ހަމާސް ޖަމާއަތުން 7 އޮކްޓޫބަރގައި ދިން ހަމަލާގައި އިޒްރޭލުގެ 1400 މީހުން މަރުވީ އިޒްރޭލުގެ ރައްދު ހަމަލާތަކުން ކަން ހާމަވެއްޖެއެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ސުޕަނޯވާ މިއުޒިކް ފެސްޓިވަލަށް ހަމާސް ޖަނާއަތުން ދިން ހަމަލާގައި ފިލައިގެން ދިޔަ އިސްރާއީލުގެ އާންމުންނަށް އިސްރާއީލުގެ ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކުން ވަރުގަދަ ހަމަލާތައް ދީފައިވާކަމަށް އެތަނުން ސަލާމަތްވި ޢާންމުންގެ ބައެއް މީހުން ވަނީ ބުނެފައެވެ. އިޒްރޭލުގެ މީޑިއާތަކަށް އެމީހުން ދީފައިވާ އިންޓަވިއުތަކުގައި އިޒްރޭލުގެ ޑިފެންސް ފޯސް، އައިޑީއެފުން ރައްދު ހަމަލާދިންއިރު އެއްވެސް ވަރަކަށް އާންމުންނަށް ބަލާފައި ނުވާކަމަށް ބުނެފައި ވެއެވެ.



މިކަން އެންމެ ބޮޑަށް ހާމަވެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖެއް ލީކްވުމުންނެވެ. ސުޕަނޯވާ މިއުޒިކް ފެސްޓިވަލްގައި ބައިވެރިވީ އިސްރާއީލުގެ އެތައް އާންމުންނެއް ވަނީ އިސްރާއީލުގެ ސިފައިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެތަނުގައި ތިބި އާންމުން މަރާލި ކަމަށް ހެކިދީފައެވެ.

އިޒްރޭލުގެ ތަރުޖަމާނުން ބުނެފައިވަނީ ހަމާސް ޖަމާއަތުން އާންމުންނަށް ހަމަލާދީ ކުޑަކުދިންގެ ކަރު ބުރިކޮށް އަންހެނުން ރޭޕްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާދިސާގައި ސަލާމަތްވި ގިނަ މީހުން ބުނީ ފިލަން ދުވި އިޒްރޭލު މީހުންނާއި ސަލާމަތްވާން ދުއްވި ކާރު ތަކަށް އަމާޒުކޮށް ހަމަލާ ދިނީ އައިއެފްޑީން ކަމަށެވެ. އަދި ހަމާސްގެ މީހަކު އަންހެނުން ރޭޕްކޮށް ކުޑަކުދިންގެ ޖަރުބުރިކިށް ހެދިތަނެއް ނުފެންނަ ކަމަށް އެމީހުން ބުނެފައިވެއެވެ.

މިހަމަލާގައި ބޮޑެތި އިމާރާތްތައް ބިމާ ހަމަވެފައިވާ މަންޒަރު ތައް އިޒްރޭލުގެ މީޑިއާތަކާއި ހުޅަނގުގެ ބައެއް މީޑިއާތަކުން ދައްކާފައި ވެއެވެ. އަދި ސާޅީސް ކުޑަކުދިންގެ ބޯ ބުރިކޮށްފައިވާ ކަމަށާއި ހަމާސްއިން ހައްޔަރުކުރި އަންހެނަކު ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ދައްކާއިރު އެއީ ރޭޕް ކޮށްފައިވާ އަންހެނެއް ކަމަށް ވެސް ބުނެއެވެ.

ނަމަވެސް މިހަމަލާގައި ގެއްލުންވެފައިވާ މަންޒަރުތަކާއި ހަމާސް ގެންގުޅުނު ހަތިޔާރު ކަމަށް ބުނެ އިޒްރޭލުގެ މީޑިއާތަކުން ދައްކާ ހަތިޔާރު ތަކަށް ބަލާއިރު ހަމާސްގެ ހަނގުރާމަވެރިން ބޭނުންކޮށްފައިވާ ހަތިޔާރު ތަކަކީ ބޮޑެތި ކޮންކްރީޓް އިމާރާތްތައް ބިމާ ހަމަކޮށްލެވޭ ވަރުގެ ބާރުގަދަ ހަތިޔާރު ނޫންކަން ހާމަވާ ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެފައި ވެއެވެ. އަދި އިޒްރޭލުން ދައްކާ މަންޒަރުތަކުން ފެންނަ ބިމާ ހަމަވެފައިވާ އިމާރާތްތަކަކީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީގެން ހަލާކުވެފައިވާ އިމާރާތްތަކެއްކަން ކަށަވަރުވާކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ހަމާސްއިން ޓޭންކަރުން ހަމަލާދީފައިވާ ކަމަށް އިޒުރޭލް ސިފައިންގެ ތަރުޖަމާނަކަށް އޮޅުމަކުން ބުނެވޭ ވާހަކައާއި ހަމާސްގެ ހަނގުރާމަވެރިން ބޯބުރިކުރި އެއްވެސް ކުޑަކުއްޖަކު އިޒްރޭލަށް ދެއްކިފައި ނުވުމާއި ރޭޕްކުރި ކަމަށް ބުނާ އަންހެންމީހާ ފަހުން ފެނުނުއިރު އެފަދަ ތުހުމަތެއް ނުކުރުމާއި ހަމާސް ޖަމާއަތުން ރަހީނުކުރި މީހުންގެ ތެރެއިން މިހާތަނަށް މިނިވަންކުރި އެއްވެސް މީހަކު އެފަދަ ވާހަކައެއް ދައްކާފައި ނެތުމުން އިޒްރޭލް ސަރުކާރާއި އިޒްރޭލުގެ މީޑިއާތަކުން އެކުރާ ތުހުމަތު ތަކަކީ މާބޮޑު ހަގީގަތެއް ހުރި ވާހަކަ ތަކެއް ކަމަކަށް ނުބެލެވެއެވެ.

މިހަމަލާގައި ސަލާމަތްވި އިޒްރޭލުގެ ބައެއް މީހުން ބުނަނީ ހަމާސްގެ މި ހަމަލާއަކީ އަސީރުންގެ ގޮތުގައި ބަޔަކު އަތުލައިގަތުމަށް އެޖަމާއަތުން ދިން ހަމަލާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އިޒްރޭލުގެ އަސީރުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ކުށެއްނެތް ފަލަސްތީނުގެ ހަތަރުހާހެއްހާ މީހުން ނުވަތަ އެތަނުން ބައެއް ނަމަވެސް ދޫކޮށް ދިިނުމަށް އެޖަމާއަތުން އެދެމަކީ މިކަމަށް ބާރުދޭ ހެއްކެއް ކަމުގައި އެފަދަ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް އިޒްރޭލު ސަރުކާރުން އެކަމަށް އިޖާބަނުދީ ދެމުން ގެންދާ ހަމަލާ ތަކުގައި އިޒްރޭލުގެ އަސީރުން މަރުވަމުންދާކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. ހަތެއް އޮކްޓޫބަރުގައި އިޒްރޭލުން ރައްދުގައި ދިން ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ އަސީރުން މަރުވެފައިވާ ކަމަށް މިނިވަންކުރި ބައެއް އަސީރުން ބުނެފައި ވެއެވެ.

ހަތެއް އޮކްޓޫބަރުގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިޒްރޭލުގެ 200 ވަރަކަށް މީހުން ރަހީނުކުރިކަމަށް ވެއެވެ. އެހަމަލާއަށްފަހު އިޒްރޭލުން ގެންދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާ ދެމުންނެވެ. ވަޔާއި އެއްގަމު މަގުން އިޒްރޭލުން ދެމުން ގެންދާ މި ހަމަކާތަކުގައި ޣައްޒާގެ 10 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުގެ ހަމަލާތައް އަމާޒު ކުރަމުންދަނީ އާންމުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކާއި ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓާ ތަކަށާއި ސްކޫލް ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން