ޣައްޒާގެ ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސްނުފުރޭ 31 ތުއްތުކުދިން މިސްރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.
ޝިފާ ހޮސްޕިޓަލުގައި ތިބި މި ކުދިން މިސްރަށް ގެންދިޔައީ ފަލަސްތީން ރެޑް ކްރެސެންޓްގެ އެހީގައެވެ. ހަފްތާއެއްހާ ދުވަސްކުރިން އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލް ހިސާރުކުރިއިރު އެ ހޮސްޕިޓަލްގައި ތިބީ ދުވަސް ނުފުރޭ 39 ކުދިންނެވެ.
އެހެން ނަމަވެސް، އިޒްރޭލުން ހޮސްޕިޓަލަށް ކަރަންޓްގެ ޚިދުމަތް ކަނޑާލުމުން އިންކިއުބޭޓަރތަކުގައި ތިބި އެ ކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދިޔައެވެ. އޮކްސިޖަން ނުލިބުމުގެ ސަބަބުން އޭގެ ތެރެއިން 8 ކުދިން ނިޔާވިއެވެ. އިޒްރޭލުން ވަނީ ޝިފާ ހޮސްޕިޓަލްގެ ޖަނަރޭޓަރުތައް ހަލާކުކޮށްލާފައެވެ.
މިސްރުގެ ހޮސްޕިޓަލުން ބުނީ ތުއްތު ކުދިންގެ ތެރެއިން 3 ކުއްޖަކުގެ ޙާލަތު އަދިވެސް ގޯސް ކަމަށެވެ.
7 އޮކްޓޫބަރުން ފެށިގެން ނިރުބަވެރި އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ހަމަކާ ތަކުގައި ފުރާނަ ގެއްލޭ ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ އަދަދު ވެސް އިތުރުވަމުން ދާކަން މީޑިއާ ރިޕޯޓްތަކުން ފާހަގަ ކުރެއެވެ.
ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނާގޮތުގައި އިޒްރޭލުގެ ނިރުބަވެރި އަމަލުތަކާއި ގުޅިގެން ވަރަށް ގިނަ އަދަދެއްގެ މާބަނޑު އަންހެނުންނަށް ބައިގެން ދިއުން ނުވަތަ ދުވަސްނުފުރާ ވިހެއުމުގެ ތަކުލީފާއި ކުރިމަތިލާން ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު