އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެޤައުމަށް ނިސްބަތްވާ ރަހީނުން މިނިވަންކުރުމަށް ކުރަމުންދާ މަޝްވަރާތައް މެދުކަނޑާލުމަށް ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން ޖަމާއަތުން ނިންމައިފިއެވެ.
އަލް-ޝިފާ ހޮސްޕިޓަލަަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އިޒްރޭލުން ޝިފާ ހޮސްޕިޓަލަށް ހަމަލާތައް އަމާޒުކުރަނީ އެތަނަކީ ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެއެވެ.
އިޒްރޭލުން ދަނީ ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް ހަމަލާ ދެމުންނެވެ. އަދި ނިރުބަވެރި އިޒްރޭލުގެ ސިފައިން ވަނީ ޝިފާ ހޮސްޕިޓަލުން ކަރަންޓު ކަނޑާލައިފައެވެ. އަދި އެހެން ގިނަ ހޮސްޕިޓާތައްވެސް ވަނީ އެ ހާލަތުގައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު އެމެރިކާގެ މީޑިއާތަކަށް ވިދާޅުވީ ޣައްޒާގައި ރަހީނުކޮށްފައިވާ އިސްރާއީލު މީހުން މިނިވަން ކުރުމަށް އެއްބަސްވުމެއް ހެދިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމުގެ މާ ބޮޑު ތަފްސީލެއް ނަތަންޔާހޫ ދެއްވާފައެއް ނުވެއެވެ.
7 އޮކްޓޫބަރުގައި ހަމާސްއިން ވަނީ އިޒްރޭލުގެ 200 ވަރަކަށް މީހުން ރަހީނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު