ކުޑަކުދިންގެ ގަބުރުސްތާނަކަށް ހަދާލާފައިވާ ޣައްޒާގައި އިޒްރޭލުން ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވާލައްވައިފިއެވެ.
ގުޓަރޭސް ދެއްވި ތަޤްރީރެއްގައި ވަނީ ޣައްޒާގައި ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ފާއިތުވީ 30 އަހަރު ތެރޭގައި ކުރިމަތިވި ހަމަނެޖެހުންތަކުގައި މަރުނުވާ ވަރަށް މިހަނގުރާމައިގައި ނޫސްވެރިންނާއި އދ.ގެ މުވައްޒަފުން މަރާލެވިފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"(ޣައްޒާ ރައްޔިތުން) ތަހައްމަލުކުރަމުންދާ އަނިޔާވެރި، ވޭންދެނިވި ޙާލަތަށް ނިމުމެއް ގެނެސްދިނުމަށް އަވަސް ހައްލެއް ހޯދަން އެބަ ޖެހޭ." އޭނާ ވިދާޅުވެފަވެއެވެ.
އަދި ހަމައެއާއެކު، އިޒްރޭލާއި ފަލަސްތީން މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ޤާއިމްކޮށްގެން ނޫނީ ސުލްހަވެރިކަމާއި އަމާންކަން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"Gaza is becoming a graveyard for children."
— Al Jazeera English (@AJEnglish) November 6, 2023
UN Secretary General Antonio Guterres is reiterating his call for a ceasefire in Gaza as the number of deaths surpasses 10 thousand ⤵️ pic.twitter.com/ZsTTW7JNfN
"(ޣައްޒާ ރައްޔިތުން) ތަހައްމަލުކުރަމުންދާ އަނިޔާވެރި، ވޭންދެނިވި ޙާލަތަށް ނިމުމެއް ގެނެސްދިނުމަށް އަވަސް ހައްލެއް ހޯދަން އެބަ ޖެހޭ." އޭނާ ވިދާޅުވެފަވެއެވެ.
އަދި ހަމައެއާއެކު، އިޒްރޭލާއި ފަލަސްތީން މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ޤާއިމްކޮށްގެން ނޫނީ ސުލްހަވެރިކަމާއި އަމާންކަން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު