ޣައްޒާއާއި ގުޅޭގޮތުން ބާއްވާ މުސްލިމް ލީޑަރުންގެ ކުއްލި ސަމިޓަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
މިއީ 11 އަހަރަށް ފަހު އީރާންގެ ރައީސަކު ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ. މުސްލިމް ލީޑަރުން މި ބައްދަލުވުން ބާއްވަނީ 7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ގޮތުންނެވެ. މެދުއިރުމަތީގެ ލީޑަރުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.
ސައުދީއަށް ދަތުރުކުރެއްވުމުގެ ކުރިން ރައީސީ ވިދާޅުވީ އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމަ ނުހުއްޓެނީ އެމެރިކާގެ ސަބަބުން ކަމަށެވެ. "ޣައްޒާއަށް (އިޒްރޭލުން) ގެންދިޔަ ހަނގުރާމަވެރި މެޝިނަކީ އެމެރިކާއަށް ނިސްބަތްވާ މެޝިނެއް. އެމެރިކާއިން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓުވަން ހުރަސްއަޅައި ހަނގުރާމައިގެ ދާއިރާ ފުޅާކޮށްފަ." ރިޔާދަށް ވަޑައިގަތުމުގެ ކުރިން ރައީސީ ވިދާޅުވިއެވެ.
7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުގެ ޒަޔަނިސްޓް އަސްކަރިއްޔާއިން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކުގައި 11،000 އަށްވުރެ ގިނަ ފަލަސްތީން މީހުން ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު