އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ މެންބަރު، ރާޝިދާ ތޮލައިބީ، ފަލަސްތީނަށް ތާއީދުކޮށް ދައްކަވާ ވާހަކަތައް ސެންސުއަރ ކުރުމަށް، ނުވަތަ ބަލައި ނުގަތުމަށް ނިންމައިފިއެވެ.

ރާޝިދާއަކީ އެކި ޤައުމުތަކުގެ ރައްޔިތުން ހިޖުރަކޮޮށްފައިވާ އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަލަސްތީނަށް ނިސްބަތްވާ ހަމައެކަނި މެންބަރެވެ. އޭނާއާއި ދެކޮޅަށް ވޯޓު ދެއްވީ މަޖިލީހުގައި ތިއްބެވި 234 މެންބަރުންގެ ތެރެއިން 188 މެންބަރުންނެވެ.

މަޖިލީހުން ރާޝިދާއާއި ދެކޮޅަށް ފާސްކުރި މި ފިޔަވަޅުގައި ތުހުމަތުކޮށްފައި ވަނީ "އޮކްޓޯބަރު 7 ގައި ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅޭ ދޮގު ވާހަކަތައް ޕްރޮމޯޓް ކުރުމާއި އިސްރާއީލުގެ ދައުލަތް ނައްތާލުމަށް ގޮވާލާ" ބޭފުޅެއް ކަމަށެވެ. މިއީ ހަނގުރާމައާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ރަސްމީކޮށް އަދަބު ދިނުމަށް ކުރި ދެވަނަ މަސައްކަތެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ރާޝިދާ އާއި ދެކޮޅަށް ވޯޓެއް ނެގީ ފަލަސްތީނުގެ މިނިވަން ކަމަށް ބޭނުންކުރާ "ފްރޮމް ދި ރިވާ ޓު ދަ ސީ (ކޯރުން ފެށިގެން ކަނޑާ ހަމައަށް)" ޝުއޫރު ފާޅު ކުރެއްވުމުންނެވެ.

އިސްރާއީލަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި މި ޢިބާރާތަކީ އިސްރާއީލު ނައްތާލުމަށް ބާރުއަޅާ ޢިބާރާތެކެވެ. އެހެން ނަމަވެސް، ރާޝިދާ ވިދާޅުވީ އޭނާގެ އެ ބަސްކޮޅަކީ "ޤަތުލުކުރުމާއި ތަންތަން ސުންނާފަތިކުރަން ނުވަތަ ނަފްރަތު އާންމުކުރަން ބުނި ބަހެއް ނޫން ކަމަށާއި މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި، ސުލްހަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމަށް ކުރާ އުންމީދީ ގޮވާލުމެއް" ކަމަށެވެ.

މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރާޝިދާ ވަނީ އޭނާގެ އެ އަޑު ކަނޑުވާ ނުކެވޭނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން