ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް އިޒްރޭލާއި ހަމާސް އެއްބަސްވެއްޖެއެވެ.
ހަމާސްއިން މިފަދަ އެއްބަސްވުމަކާއި ހަމައަށް އައީ އިޒްރޭލުން ރަހީނުކޮށްފައިވާ ފަލަސްތީންގެ 150 ވަރަކަށް 19 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިން ދޫކުރާ މަތިންނެވެ. ބަދަލުގައި އިޒްރޭލުން ޝަރުތުކޮށްފައިވަނީ ހަމާސްއިން ރަހީނުކުރި އިޒްރޭލުގެ 19 އަހަރުން ދަށުގެ 50 މީހުންނާއި ކުޑަކުދިން ދޫކޮށްލުމަށެވެ.
އެއާއެކު، ޣައްޒާއަށް 300 އެހީގެ ގާފިލާ އެތެރެކުރުމަށް މަގުފަހިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ. އަދި މިމުއްދަތުގައި އިޒްރޭލުން ފަލަސްތީންގެ އެއްވެސް ރައްޔިތަކު ހައްޔަރުނުކުރުމަށް ޝަރުތުކޮށްފައި ވެސް ވެއެވެ.
މީގެ އިތުރަށްވެސް، މި އެއްބަސްވުމުގައި ކަނޑައެޅުނު މުއްދަތަށްވުރެ އެއް ދުވަސް އިތުރަށް ހަނގުރާމަ ހުއްޓާލައިފިއްޔާ، އިތުރު 10 ރަހީނުން ދޫކުރުމަށް އެއްބަސްވެފައި ވެއެވެ. އެހެން ނަމަވެސް، ޣައްޒާގެ އުތުރުން ދެކުނަށް ބަދަލުވީ މީހުންނަށް އަނބުރާ އުތުރަށް ބަދަލުނުވެވޭނެ ކަމަށް އިޒްރޭލުން ޝަރުތުކޮށްފައި ވެއެވެ. އަދި އިސްތިއުމާރީ ޙާލަތުގައި އޮތް އުތުރުގައި ތިބި ޣައްޒާ ރައްޔިތުންނަށް ދެކުނު ސަރަހައްދަށް ހިޖުރަކުރުމަށް މަގުފަހިކޮށްދިނުމަށް ހަމާސްއިން ޝަރުތުކޮށްފައި ވެއެވެ.
މި އެއްބަސްވުުމުގައި ކަނޑައެޅުނު މުއްދަތުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ވައިގެ މަގުން އިޒްރޭލުގެ އަސްކަރިއްޔާ ހަރަކާތްތެރިވުން މެދުކަނޑާލާ ވަގުތުކޮޅެއް ކަނޑައެޅިފައި ވެއެވެ. އެ ނުކުތާގެ ދަށުން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 ގެ ނިޔަލަށް ވައިގެ މަގުން ހިންގާ ހަރަކާތްތައް މެދުކަނޑާލެވިގެންދާނެއެވެ.
ހަމާސްއިން ބުނީ 4 ދުވަހަށް ހަނގުރާމަ މެދުކަނޑާލިޔަސް އެ ޖަމާއަތުން ފަލަސްތީންގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
އިޒްރޭލާއި ހަމާސްއިން އެއްބަސްވުމަކާއި ހަމައަށް އައިސްފައިވަނީ ގަތަރާއި މިސްރު މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
7 އޮކްޓޫބަރުން ފެށިގެން ނިރުބަވެރި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 14،000 އިން މައްޗަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު