ފަލަސްތީނުގެ ޣައްޒާ މިއަދު ސިފަވަނީ ގަބުރުސްތާނެއްގެ ގޮތަށެވެ. 2 މިލިއަނެއްހާ މީހުން ދިރިއުޅޭ ޣައްޒާއަކީ ދުނިޔެމަތީގައި ހުރި އެންމެ ބޮޑު ޖަލެވެ. ނޫނީ މަރަށް އިންތިޒާރު ކުރުން ނޫން އެހެން އުއްމީދެއް ނެތް އަނިޔާވެރި ކޭމްޕެކެވެ. އެއީ ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިޒްރޭލޭ ކިޔާ ޒަޔަނިސްޓް، ޔަހޫދީ ގްރޫޕަކުން ކަށިނަރުޖަހާ ބަންދުކޮށްގެން ލާއިންސާނީ ޖަރީމާތައް ހިންގާ އަނިޔާވެރި ކައްވަޅެކެވެ. މިއީ އިއްޔެއަކު އިހަށްދުވަހަކުގެ ކަމެއް ނޫނެވެ. 75 އަހަރުގެ ދިގު ކަޅު އަނދިރި މާޒީއެއް އޮތް ވާހަކަތަކެކެވެ.
ޣައްޒާގައި ދިރިއުޅެވޭނީ ވެސް ނޭވާލެވޭނީ ވެސް އަދި ދިރިހުރެވޭނީވެސް އިޒްރޭލުގެ އަނިޔާވެރި ސިފައިން ބޭނުން މީހަކަށެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރަށް އިޒްރޭލުގެ ސިފައިން ވަންނަނީ ކޮންވަގުތަކު ކަމެއް ނޭގޭނެއެވެ. ދަންވަރު އެންމެން ނިދާފަ ތިއްބާ ދޮރުވައްޓާލައިގެން ވަދެ ގޭ އެންމެން ނެރެ އަނިޔާކޮށް ހައްޔަރުކުރުމަކީވެސް އަދި ވަގުތުން ބަޑިޖަހާ މެރުމަކީ ވެސް އެމީހުންނަށް އޮންނަ ހައްގެކެވެ.
އިޒްރޭލުން ފަލަސްތީނަން ހަމަލާދިނުމަކީ ވެސް އާކަމެއް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ހަމަލާދީ ގެދޮރު ސުންނާފަތިކޮށް އާންމުން މަރައި އެބިމުން ބަޔަކު ނެތިކޮށްލުމަކީ އިޒްރޭލު ސަރުކާރަށް އަބަދުވެސް ލިބިދީފައި އޮންނަ ހައްގެކެވެ. އެހައްގު ދެނީ ދުނިޔޭގަ ބާރުގަދަ ބޮޑެތި ގައުމުތަކުގެ ސަރުކާރުތަކުންނެވެ. ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުންނެވެ.
މިއަދުވެސް އިޒްރޭލުން އެ ހިންގާ ގަތުލުއާންމަކީ ދުނިޔޭގެ ލީޑަރުންގެ ތާއީދާއެކު ފަލަސްތީނުގެ ދަރިފަސްކޮޅު ނެތިކޮށް އެމީހުންގެ ވަސް އެބިމުން ފޮހެލުމަށް ހިންގާ ގަތުލުއާންމެކެވެ. ތަފާތަކީ މިއަދުގެ ތަރައްގީވެ ކުރިއަރާފައިވާ ޓެކްނޯލޮޖީ އާއެކު ވަގުތުން ވަގުތަށް އެމަންޒަރުތައް މުޅިދުނިޔޭގެ ލޯތަކަށް ފެންނަމުން ދިއުމެވެ. އެކަންކުރާން ކެރޭ ހިތްވަރުގަދަ ބަޔަކު ކެރިގެން ނުކުތުމެވެ.
ދައްކަން މި އުޅެނީ ކަށިން ހިތްވަރު ނެރެގެން ހަނގުރާމައިގެ މައިދާނަށް ނިކުމެއުޅޭ ބްލަގަރުންނާއި މީސްމީޑިއާގައި ބަސްވިކޭ މީހުންނާއި ކެމެރާމަނުންނާއި ނޫސްވެރިންގެ ވާހަކައެވެ.
އަލް ޖަޒީރާގެ ކޮރެސްޕޮންޑެންޓް ޔުމްނާ އަލް ސައްޔިދަކީ ޣައްޒާގެ ހަނގުރާމައިގެ މައިދާނުގައި މިހާރު ހަރަކާތްތެރިވަމުން ގެންދާ ބައިނަލްއަގްވާމީ މީޑިއާތަކަށް ނިސްބަތްވާ މަދު ނޫސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހިތްވަރުގަދަ ނޫސްވެރިއެކެވެ. އޭނާ އަކީ އާއިލާއާއެކު ޣައްޒާގެ ހަނގުރާމައިގެ މައިދާނުގައި ދިރިއުޅެމުން ގެންދާ ނޫސްވެރިއެކެވެ. ޔުމްނާވެސް އޭނާގެ ފިރިމީހާވެސް އަދި ކުޑަކުޑަ ދަރިފުޅުވެސް މިއަދު އެތިބީ މަރުގެ ތުންފަތްމަތީގައެވެ.
ޣައްޒާއިން ފެންނަމުންދާ ހިތްދަތި މަންޒަރުތައް ކެމެރާއިން ދެއްކުމާއި ކެމެރާގެ ކުރިމަތީގައި ހުރެ ކިޔައިދިނުމާއި ޕްރެޒެންޓަރު ކުރިމަތި ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށްވުރެ މިއަދު ޔުމްނާގެ ކުރިމަތީގައި އޮތް އެންމެ އުނދަގޫ އަދި ހިތްދަތި ކަމަކީ އޭނާގެ މައުސޫމް ތުއްތު ދަރިފުޅުގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.
"މަންމާ. އަހަރެމެންގެ ގައިގައި ބޮމުގެ ހަމަލާތައް ޖެހޭ ގަޑީގައި ވަރަށް ތަދުވާނެތަ؟ މަރުވާއިރު ވަރަށް ބޮޑަށް ތަދުވާނެތަ؟ ނޫނީ އެއް ފަހަރާއި ނިމިގެންދާނީތަ؟"
ޔުމްނާގެ ދަރިފުޅަށް އެސުވާލު އަހަން މަޖުބޫރުވީ ލޯ ކުރިމަތީގައި ކޮންމެދުވަހަކު ފެންނަމުންދާ ބިރުވެރި މަންޒަރުތަކުންނެވެ.
ދަރިފުޅުގެ ފިކުރުތައް، މާޔޫސްކަމުން ދުރުހެލިކުރުވޭތޯ މަސައްކަތްކުރުމަށްޓަކައި ޔުމްނާއަށް ދަރިފުޅު ގާތުގައި ދޮގު ހަދަން ވެސް މަޖުބޫރުވެއެވެ.
"އެއްފަހަރު އެކަނި ތަދުވާނީ. މާ ބޮޑަކަށް ތަދެއް ނުވާނެ." ފެންކަޅިވެފައިވާ ޙާލުގައި ޔުމްނާ އޭޖޭ ޕްލަަސްއާއި ވާހަކަދައްކަމުން ބުނެފައި ވެއެވެ.
"މީގެ ކުރީގައި އަހަރެންނާއި އަހަރެންގެ ފިރިމީހާ ބުނަނީ ހާސް ނުވާށޭ. ހުރިހާ ކަމެއްވެސް (ހަމަލާތައް) ވަރަށް އަވަހަށް ނިމޭނެޔޭ. އެކަމަކު މިހާރު އަހަރެމެން އެކުދިން ކައިރީގަ ބުނަނީ ހާސްނުވާށޭ، މަރުވަންޏާ މަރުވާނީ އެންމެން އެކީގައޭ. މިއީ އަހަރެމެންގެ ޙަޤީޤަތަކީ މިހާރު. ގެއަށް އަބަދުވެސް ލޮޅުން އާދޭ. 3 ދުވަސް ކުރިންވެސް އަހަރެމެންނަށް ހޭލެވުނީ ވައިޓް ފޮސްފޮރަސް ދުމުގެ އަސަރަށް."
ޔުމްނާގެ ތަޖުރިބާތައް ހިއްސާކުރަމުން ބުނީ ދަރިންވެސް ތިބެނީ ކޮންމެ ދުވަހަކުވެސް މަރު އަތުވެދާނެ ވަގުތުކޮޅާއި ދޭތެރޭ ފިކުރުކޮށްލަކޮށްލާ ކަމަށެވެ. އިވެމުންދާ އަޑާއި ފެންނަ މަންޒަރުތަކުން އެންމެ ހިނދުކޮޅެއްގައިވެސް ހަމަނޭވާއެއްލާނެ ފުރުޞަތެއްވެސް ނުލިބޭ ކަމަށް ޔުމްނާ ބުނެފައި ވެއެވެ.
ޔުމްނާ ބުނީ ނުރައްކާތެރި ބޮމުގެ ހަމަލާތަކުން ފެތުރޭ އަޅިއާއި ދުމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އޭގެ އަސަރުން ދަރިން ކެއްސައި ލޯ ހިރުވާތަން ފެނުމުން ބިރުގަތަސް، ރައްކާތެރިކަން ހޯދާނެ އެއްވެސް ގޮތެއް ނެތްކަން ޔުމްނާ ފާހަގަކުރިއެވެ.
"އަހަރެންގެ ކުޑަމީހާ، ޖޫޖޫ އެއީ ގޭތެރޭގައި މަޖާކޮށް ސަކަރާތް ޖަހާ އުޅޭ ކުއްޖެއް. ގެއަށް ދިރުން ލިބެނީ އެކުއްޖާއާއި ހެދި. އެކަމަކު މިހާރު އޭނާ އިންނަނީ ބިރުން ބަސް ހުއްޓިފައި. ނުވެސް ކައި. ހިތްވަރުކުރަން މަސައްކަތްކުރިޔަސް ދަރިންގެ ޙާލު ފެނުނީމަ އަހަރެންނަށް ކޮންޓްރޯލް ނުކުރެވޭ. ކަންކަން ހަމައަކަށް އަޅުވަން މިހާރު އަހަރެން އަތަކު ކޮންޓްރޯލެއް ނެތް." އަސަރާއެކު ޔުމްނާ ކިޔައިދީފައި ވެއެވެ.
ޔުމްނާ ބުނީ ޖޫޖޫ އެގޮތަށް ވާޙަކަނުދައްކާ ހުންނާތީ، އުފާވެރި ދުވަސްތައް ހަނދާންކޮށްދޭން މަސައްކަތްކުރާ ކަމަށެވެ. އަދި ހަނގުރާމަ ނިމުނީމާ އެންމެ ފުރަތަމައަށް ކުރަން ބޭނުންވަނީ ކޮން ކަމެއްތޯވެސް ސުވާލުކޮށް ހަދާ ކަމަށް ޔުމްނާ ބުންޏެވެ.
"ޖޫޖޫ ޖަވާބުދެމުން ބުނީ އޭނާއަށް އިތުރު އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށާއި އޭނާގެ ހަމައެކަނި އެދުމަކީ މި ހަނގުރާމަ ނިމުން ކަމަށް."
ޔުމްނާ ބުނީ ކޮންމެދުވަހަކުވެސް ގާތް މީހުންނާއި، ދަންނަ މީހުންނާއި ރަހުމަތްތެރިންގެ މަރުގެ ޚަބަރު އަޑު އިވުމުން އެމީހުންގެ ފުރާނައަށް ރަހުމަތްލެއްވުމަށް ހެޔޮ ދުޢާ ކުރުން ނޫން އިތުރު ކަމެއް ދިރިއުޅުމުގައި ނެތް ކަމަށެވެ. އަދި އަމިއްލަ މީހާގެ އަޖަލަށް އިންތިޒާރުކުރުން ނޫން ދެވަނަ ދިރިއުޅުމެއް ޣައްޒާގެ ރައްޔިތުންނަށް ނެތް ކަމަށް ޔުމްނާ ބުންޏެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އުތުރުގައި ތިބި ޢާންމުން ދެކުނަށް ބަދަލުވުމަށް އަމުރުކޮށްފައެވެ. ދެކުނަށް ބަދަލުވާން ކަޑައްތު ކުރަން ޖެހެނީ ދިގު ދަތުރެއް ކަމަށް ޔުމްނާ ފާހަގަކުރިއެވެ. އެގޮތުން، ދެކުނަށް ދާން 7 ކިލޯމީޓަރގެ ދުރު ރާސްތާއެއްގައި ފައިމަގުގައި ހިނގާފައި ދާން ޖެހޭ ކަމަށް ޔުމްނާ ހާމަކުރިއެވެ.
"އައިޑީކާޑް ފިޔަވާ އިތުރު އެއްޗެއް ހިފައިގެން ނުދެވޭނެ. ގެންގުޅޭ ހުރިހާ އެއްޗެއް ބަހައްޓާފައި ދާން ޖެހެނީ. އަދި އެހިސާބަށް ދެވެންދެން ދެ އަތް މައްޗަށް ނަގައިގެން ދާން ޖެހެނީ." ހަރުކަށި ޒަޔަނިސްޓް ސިފައިންގެ އިރުޝާދުތަކަކީ މިއީ ކަމަށް ޔުމްނާ ކިޔައިދިނެވެ.
ޔުމްނާ ބުނީ ސަލާމަތްކަން ހޯދުމަށް ޣައްޒާގެ ދެކުނަށް ދާން އިޒްރޭލު ސިފައިން ބުނި ނަމަވެސް އެއީވެސް އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އެމީހުން އެބުނާ މަގުން ދެކުނަށް ދާން ދިޔަ އެތައް ބަޔަކު އެތިބީ މަރާލާފައި، މަގުމަތީގައި އަދިވެސް އެތިބީ. އެމީހުން ވަޅެއް ނުލެވޭ. އިޒްރޭލް ސިފައިން ހުއްދައެއް ނުދޭ އެތަނަށް ގޮސް އެ ހަށިތައް ނަގާކަށް."
ޔުމްނާ ބުނީ ދެކުނަށް ދާން އޮތް މަގުގައި ތިބި މަރުވެފައިވާ މީހުންގެ ހަށިތައް ކުނިވެ އަދި އެމީހުންގެ ހަށިތައް ވަލުތެރޭގެ ދޫނިތައް ކަމުންދާ މަންޒަރުވެސް ފެންނަ ކަމަށެވެ. ވަރުގަދަ ހަމަލާތަކަކުން ޝަހީދުކޮށްފައިވާ މީހުންގެ ހަށިތައް ނަގަން، އިޒްރޭލު ސިފައިން އެެއްވެސް އެމްބިއުލާންސަކަށް ނުވަތަ މީހަކަށްވެސް ހުއްދަ ނުދޭ ކަން އޭނާ ފާހަގަކުރިއެވެ. އިންސާނުންނާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރަމުންދާ މަންޒަރު ފެންނަ މަގަކަށް އަރައިގެން އާއިލާ ގޮވައިގެން ދެކުނަށް ދާން ނުކެރޭނެ ކަމަށް ޔުމްނާ ބުނެފައި ވެއެވެ.
ޔުމްނާގެ ވާހަކަ ނިންމާލަމުން ބުނީ "މިއީ ހަމާސްއާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން. މިއީ ނަސްލެއް ނައްތާލަން ކުރާ ޤަތުލުޢާންމެއް." ކަމަށެވެ.
މިހަނގުރާމައިގައި އިޒްރޭލު ސިފައިން އެންމެ ގިނައިން ބޮންއަޅަނީ ސްކޫލް ތަކަށެވެ. ހޮސްޕިޓަލްތަކަށެވެ. އާންމުން ދިރިއުޅޭ ގެދޮރަށާއި ރެފިއުޖީ ކޭމްޕްތަކަށެވެ. އެމްބިއުލާންސްތަކަށާއި އެހީގެ ގާފިލާތަކަށެވެ. ގިނަ ހަމަލާތައް އަމާޒުވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ.
އެތައް އަހަރުތަކެއް ވަންދެން އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައި އޮތްޯ ޣައްޒާއަށް މިހާރު އިޒްރޭލުން ހަމަލާ ދެމުންދަނީ ހުއްޓުމެއްނެތިއެވެ. ކޮންމެދުވަހަކުވެސް ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އެއްގަމުން ހަމަލާތައް ދެމުންގެންދާއިރު އިޒްރޭލުގެ އެތަކެއް ހަމަލާއެއް ޣައްޒާގައި ތިބި ނޫސްވެރިންނާއި ނޫސްވެރިންގެ އާއިލާތަކަށް ވެސް އަމާޒުވެފައި ވެއެވެ. ބައިނަލްއަޤުވާމީ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މިހާތަނަށް ހަނގުރާމައެއްގައި އެންމެ ގިނަ ނޫސްވެރިން މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުވި ހަނގުރާމައެވެ.

“Do we feel the pain or do we just die at once?” Al Jazeera correspondent @YoumnaElSayed17 tells @Dena how she’s having to speak to her children about death as Israel’s bombardment of Gaza continues. pic.twitter.com/dBa8NVMxGl
— AJ+ (@ajplus) November 9, 2023

ކިޔުންތެރިންގެ ހިޔާލު