ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި މުއްދަތު އިތުރުކުރަން އިޒްރޭލާއެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޮޓްކޮށްފިއެވެ.

އިޒްރޭލާއި ހަމާސްއިން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ 4 ދުވަހުގެ މުއްދަތު މިއަދު ހަމަވާނެއެވެ. އެހެންކަމުން ހަނގުރާމަ މެދުކަނޑާލުމަށާއި އަސީރުން މިނިވަން ކުރުމުގައި މަޝްވަރާކުރަމުން ގެންދާ މިސްރާއި ގަތަރުން ދަނީ ހަނގުރާމަ މެދުކަނޑާލި މުއްދަތު އިތުރުކުރުވޭތޯ ވާހަކަދައްކަމުންނެވެ. މި ދެ ޤައުމުގެ އިތުރަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ހަނގުރާމަ މެދުކަނޑާލި މުއްދަތު އިތުރުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ނަތަންޔާހޫ ވަނީ ހަމާސްއިން ރަހީނުކުރި މީހުން އިތުރަށް ދޫކުރާ މަތިން ހަނގުރާމަ މެދުކަނޑާލަން ގަސްދުކުރާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ބައިޑަން އަރިހުގައި 10 ރަހީނުން ދޫކުރާ ކޮންމެ ދުވަހެއްގައި ހަނގުރާމަ މެދުކަނޑާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމާސްއިންވެސް ވަނީ ހަމަލާ ބަދަލުކުރުން އިތުރު 4 ދުވަހަށް ހުއްޓާލަން ބޭނުންވާކަން ހާމަކޮށްފައެވެ.

އިޒްރޭލް އަސްކަރިއްޔާއިން ވަނީ އޮކްޓޫބަރ 7 އިން ފެށިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރިން 3200 މީހުން ހައްޔަރުކޮށްފައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 18،854 އަށް އަރާފަވާއިރު ބިމާއި ހަމަވީ އިމާރާތްތަކުގެ ދަށުގައި އެތަކެއް މީހުން ތާށިވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން މަޢުލޫމާތު ދީފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް