and sisters injured in the war on Gaza. We will always be there for our Palestinian brethren pic.twitter.com/HOWI2VL7hL
— عبدالله بن الحسين (@KingAbdullahII) November 5, 2023
"އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންގެ ރޭ ދަންވަރު ޣައްޒާގައި ހުންނަ އުރުދުންގެ ފީލްޑް ހޮސްޕިޓަލަށް ބޭނުންވާ ބޭސްފަރުވާގެ ސަޕްލައި ވައިގެ މަގުން ފޯރުކޮށްދީފަވޭ. މިއީ އަޅުގަނޑުމެންގެ ވާޖިބެއް، ޣައްޒާގެ ހަނގުރާމައިގައި ޒަޚަމްވި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުން. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ ފަލަސްތީނުގެ އަޚުންނާއިއެކު." ޢަބްދުﷲ ވިދާޅުވިއެވެ.
7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ދަނީ ޣައްޒާއަށް ވަރުގަދަ އުދުވާނީ ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ އިސްތިއުމާރީ އަނިޔާވެރިކަމާއި ދެކޮޅުކަން ހާމަކުރުމަށް އުރުދުންގެ ސަރުކާރުން ވަނީ ވަރަށް ފަހުން އެޤައުމުން އިޒްރޭލު ސަފީރު ބޭރުކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު