އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   22 ޖުލައި 2020 - 19:9
ޝާހުގެ ގެ މަންނަތުގައި ޕްލާސްޓިކް ޖަހާ ބަންދުކޮށްފައި
ޝާހުގެ ގެ މަންނަތުގައި ޕްލާސްޓިކް ޖަހާ ބަންދުކޮށްފައި
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހް ރުކް ޚާންގެ މުޅިގެ ޕްލާސްޓިކުން ނިވާކޮށްފިއެވެ. ރިޕޯރޓްތަައް ބުނާ ގޮތުގައި ޝާހް ރުކްގެ ގެ ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި މިގޮތަށް ޕްލާސްޓިކް ޖަހާ ނިވާކުރެއެވެ.

މިހާރު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނިގެން ދަނީ އިންޑިޔާގެ މުމްބާއީގައި ހުންނަ ޝާހް ރުކްގެ ގެ އެއްކޮށް ޕްލާސްޓިކުން ނިވާކޮށްފައިވާތަނެވެ. ނަމަވެސް ޝާހް ރުކްގެ ގެ މި ދުވަސްވަރު މިގޮތަށް ނިވާ ކުރުމުން ބައެއް މީޑިއާތަކުން ވަނީ ސުވާލު އުފައްދާފައެވެ. ބައެއް މީހުން ބުނެފައި ވަނީ މަޝްހޫރު ފިލްމީ ތަރި މިފަހަރު މުޅި ގެ ނިވާ ކުރީ މިހާރު ހަލުއިކަމާއެކު ފެތިރެމުންދާ ކޮރޯނާ ވައިރަސްއަށް ބިރުން، އެ ވައިރަހުން ސަލާމަތްވާން ވެގެންނެވެ.

ނަމަވެސް ބޮލީވުޑްގެ ބައެއް މީޑިއާތަކުން ބުނީ އޭނާ މިކަން ކުރީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަކަށް ނޫން ކަމަށެވެ. އެމީޑިއާޔަކުން ބުނާ ގޮތުގައި އޭނާގެ ގެ ނިވާ ކޮށްފައިވަނީ ބޯކޮށް ވާރޭ ވެހޭތީ އެކަމުން ރައްކާތެރި ކުރުމަށެވެ. މީޑިޔާތަކުގައި ރިޕޯޓުކޮށްފައި ވާގޮތުގައި ޝާހު ދިރިއުޅޭ ގެ "މަންނަތު"، ކޮންމެ އަހަރަކުވެސް މިގޮތަށް ނިވާކުރެއެވެ.



ކޮންމެ އަހަރަކު ޝާހު ރުކް މިކަމެއް ކުރިޔަސް މިފަހަރު މިއޮތީ މިކަން ކޮރޯނާ ވައިރަސްގެ މޫސުމާ ދިމާވެފައެވެ. އެހެން ވީމާ އެއްބަޔަކު ބުނަނީ ޝާހު ރުކް ގެ ގޭގައި ވެސް މާސްކު އެޅުވީ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ މުޅި އާއިލާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެ ފަރުވާ ހޯދަމުންދާއިރު ޝާހު ރުކް ވެސް ބިރުން އާއިލާ ސަލާމަތް ކުރަން މުޅި ގޭގައި މާސްކް އެޅުވުމަކީ ހަމަ ވެދާނެ ކަމެކެވެ.

ޟާރުކްގެ ފޭނުންގެ މީސް މީޑިޔާ އެކައުންޓުތަކުން ދަނީ އެ އިމާރާތުގެ ފޮޓޯ އާންމު ކުރަމުންނެވެ.

އިންޑިޔާގައި ކޮވިޑް19ގެ ސަބަބުން ކުރި ފުރަބަންދު ފެށުނީންސުރެ ޝާހް ރުކް އާއި އޭނާގެ އަންހެނުން ގޯރީ ޚާން އަދި ދަރިން އަބްރަހަމް، ސުހާނާ އަދި އާރްޔަން ޚާން އާއެކު ދިރި އުޅެމުން ދަނީ "މަންނަތު" ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން