އެއްބަސްވުމާއި އެއްގޮތަށް އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މެދުކަނޑާލައިފިއެވެ.

އިޒްރޭލާއި ހަމާސްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 39 އަސީރުންނާއި ޣައްޒާގައި ތިބި އިޒްރޭލުގެ 13 އަސީރުން މިއަދު މިނިވަންކުރާނެއެވެ. އަދި ޣައްޒާއަށް އެހީގެ ގާފިލާތައް ވެއްދޭނެ މަގުފަހިކޮށްދޭނެއެވެ.

މި އެއްބަސްވުމަށް މިއަދު އަމަލުކުރަން ފެށި ނަމަވެސް، އިއްޔެރޭގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި 220 މީހުން ޝަހީދުކޮށްލާފައެވެ.

އޮކްޓޫބަރ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުގެ 220 މީހުން ރަހީނުކޮށްފައެވެ. ހަމާސްއިން އިޒްރޭލު މީހުން ރަހީނުކުރީ އިޒްރޭލުގެ ނިރުބަވެރި ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީންގެ އެތައްހާސް މީހުން ހައްޔަރުކޮށްފައިވާތީއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި 14،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން