އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި މަރުވި 100 އަށްވުރެ ގިނަ މީހުން މިއަދުގެ ވަގުތެއްގައި ބޮޑު އެއްވަޅެއްގައި ވަޅުލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއީ ހޮސްޕިޓަލްތަކަށާއި އެކި ރެފިއުޖީ ކޭމްޕްތަކަށް ދިން ހަމަލާތަކުގައި ޝަހީދުވީ ނުވަތަ މަރުވި މީހުން ކަމަށް ފަލަސްތީންގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވެއެވެ. އަދި، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާ މީހުން ކަމަށްވެސް މީޑިއާތަކުން ބުނެފައި ވެއެވެ.



އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އިޒްރޭލުން ވަނީ ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ހަމާސްއާއިއެކު އެއްބަސްވުމެއް ހަދާފައެވެ. އެހެން ނަަމަވެސް، ކަނޑަައެޅިފައިވާ މުއްދަތު ހަމަވުމުން، އިޒްރޭލުން އަނެއްކާވެސް ހަނގުރާމަ ކުރަން ފަށާނެ ކަމަށާއި މި ހަނގުރާމަ ނުނިންމާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވެއެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 14،000 އަށްވުރެ ގިނަ ފަލަސްތީން މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޞޞ

23-Nov-2023

ޝަހީދުވި މަރުވި ނޫން



ޓްރެންޑިން