އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުޢާންމު އިތުރު ދެ ދުވަހަށް ހުއްޓާލަން އެއްބަސްވެއްޖެއެވެ.
މިއަދަކީ ހަމާސްއާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވި މުއްދަތު ހަމަވި ދުވަހެވެ. އެހެންކަމުން، ގަތަރާއި މިސްރު ވަނީ އިތުރު މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ދެފަރާތާއި ވާޙަކަދައްކާފައެވެ.
އިޒްރޭލުން މިކަމަށް ރުހުނީ ހަމާސްއިން އެޤައުމުގެ ބިމުން ރަހީނުކުރި މީހުންގެ ތެރެއިން އިތުރު ބައެއް ދޫކޮށްލާ މަތިންނެވެ. ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ރަހީނުކުރި ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ މަޢުލޫމާތު ދީފައެވެ.
ހަމާސް އާއި އިސްރާއީލާއި ދެމެދު ވީ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލީ ހުކުރު ދުވަހެވެ. އެހެން ނަަމަވެސް، އިޒްރޭލުން ދަނީ ޣައްޒާގެ އުތުރުގައި ތިބި މީޙުން ދެކުނަށް ބަދަލުވުމަށް މަޖުބޫރުކުރުވަމުންނެވެ.
ޣައްޒާގެ އުތުރު ދޫކޮށް ދާ މީހުން މަގުހިނގާފައިދާއިރު މީހެއްގެ އަތުން އެއްޗެއް ވެއްޓިގެން ނަގަން ތިރިވެލިޔަސް ބަޑިޖަހައި މަރާލާ ކަމަށް ޣައްޒާގެ ރައްޔިތަކު އަލްޖަޒީރާއަށް ކިޔައިދީފައި ވެއެވެ. އެމަގު އަމާންކަމާއި އެކީ ބޭނުންކުރެވޭނެ ކަމަށް އިޒްރޭލުން ބުނި ނަމަވެސް، ފަސް އެނބުރި ބަލާލާ މީހުން ގަޔަށްވެސް ނިރުބަވެރި އިޒްރޭލު ސިފައިން ބަޑިޖަހާ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.
މިރޭ ދޫކުރުމަށް ހަމަޖެހިފައިވާ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރޭގައި 30 ކުޑަކުދިން ހިމެނޭ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު