ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ގާނޫނު ތަކާއި ޚިލާފަށް ގަދީމީ އިސްލާމީ ދައުލަތެއްގެ ބިން ފޭރިގަނެ ޔަހޫދީ ޒަޔަނިސްޓުން އެބިންތަކުގައި ވަޒަންވެރިކޮށް އެބިމުގެ އަސްލު އަހުލުވެރިން ހައްޔަރުކޮށް، އެވަރުން ނުވެގެން އެމީހުންގެ ވަސްވެސް މިދުނިޔެމަތީން ފޮހެލުމަށް އިޒްރޭލޭ ކިޔައިގެން އުޅޭ ލާއިންސާނީ ބަޔަކު ހުއްޓުމެއްނެތި ބޮންއަޅައި އެމީހުން މަރަމުންދާތާ މަހަކަށްވުރެ ގިނަ ދުވަސްވީއެވެ. ރެއެއް ދުވާލެއްނެތި، ބޮމާއި ރޮކެޓާއި ބޮޑުބަޑީގެ ހަމަލާތަކުން ކުޑަކުއްޖަކަށް، އަންހެނަކަށް އަދި މުސްކުޅިއަކަށްވެސާ ބެލުމެއް ނެތި މަރާ ހުސްކުރަނީއެވެ. އެމެރިކާއާއި އިނގިރޭސިން އެކަމަށް ވާގިވެރިވެ، ހިތްވަރުދީ ނުވިތާކަށް ދެއިރު ދެދަޅައަށް އިޒްރޭލަށް ގޮސް އިޒްރޭލުން ކުރާ ހަނގުރާމައަކީ އަދި ފަލަސްތީނުގެ ކުޑަކުދިންނާ އަންހެނުން މަރަނީވެސް އެމީހުންގެ ރައްޔިތުންގެ ދިފާއުގައި ކަމަށްބުނެ އެކަމަށް ފައިސާއާއި ހަތިޔާރުންވެސް މަދަދުވެރިވަނީއެވެ.

އެވެރިން އެފާޑަށް އުޅުނެއް ކަމަކު އެމީހުން ވެރިކަންކުރާ ގައުމުތަކުގެ ގިނަ ރައްޔިތުން އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކާ ދެކޮޅެވެ. އެމީހުންގެ ފައިސާ ހޭދަކޮށްގެން ޣައްޒާގެ ކުށެއްނެތް ކުޑަކުދިން ގަތުލުކުރާކަށް ނުރުހެއެވެ. އަދި ޣައްޒާގެ ކުށެއްނެތް އެއްވެސް ރައްޔިތަކު މަރާކަށް ނޭދެއެވެ. އެހެންވެގެން އެރައްޔިތުންގެ ގިނަ ބަޔަކު ރެއާދުވާލު އެތިބެނީ އެކަމާ ދެކޮޅަށް އަޑު އުފުލާން މަގުމަތީގައެވެ.

ނަމަމަވެސް މިއަދުވެސް ގިނަ ބަޔަކު މީސް މީޑިއާގައި އެންމެ ބާރަށް ދެއްކި އެއްވާހަކައަކީ ލަންޑަންގައި އިޒްރޭލާއި ދެކޮޅަށް އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރަމުންދިޔައިރު ސައުދީ އަރަބިއްޔާގައި "ރިޔާދް 2023" ކޮންސަޓް ބާއްވައިގެން މިއުޒިކު ކުޅެ ލަވަކިޔައި ނަށާ އުފާފާޅުކުރަމުން ދިޔަ ވާހަކައެވެ. އެކަމާ ގިނަ ބަޔަކު ފާޑުކިޔާ ހަޖޫޖެހީ ސަބަބެއް ނެތިއެއް ނޫނެވެ.

އިސްލާމީ ވަރުގަދަ ހަޟާރަތެއް އުފެދި ބިނާވެގެންއައި އަދި މުސްލިމުންގެ ގަދީމީ އަދި އެންމެ މުގައްދަސް އެއްބިނާހުރި ބިމާއި އެބިމުގައި އޮތް އިސްލާމީ ހަޟާރަތް ނެތިކޮށް ފަނާކޮށްލާން ޔަހޫދީ ޒައިނިސްޓް ޖަމާއަތަކުން އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު މިއަދު މުސްލިމު އުއްމަތުގެ ބަލަދުވެރި އެންމެ ބިޔަ ބޮޑު ދައުލުލަތުގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާ ފަދަ ގައުމެއްގެ ބަސް ނުވިކޭތާނގައި އަޑުހަރުކޮށް ބަހެއްބުނާތީވެސް އަޑެއްނީވެއެވެ. 10 ހާހަށްވުރެ ގިނަ ރައްޔިތުން އިޒްރޭލުން ޝަހީދުކޮށްލައި އެތައްހާސް ބަޔަކު ޒަހަމްކޮށްލައި ބަނޑަށް ޖައްސަމުންދާއިރު އެކަމާދެކޮޅަށް އަމަލީގޮތުން ކުރާކަމެއް ނުފެނުމަކީވެސް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެކެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާ ސިޓީގެ ކުށެެއް ނެތް އެތައް ޢާންމުންނެއް ޝަހީދުކުރަމުން، ދިރިއުޅުމުން މަހުރޫމުކޮށް ބޮޑު ގަތުލްއާންމެއް ހިންގަމުންދާއިރު ސައުދީއަށް ކުރެވޭހާވެސް ކަމަކީ ބަޔާނެއްގެ ޒަރީޔާއިން އެ އަމަލު ކުށްވެރިކުރުމެވެ.

ފަލަސްތީނުގެ ރައްޔިތުން ނިކަމެތި ޙާލުގައި އުޅޭއިރު ސައްތައިން ސައްތަ މުސްލިމު ޤައުމަކުން އުފަލާއި މަޖާ ކުރުމުގައި މަޝްއޫލުވެ އުޅޭތީ ގިނަ ބަޔަކު ދަނީ އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތްފަދަ ބޮޑެތި ޣައިރު މުސްލިމް ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންގެ ހާލާމެދު ހަމްދަރުދީވެ ހަނގުރާމަ ހުއްޓުވުމަށް އަޑުއުފުލައި ހިންގާ ހަރަކާތްތަކާ އަޅާކިޔަމުންނެވެ.



މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޣައިރު މުސްލިމުންވެސް މަގުތައް ފުރާލާ އެއް އަޑަކުން ފަލަސްތީނުގައި އިޒްރޭލުން ހިންގާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާއިރު ދާދި ފަހުން ޔޫއޭއީއިންވެސް ވަނީ ޣައިރު މުސްލިމުންގެ ސަގާފީ ދުވަހެއް ކަމުގައިވާ ހެލޮވީން އީދު ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީންގައި ހިންގާ ނިރުބަވެރި ޖަރީމާގައި ޝަހީދުވީ މީޙުންގެ އަދަދު 10،000 އަށް އަރައިފައިވާއިރު އަރަބި ދުނިޔޭގައި ހިޒްބުއްލާ ޖަމާއަތާއި ޔަމަން ނޫން ބަޔަކު ފަލަސްތީނުގެ މުޖާޙިދުންނަށް އަސްކަރީގޮތުން ވާގިވެރިވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ޢިއްބެ

09-Nov-2023

މޮސްޓާގެ ބަސް ރަނގަޅު



ޓްރެންޑިން