ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ އިޒްރޭލުން ކުރާ ތުހުމަތު ތަކުގެ އެއްވެސް ހެއްކެއް އުޒްރޭލު ސިފައިންނަކަށް ނުދެއްކުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަރުހަތިޔާރާއެކު އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލް ވަށާލާ އެތަނަށް ހަމަލާތައް ދެމުން ގެންދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. އިޒްރޭލުން ތުހުމަތުކުރަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ ބިންގަރާސް ތަކާއި ހަތިޔާރުތައް އެބަހުރި ކަމަށެވެ. އަދި މިތުހުމަތުތައް ހާމަ ކުރުމަށް އިޒްރޭލު ސިފައިން މިހާރު ދަނީ ހޮސްޕިޓަލަށް ވަދެގަނެ އެތަނުގައި ހަރަކާތްތެރި ވަމުންނެވެ.

ހޮސްޕިޓަލުން ކަރަންޓާއި ފެނާއި އޮކްސިޖަން ކަނޑާލުމަށް ފަހު އެތަނަށް ވަދެ އިޒްރޭލު ސިފައިން ދެއްކި ވިޑިއޯތަކުގައި މުޅިންވެސް ދައްކާފައިވަނީ ހަމާސްގެ ހަނގުރާމަވެރިން ބޭނުންކުރި ކަމަށް ބުނާ އާދައިގެ ބާ ބަޑި ތަކަކާއި ހަނގުރާމަވެރިން ބޭނުންކުރާ ކަހަލަ މަދު ސާމާނު ކޮޅަކާއި ލެޕްޓޮޕަކާއި ލެޕްޓޮޕް ބޭގަކާއި ދަބަހަކާއި ހުސް ސީޑީ ކޮޅެކާއި ކުޑަކުއްޖެއްގެ ބުއްފުޅިއެކެވެ. އެމީހުން ދެއްކި ލެޕްޓޮޕް ނުވަތަ ނޯޓް ބުކްގެ ސްކްރީން ފުސް ކޮށްލާފައި ހުރިއިރު ވެސް ސްކްރީން ސޭވަރއިން ފެންނަ އިނީ އިޒްރޭލް އަންހެނެއްގެ ފޮޓޯކަބް ވެސް ސާފުކޮށް އެނގެއެވެ. މީޑިއާތަކުން ފާޑުކިޔަން ފެށުނުން ފަހުން ވަނީ އެ ވިޑިއޯވެސް އެޑިޓްކިށްފައެވެ.

އަލް-ޝިފާ ހޮސްޕިޓަލަަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އިޒްރޭލުން ޝިފާ ހޮސްޕިޓަލަށް ހަމަލާތައް އަމާޒުކުރަނީ އެތަނަކީ ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެއެވެ. އަދި ހޮސްޕިޓަލް އަޑީގައި ބިންގަރާސް ނެޓްވޯކެއް ހޯދިފައިވާ ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިހާތަނަށް ވެސް އޭގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.

މި ވާހަކަތައް ދޮގުކުރަމުން ހަމާސްއިން ބުނީ ހޮސްޕިޓަލް ތެރެއަށް ހަތިޔާރު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަަދި އިޒްރޭލުން ފޮށިގަނޑުތަކަކަށް އަޅައިގެން އެ ހަތިޔާރުތައް ހޮސްޕިޓަލަށް ވައްދާފައިވާ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ހޮހަޅަތަކުގައި ފިލައިގެން ތިބޭ ހަމާސް ޖަމާއަތުން ޝިފާ ހޮސްޕިޓަލްގެ އިތުރަށް އެހެނިހެން ހޮސްޕިޓަލްތަކުގައިވެސް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް ބުނެ އިޒްރޭލުން ދަނީ އެ ތަންތަނަށް ހަމަލާ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން