ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަބޫ ސަލްމިޔާ ފޮނުއްވި މެސެޖެއް އިނގިރޭސި ޑޮކްޓަރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކަށް އިއްވައިފިއެވެ.

މިމެސެޖު އިއްވީ އިސްރާއީލުން މަރާލި 200 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ނަން ލިޔެފައިވާ ބެނާތަކެއް ހިފައިގެން ބޮޑުވަޒީރުގެ އޮފީސް ކުރިމައްޗަށް އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން އެއްވެއެވެ.

ސަލްމިޔާ ފޮނުއްވި މެސެޖްގައި "ހެނދުނަށް ދިރިހުންނާނެ ކަމެއްވެސް ނޭނގޭ" ކަމަށް ބުނެފައި ވެއެވެ. މި މެސެޖް އިއްވަމުންދިޔަ އިނގިރޭސި ސިއްހީ މަސައްކަތްތެރިޔާ އެމެސެޖު އިއްވަމުން ދިޔައީ ގިސްލަމުން ނެވެ. އަދި އޭނާއަށް ކުރި އަސަރުން މެސެޖު މެދުކަނޑާލާފައި ހުރި ފިޔަވަޅުމައްޗަށް ތިރިވާންވެސް ޖެހުނެވެ.



"ބަލިމީހުންނަށް ޚިދުމަތްކުރުމަށްޓަކައި ހުވާކޮށްގެން ތިބުމުން އަހަރެމެން ބޭނުމެއް ނުވޭ މިތާނގައި މަރުވާކަށް. ވަރަށް އަވަހަށް އެހީވުމަށް ގޮވާލަން. ކޮށްދެވެން ހުރި ކަމެއް ކޮށްދެއްވާ." މިމެސެޖުގައި ހޮސްޕިޓަލްގެ ޑިރެކްޓަރ ވަނީ ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ގޮވާލާފައެވެ.

އިޒްރޭލުން ވަނީ އަލްޝިފާ ހޮސްޕިޓަލަކީ ހަމާސްގެ އަސްކަރީ މަރުކަޒެއް ކަމަށް ކަނޑައަޅާ އެތަން ހުސްކުރުމަށް އަންގާފާއެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް ޝިފާ ހޮސްޕިޓަލްގައި ހަމާސްގެ އޮޕަރޭޝަންތައް ހިންގާ ކަމަށް ބުނާ ވާހަކަ ހަމާސްއިން ވަނީ ދޮގުކޮށްފައެވެ.

އެހެން ނަމަވެސް އިޒްރޭލުން ވަނީ އެތަނުގެ ހުރިހާ ޚިދުމަތްތައް މެދުކެނޑާލުމަށްޓަކައި އެތަނުން ކަރަންޓް ކަނޑާލާފައެވެ. އިޒްރޭލުގެ އަމުރަށް ކިޔަމަންވެގެން ވަރަށް ގިނަ މީހުން ވަނީ ބަލިމީހުން ގޮވައިގެން އެ ހޮސްޕިޓަލް ދޫކޮށް ގޮސްފައެވެ. އެ ހޮސްޕިޓަލް ތެރޭގައި މިހާރުވެސް ހިޔާވަހިކަން ހޯދަން ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ.

އިޒްރޭލުން އަލް ޝިފާ ހޮސްޕިޓަލަށް އެކިފަހަރު މަތިން ބޮމުގެ ހަމަލާތައް ވަނީ ދީފައެވެ. އެ ހޮސްޕިޓަލްގެ އިތުރުން ވެސް ޣައްޒާގެ އެހެން ހޮސްޕިޓަލްތަކަށްވެސް އިޒްރޭލުން ދަނީ ހަމަލާދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން